ފަހު ވަގުތު ޕްރެޝަރަށް ވެއްޓުނަސް ބަޔާނަށް މޮޅެއް

Feb 1, 2025, 10:57 PM
ފަހު ވަގުތު ޕްރެޝަރަށް ވެއްޓުނަސް ބަޔާނަށް މޮޅެއް

މިއުނިކް (ފެބްރުއަރީ 2) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ފަހު ވަގުތު ޕްރެޝަރަށް ވެއްޓުނު މެޗުން ހޯލްސްޓަން ކިއެލް އަތުން 4-3 އިން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު، ޖަރުމަނު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބަޔާން އޮތީ ލީގުގެ އެއް ވަނައިގައި 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނަށް ވަނީ 19 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ވަނީ މި މެޗުގެ ފުރަތަމަ 54 މިނިޓް ތެރޭގައި ހަތަރު ގޯލު ޖަހައިފަ އެެވެ. އެ ޓީމުން ލީޑުނެގީ، 19 ވަނަ މިިނިޓްގައި ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހެރީ ކޭން ވަނީ ބަޔާންގެ ލީޑުުފުޅާކޮށްދިނުމުގެ އިތުރުުުން، ދެ ވަނަ ހާފު ފެށުނުތަނާ ބަޔާންގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. މި ލަނޑުތަކާ އެކު، ކޭން ވަނީ މި ސީޒަނުގައި 27 މެޗުން 26 ގޯލު ޖަހައިފަ އެވެ.

މެޗުގެ 54 ވަނަ މިނިޓްގައި ބަޔާންގެ ހަތަރު ވަަނަ ގޯލު ޖެހީ ސާޖް ގްނަބްރީ އެވެ.

ކިއެލް އިން މެޗުގެ ތެރެއަށް އައުމަށް ކުޑަ އުންމީދެއް ހޯދީ، މެޗުގެ 64 ވަނަ މިނިޓްގައި ފިން ޕޯރާތު ޖެހި ލަނޑުންނެވެ. އޭގެ ފަހުން، އިތުރު ވަގުތުގެ ފުރަތަމަ ތިން މިނިޓްތެރޭ ސްޓީވެން ސްކީބާސްޒީ ގާތްގާތުގައި ދެ ގޯލު ޖަހައި، ބަޔާންގެ ލީޑު އެންމެ ގޯލަކަށް ހެދި އެވެ. އެކަމަކު، ފަހު ގަޑީގައި ރަނގަޅަށް ޑިފެންސްކޮށް ބަޔާނުން ކޮޅު ހިފެހެއްޓި އެވެ.

ލެވަކޫސަނުން އާދިއްތަ ދުވަހުގެރޭ ކުޅޭ މެޗުގައި ހޮފެންހައިމްއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox