ވާނުވާގައި ތިބި މީހުންގެ އަދަދު އިތުރުވުމަކީ މައްސަލައެއް ނޫން، މައްސަލައަކީ ތިބޭ މުއްދަތު ދިގުވުން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން: ވާނުވާގައި ތިބި މީހުންގެ އަދަދު އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށާއި މައްސަލައަކީ ތިބޭ މުއްދަތު ދިގުވުން ކަމަށް ވިދާޅުވި -- ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އަލީ އިހުސާން: ވާނުވާގައި ތިބި މީހުންގެ އަދަދު އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށާއި މައްސަލައަކީ ތިބޭ މުއްދަތު ދިގުވުން ކަމަށް ވިދާޅުވި -- ފޮޓޯ: ހޯމް މިނިސްޓްރީ

ޝަރީއަތް ނިމެންދެން ހުކުމެއް ނެތި ބަންދުކޮށްފައި ތިބި މީހުންގެ އަދަދު އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށާއި، މައްސަލައަކީ އެ މީހުން ތިބޭ މުއްދަތު ދިގުވުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭއްވި ބަންދު ފޯރަމްގައި އިހުސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ބަޔަކު ތިބެން ޖެހުން މައްސަލައަކަށް ވުމަށް ވުރެ ހައްލުކުރުން މުހިންމީ ހުކުމެެއް ނުކޮށް ގިނަ ދުވަހު ޖަލުތަކުގައި ތިބޭ މައްސަލަ ކަމަށެވެ.

"އޭގެ ޒާތުގައި ޕްރީ ޓްރަޔަލް ޑިޓެންޝަންއަކީ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީކީ މައްސަލައެއް ކަމަށް. މައްސަލައަކަށް ވެގެން މިއުޅެނީ ޕްރީ ޓްރަޔަލް ޑިޓެންޝަނޭ ކިޔާފައި އަހަރު، ދެ އަހަރު، ތިން އަހަރު، ހަތަރު އަހަރު، ފަސް އަހަރު ވަންދެން އެއްވެސް ހުކުމެއް ނެތި ޖަލެއްގައި ބަންދުކޮށްގެން ގެންގުޅޭ ގެންގުޅުން. މިއަށް އަޅުގަނޑުމެން ހައްލު ހޯދަން ޖެހޭ،" އިހުސާން ވިދާޅުވި އެވެ.

ދުނިޔޭގެ 80 ޕަސަންޓު ގައުމުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންގެ އަދަދު އުޅެނީ ޖަލުގައި ތިބި މީހުންގެ 25 ޕަސަންޓަށްވުރެ އިތުރުކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ އާބާދީގެ 25 ޕަސަންޓަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ކަމަށެވެ.

"ރާއްޖޭގެ އާބާދީއަށް ބަލާއިރު 25 ޕަސަންޓަކީ މިހާރު ޕްރީޓްރަޔަލް ޑިޓެންޝަންގައި ތިބި މީހުން. ދުނިޔޭގެ ޖަލުގެ އާބާދީތަކަށް އެކި ގައުމުތަކަށް ބަލާއިރުގައި 80 ޕަސަންޓް ގައުމުތަކުގައި ޕްރީ ޓްރަޔަލް ޑިޓެންޝަންގައި ތިބި މީހުން ޖަލުގެ އާބާދީގެ 25 ޕަސަންޓަށްވުރެ މަތި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ ތިބުމުގެ ތެރެއަށް ޖަޒުބާތުގައި މައްސަލައާ ދުރުން ދައްކާ ވާހަކަތައް ވެސް ގިނަވެފައިވާ ކަމަށާއި ކަންބޮޑުވުން އޮންނަން ޖެހޭނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މުއްދަތު އިތުރުވުމަށް ކަމަށެވެ.

ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ އަދަދު އިތުރުވަމުން ގޮސް ޖަލުތައް ފުރުމާ ގުޅިގެން ވެސް އިހުސާން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އިހުސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން ކުޑަކުދިންގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ފިޔަވައި އެހެން ހުރިހާ އެންމެންގެ މައްސަލަތައް ރިވިއުކޮށް ބަންދަށް ލުއި ދެވިދާނެތޯ ބެލިއިރު އޭގެ ތެރެއިން 95 ޕަސަންޓު މީހުންނަކީ ތަކުރާރުކޮށް ކުށް ކުރާ މީހުންނާއި އެކި ޝަރީއަތްތައް ހިނގަމުންދާ މީހުން ކަމަށެވެ.

މިގޮތުން ޝަރީއަތްތައް އަވަސްވެގެން ދިޔަ ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި މި ވަގުތު ތިބި މީހުންގެ ތެރެއިން 50 މީހުން ވެސް މިނިވަން ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ތިބެން ޖެހޭނީ ޖަލުގައި ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

ޕީޖީން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިއްބެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox