މެންބަރުން ތިބި އަދަދަށް ނުބަލައި، ހަރަކާތެރި ސިޔާސީ ޕާޓީތަކަށް އެކަނި ފައިސާ ދޭން ފައްޔާޒް ގޮވާލައްވައިފި

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: މެންބަރުން ތިބި އަދަދަށް ނުބަލައި، ހަރަކާތެރި ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: މެންބަރުން ތިބި އަދަދަށް ނުބަލައި، ހަރަކާތެރި ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ފެންނަ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްްޑީޕީ

ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ނުބަލައި، ހަރަކާތްތެރި ޕާޓީތަކަށް އެކަނި އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރަން ފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"އަދަދު" ގައި ފައްޔާޒް ލިޔުއްވި ކޮލަމެއްގައި ވިދާޅުވީ ޕާޓީތަކަށް ފައިސާ ދިނުން ހަރުދަނާ ކުރަން ޕާޓީތަކަށް ފައިސާ ދިނުމުގައި ގައުމީ އިންތިހާބުތަކުގައި ޕާޓީތަކަށް ގޮނޑި އާއި ވޯޓު ލިބޭ ނިސްބަތަށް ބެލުން މުހިންމު ކަމަށެވެ.

އިންތިހާބުތަކުގައި ރަނގަޅު ނަތީޖާ ހޯދާ ޕާޓީތަކަށް ފައިސާ ދިނުމުން، ފައިސާ ލިބޭނީ ހަރަކާތްތެރި އަދި މީހުން ބަލައިގަންނަ ޕާޓީތަކަށް އެކަނިކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

"ޕާޓީގެ މެންބަރުންގެ އަދަދު ކިތަންމެ މަދު ނަމަވެސް، އެ ޕާޓީއިން ހުށަހަޅާ ސިޔާސަތުތަކާއި، އެ ޕާޓީގެ މަސައްކަތް ރައްޔިތުން ބަލައިގަންނަ ނަމަ، އެ ޕާޓީއަށް ގައުމީ އިންތިހާބުތަކުގައި ކާމިޔާބީ ލިބޭނެ. އެފަދަ ޕާޓީތައް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ޑިމޮކްރެސީ ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހޭދަކުރުން އެންމެ ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ތާއީދު ކުރައްވައި ފައްޔާޒް ވިދާޅުވީ އޭގެ ބޭނުމަކީ ރައްޔިތުންގެ ހައްގުތަކާއި ބާރުވެރިކަން ހިފެހެއްޓޭކަން ކަށަވަރުކުރުން ކަމަށެވެ.

"ސިޔާސީ ޕާޓީތަކަށް ފައިސާ ދިންނަމަވެސް އެ ފައިސާ ދޭއިރު ބަލަންވީ ޕާޓީގައި މެންބަރުން ތިބި އަދަދަކަށް ނޫން. އަމުދުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގައި ވެސް އެ ޕާޓީއެއްގައި ތިބޭ މެންބަރުންގެ އަދަދަށް ބަލާނޭ ކަމެއް ނެތް. ޕާޓީއަކަށް ވުމުގެ ޝަރުތަކަށް ވާންވާނީ ގައުމަށް މޮޅުގޮތް ހޯދައިދޭ ސިޔާސީ ފިކުރެއް އޮތުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ފައްޔާޒް ވިދާޅުވީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގިނަ ބަޔަކު ދެކެނީ އެ ފައިސާ ބޭނުން ކުރާ ގޮތް ރައްޔިތުންނަށް ސާފު ނުކޮށްދެވި، ސިޔާސީ ޕާޓީތަކުގެ ސަބަބުން މުޖުތަމައުއަށް އެކަށީގެންވާ ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރާތީ ކަމަށެވެ.

ގިނަ ސިޔާސީ ޕާޓީ އޮތުމުގެ އެންމެ ބޮޑު ފައިދާއަކީ ސަރުކާރު ޖަވާބުދާރީކުރެވުމާއި، ޑިކްޓޭޓާޝިޕަކަށް ޖާގަ ނުދިނުން ކަމަށާއި ފެންނަންހުރި ކުދިކުދި ގެއްލުންތަކާ އަޅާބަލާއިރު އެއީ ލިބޭ މާބޮޑު ފައިދާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox