ވާނުވާ ބަންދުގައި ތިބި 435 މީހުންނާ އެކު ޖަލުތައް ފުރި ބާރުވެއްޖެ

އާޓްވޯކް: އިސްމާއިލް އިމްދާދު

އާޓްވޯކް: އިސްމާއިލް އިމްދާދު

ބޮޑެތި ކުށްތައް ކުރި ކަމަށް ތުހުމަތު ކުރެވިގެން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 435 މީހުންނާ އެކު ޖަލުތައް ފުރި ބާރުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން އާންމުކުރި ތަފާސްހިބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ 20، ގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި 435 މީހުންގެ ތެރެއިން 364 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިއިރު، ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު 71 މީހުން އެބަތިއްބެވެ.

ޕީޖީ އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި "ބަންދު ފޯރަމް" ގައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ ޖަލުތަކުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެ، ޖަލުތައް ފުރިފައިވާ ކަމަށާއި ބަންދު ކުރުން ނޫން ގޮތެއް ހޯދަން ޖެހިފައިވާ ކަމަށެވެ.

Advertisement

މިގޮތުން މުއައްސަސާތައް ގުޅިގެން ދިމާވެފައި އޮތް މައްސަލައަށް ހައްލު ގެންނަން ޖެހޭ ކަމަށާއި މާފުށީގައި ވެސް ކެޕޭސިޓީއަށްވުރެ އިތުރަށް 10 ޕަސަންޓް މީހުން ބަންދުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އަދުލުގެ ނިޒާމަށް ފާޑު ކިޔައި އިތުބާރު ކުޑަވަމުންދަނީ ޒަމާނުއްސުރެ އޮތް ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ މައްސަލައަށް ހައްލު ނުލިބޭތީކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ އެގޮތަށް ބަންދުކޮށްގެން ހޭދަވާ މުއްދަތު ކުޑަ ނުވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން އެންމެ ގިނައިން ބަންދު ކޮށްފައި ތިބީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ޖިންސީގޯނާ ކުރުމުގެ މައްސަލަތަކުގަ އެވެ.

ޝަރީއަތް ނިމެންދެން ކަރެކްޝަނުގައި ބަންދުކޮށްފައި ތިބި 364 މީހުންގެ ތެރެއިން 208 މީހުންނަކީ ޒުވާނުން ކަމަށްވާއިރު، 35 އަހަރަށްވުރެ މަތީގެ 156 މީހުން އެބަތިއްބެވެ.

ޝަރީއަތް ނިމެންދެން ކަރެކްޝަންސްގެ ބަންދުގައި ތިބި މީހުންގެ ތެރެއިން 354 މީހުންނަކީ ފިރިހެނުން ކަމަށްވާއިރު، 10 މީހުންނަކީ އަންހެނުންނެވެ.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުން ކުށުގެ ބާވަތުން: ޖެނުއަރީ 20، 2025 ގެ ނިޔަލަށް

  • މަސްތުވާތަކެތީގެ މައްސަލަތައް - 112 މީހުން (30.8 ޕަސަންޓް)
  • ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް -96 މީހުން (26.4 ޕަސަންޓް)
  • ގޭންގް މާރާމާރީ މައްސަލަތައް - 79 މީހުން (21.7 ޕަސަންޓް)
  • މަރުގެ މައްސަލަތައް - 29 މީހުން (8 ޕަސަންޓް)
  • ޓެރެރިޒަމްގެ މައްސަލަތައް - 17 މީހުން (4.7 ޕަސަންޓް)
  • ޖިންސީ ގޯނާގެ މައްސަލަތައް - 13 މީހުން (3.6 ޕަސަންޓް)
  • މަނީ ލޯންޑްރިން މައްސަލަތަކާއި އެހެނިހެން މައްސަލަތައް - ފަސް މީހުން (1.4 ޕަސަންޓް)

ކަރެކްޝަންސްގެ ބަންދުގައި 364 މީހުން ހޭދަކުރި މުއްދަތު: ޖެނުއަރީ 20، 2025 ގެ ނިޔަލަށް

  • ހަ އަހަރަށްވުރެ ގިނަ - 5 ފަސް މީހުން (1.1 ޕަސަންޓް)
  • ފަސް އަހަރާއި ހަ އަހަރާ ދެމެދު - 8 މީހުން (2.2 ޕަސަންޓް)
  • ހަތަރު އަހަރާއި ފަސް އަހަރާ ދެމެދު - 24 މީހުން (6.6 ޕަސަންޓް)
  • ތިން އަހަރާއި ހަތަރު އަހަރާ ދެމެދު - 38 މީހުން (10.4 ޕަސަންޓް)
  • ދެ އަހަރާއި ތިން އަހަރާ ދެމެދު - 67 މީހުން (18.4 ޕަސަންޓް)
  • އެއް އަހަރާއި ދެ އަހަރާ ދެމެދު - 92 މީހުން (25.3 ޕަސަންޓް)
  • އެއް އަހަރަށްވުރެ ކުރު - 131 މީހުން (36 ޕަސަންޓް)

ފޯރަމްގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވެސް ވަނީ ޖަލުތައް ފުރިބާރުވެފައިވާކަން ފާހަގަކުރައްވައި ޖާގައިގެ މައްސަލަތައް ވެސް ދިމާވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ކަރެކްޝަންސްގައި ވަސީލަތް މަދުކަމާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ހައްގުތައް ކަށަވަރު ކުރަން ވެސް ގޮންޖެހުންތަކެއް ދިމާވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ހުރިހާ ޖަލެއްގެ ކެޕޭސިޓީއަކީ 1500 އެއްހާ ޖާގަ ކަމަށްވާއިރު، ޖަލުތަކުގައި ތިބޭ މީީހުންނަށް މަހެއްގެ މައްޗަށް 27،000ރ. ހަރަދުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox