ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯނު ބުރުގެ ކުޅުން ރޭ ފެށިއިރު, ޒޯން ހަތަރެއްގައި، މި ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަން، އއ. މަތިވެރި އާއި ވ. އަތޮޅުގެ ޗެމްޕިއަން ކެޔޮދޫ އިން ރަނގަޅު މޮޅެއް ހޯދައިފި އެވެ.
ރޭ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ކެޔޮދޫ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 17 ވަނަ މިނެޓުގައި ކެޔޮދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ކެޕްޓަން އަރީން އަބްދުالله އިބްރާހީމް އެވެ.

ކެޔޮދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
އެކަމަކު އޭގެ ދެ މިނެޓު ފަހުން މަންދޫގެ އިބްރާހީމް އިމްރާން (އިއްމި) ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. މެޗުން ކެޔޮދޫ މޮޅުކޮށްދިން ގޯލު ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
މި ޒޯނުގައި އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރި އާއި އެ އަތޮޅުގެ ރަނަރަޕް ތޮއްޑޫ ބައްދަލުކުރި މެޗު މަތިވެރިން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
މި މެޗުގައި މަތިވެރީގެ އަލީ އަލްސަން (އައްލެ) އާއި އަބްދުالله ފިޒާން އަބްދުލް ގަފޫރު ދެ ގޯލު ޖެހިއިރު, އަހުމަދު ފިރާޝް ވަނީ ގޯލެއް ޖަހާފަ އެވެ.
ތޮއްޑޫގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ޝިޔާޒް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް (1 ފެބްރުއަރީ)
ހއ. ފައިނަލް: ވަށަފަރު - ދިއްދޫ (20:00)
ހދ. ފައިނަލް: ނޭކުރެންދޫ - ނައިވާދޫ (20:00)
ޒޯން ހަތެއް: ގއ. ދެއްވަދޫ - ގއ. ވިލިނގިލި (21:30)
ޒޯން ހަތެއް: ދަނޑިމަގު - ގދ. ވާދޫ (21:30)
ޒޯން ހަތެއް: ފޭދޫ - ގައްދޫ (22:30)













