ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ބުރުގައި ވެސް ދެއްވަދޫ ވަރުގަދަ، ވާދޫ އާއި ދަނޑިމަގު އެއްވަރު

ވާދޫ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ވާދޫ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު މުބާރާތް, ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތެއްގެ މެޗުތައް ގއ. ޗެމްޕިއަން ދެއްވަދޫ އިން ބޮޑު މޮޅަކުން ފެށިއިރު, ގދ. ޗެމްޕިއަން ވާދޫ އިން ޒޯން ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ފުވައްމުލަކުގެ ދަނޑިމަގާ އެއްވަރުވެއްޖެ އެވެ.

ހުޅުމާލެ, ރެހެންދި ފުޓްސަލް ދަނޑުގައި ދެއްވަދޫ އިން ކުޅުނު މެޗުގައި ގއ. ގެ ރަނަރަޕް ވިލިނގިލި ބަލިކުރީ 4-0 ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމު، ގއ. ފައިނަލުގައި ކުޅުނު މެޗު ނިމުނީ 9-1 އިންނެވެ.

މި މެޗުގެ ހަތަރުވަނަ މިނެޓުގައި ދެއްވަދޫ އިން ވަނީ ގޯލު ޖަހައި ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި އަހުމަދު ރާހީލް ރަޝީދު (ރާއްކޮ) ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ދެއްވަދޫ އިން ޖެހި ފަހު ދެ ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އިމްރާން (އިއްމި) އެވެ.

މީގެ އިތުރުން މި ޒޯނުގައި ގދ. ޗެމްޕިއަން ވާދޫ އަދި ފުވައްމުލަކުގެ ދަނޑިމަގު ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުންނެވެ.

ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ވާދޫގެ އިބްރާހީމް ޝައުފް މުހައްމަދު އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.

މިއީ މި އަހަރުގެ މުބާރާތުގައި ދަނޑިމަގު ކުޅުނު ފުރަތަމަ މެޗެވެ. ދަނޑިމަގަށް ޒޯން ބުރުގެ ޖާގަ ލިބުނީ ފުވައްމުލަކު ސިޓީ އިން އިތުރު ޓީމެއް ބައިވެރިނުވާތީ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް (ފެބްރުއަރީ 2)

ދ. ކުޑަހުވަދޫ - މ. މުލަކު: ޒޯން 5 (20:00)

ފ. ދަރަނބޫދޫ - މ. ދިއްގަރު: ޒޯން 5 (20:00)

ނ. މިލަދޫ - ށ. މިލަންދޫ: ޒޯން 2 (21:00)

ރ. އިނގުރައިދޫ - ށ. ކަނޑިތީމު: ޒޯން 2 (21:00)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox