ދީންވެރިކަމުގެ ބޮޑާކަން؛ ފިސާރި ބޮޑު ނުރައްކަލެއް

ދީންވެރިކަމުގެ ބޮޑާކަން؛ ފިސާރި ބޮޑު ނުރައްކަލެއް

"އެތެރެފުށުގެ އަހުލާގު ރަނގަޅަށް ދެނެގެންތިބި އަދި އޭގެ ގޮތްބާވަތް އެނގިގެންތިބި މީހުންވެސް އޭގެ ތެރެއިންވެ އެވެ. އެކަމަކު އެމީހުންނަށް އެމީހުން ފެނިފައިތިބޭލެއް ބޮޑުކަމުން އެމީހުންނަށް ހީވަނީ އެމީހުންނަކީ އެންމެހާ ނުބައި އަހުލާގުތަކުން މުޅިން ދުރުވެވިފައި ތިބޭ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ އެކަމުން އިމްތިހާނު ކުރެވިދާނޭ ބަޔަކަށްވުރެ ﷲ ގެ ހަޒުރަތުގައި އުފުލިފައިވާ ބައެއްކަމަށެވެ. އެކަންކަމުން އިމްތިހާނުކުރެވޭނީ އާންމު އެހެން މީހުން ކަމަށެވެ. ދެން އެމީހުންގެ ކިބައިން ކިބުރުވެރިކަމުގެ ގޮތްތަކާއި ބާރުވެރިކަމާއި މަތިވެރިކަމާއި ޝަރަފުވެރިކަމަށް އެދިގަތުމުގެ ގޮތްތައް ފާޅުވާއިރު ވެސް ބުނާނެއެވެ. މިއީ ކިބުރެއް ނޫނެވެ. މިއީ ދީނަށް އިއްޒަތް އެދުމެވެ. އިލްމުގެ ޝަރަފުވެރިކަން ފާޅުކުރުމެވެ. ﷲ ގެ ދީނަށް ނަސްރުދިނުމެވެ. އަދި ދެކޮޅުވެރިން އިނދަޖައްސާލުމެވެ. މިހެންގޮސް އެއިން މީހަކަށް ރައްދުދޭ މީހަކާމެދު އެމީހެއްގެ ދޫ ހަސަދައިން ހަރަކާތްތްތެރިވާއިރު ވެސް އެމީހުން ހިތައެވެ. މިޔަކީ އަދި ހަސަދައެއް ނޫނެވެ. އެކަމަކު މިއީ ހައްގަށްޓަކައި ތިމަން އަންނަ ރުޅިއެވެ. އަދި ބާތިލު ގޮތުގައި ހުރި މީހާގެ އަނިޔާވެރިކަމާއި ޖާހިލުކަމަށް ތިމަން ދޭ ރައްދެވެ." މިއީ އިމާމް އަބޫޙާމިދިލްޣަޒާލީ އެކަލޭގެފާނުގެ ފޮތުގައި ކިބުރުވެރިވުމުގެ ވައްތަރުތައް ބަޔާންކުރުމަށް ޗެޕްޓަރތަކެއް ހާއްސަކުރައްވައި، "އިލްމުގެ އަހުލުވެރިން ބޮޑާވެގަތުން" މި ސުރުހީގެ ދަށުގައި ލިޔުއްވާފައިވާ ބައެއް ވާހަކައެވެ.

އާދޭހެވެ! ބޮޑާވެގަތުމުގެ އެންމެހާ ވައްތަރުތަކަކީ ވެސް ނުބަޔެކެވެ. ނުރައްކަލެކެވެ. ޒުވާންކަމާއި ރީތިކަމުން ބޮޑާވިޔަސް، މުދާވެރިކަމުން ނުވަތަ ސިއްހަތާއި ބާރުގަދަކަމުން ބޮޑާވެގަތަސްމެއެވެ. ބާރުވެރިކަމާއި ޖާހުން ބޮޑާވެގަތަސް މިފަދައެވެ. އެހެން ނަމަވެސް މީހަކު ބޮޑާވެގަންނަ ނުވަތަ ތިމާއަށް ތިމާފެންނަ އެންމެ ނުރައްކާތެރިކަން ބޮޑު ބޮޑާވެރިކަމަކީ ދީންވެރިކަމުގެ ބޮޑާވެރިކަމެވެ. އެކަމުގެ ނުރައްކާތެރިކަން އެންމެ ބޮޑުވާ ސަބަބަކީ އެހެން ހުރިހާ ބޮޑާވެރިކަމަކަށްވުރެ އެކަމުގައި ތިމާޖެހޭއިރުވެސް ތިމާއަށް އެކަން އެނގުމާއި އިހުސާސްވުން ދުރުކަމަށްޓަކައެވެ. އަދި އޭގެ ގެއްލުން އޭގެ ވެރިޔާގެ އިތުރުން އިސްލާމީ ދައުވަތަށާއި އިސްލާމީ އުންމަތަށްވެސް އިންތިހާ ދަރަޖައިގައި ލިބޭތީއެވެ.

އިސްލާމީ ދައުވަތުގެ ކޮންސެޕްޓްގައި ދައުވަތު ދޭ މީހަކީ އެއީ އަނެކުންނަށްވުރެ މަތިވެރި މީހެއް ކަމަށް ދުށުމެއް ނޯވެއެވެ. އޭގެ ބަދަލުގައި ދައުވަތާ ގުޅޭ އާޔަތްތަކުގައި ދައުވަތު ދޭ މީހުން ސިފަކުރައްވާފައިވަނީ "...އަދި ތިމަން ހިމެނިގެންވަނީ މުސްލިމުންގެ ތެރެއިންނެވެ." ބުނާ މީހެއްގެ ގޮތުގައެވެ. އޭނާއަކީ ދައުވަތު ދޭ މީހަކަށްވިޔަސް އޭނާއަކީ އެހެން މުސްލިމުންނާ އެއްފަދަ މީހެއްގެ ގޮތުގައި ދައުވަތު ދޭ މީހެއްގެ ހައިސިއްޔަތުން ދެކެންޖެހޭނެކަމަށް މިފަދަ އާޔަތްތަކުން ދަލީލު ލިބެއެވެ. އޭގެ އެއް މިސާލަކީ ފުއްޞިލަތު ސޫރަތުގެ 30 ވަނަ އާޔަތެވެ.

އިލްމުވެރިން ވިދާޅުވެއެވެ. އިލްމުވެރިވުމުގައި ތިން ހަރުފަތެއްވެއެވެ. ފުރަތަމަ ހަރުފަތަށް އެރޭ އިންސާނާ ތިމާ މިހުރީ އެނގިފައިކަމަށް ހީކޮށް ބޮޑާވެގަނެއެވެ. ހިތްތިރިވެ ތަވާޟުޢުވެރިވެވެނީ ދެވަނަ ހަރުފަތުންނެވެ. ތިންވަނަ ހަރުފަތާ ހަމައަށް އެރިއްޖެނަމަ ތިމާއަށް ނޭނގޭ މިންވަރު އެނގި މައިތިރިވެއެވެ. މިހަރުފަތުގައި ތިބޭ މީހުން ފާފަވެރިއަކާ ދިމާއަށްވެސް ބޮޑާބަސް ބުނެއުޅޭ މަންޒަރެއް ނުފެންނާނެއެވެ.

މި ހަގީގަތް މިހެން އޮންނަ ކަމަށްޓަކައި ނުކުންނަ އެއް ނަތީޖާއަކީ، އިލްމުވެރިކަމުގެ އެހެން ހުރިހާ ހަރުފަތެއްގައި ތިބޭ މީހުންނަށްވުރެ ކިރިޔާ އިލްމުވެރިވެފައި ތިބޭ ފުރަތަމަ ހަރުފަތުގެ މީހުންނަށްވުރެ އަޑުގަދަ އެހެން ބަޔަކު ނެތުމެވެ. އެ ހަރުފަތުގެ ތަބީއަތަކީ ބޮޑާވެރި ނަފުސެއްގެ ތަބީއަތްކަމަށްވެފައި، އިލްމުވެރިކަމުގެ ތިންވަނަ ހަރުފަތުގައި ތިބޭ މީހުން ދެއްކުންތެރިކަމާ ދުރުކަމަށްޓަކައި އެބައިމީހުން ފޮރުވިގެންތިބޭލެއް ބޮޑެވެ. އޭގެ ސަބަބުން މުޖުތަމައުގެ ގިނަ މީހުންނަށް މޮޅު ދެރަ ވަކިކުރަން ނޭނގި ހަގީގީ އިލްމާއި ފާފައިގެ ގޮތުން ބޮޑެތި ކަންކަމާ ވަކިކުރަން ނޭނގޭ ފަހަރު ވަރަށް ގިނަ ފަހަރަށް މެދުވެރިވެގެންދަނީއެވެ.

މިކަންކަން މިހެން ހިނގަމުންދާއިރު، ދީނީ ދައުވަތުގެ މައި މުއައްސަސާތައް އެއްވެސް ވަރަކަށް މިކަމުގައި ބަހެއް ނުބުނެ ތިބޭ ތިބުމަކީ ވެސް ދީންވެރިކަމުގެ ބޮޑާކަމަށް މެދުވެރިކުރުވާ ސަބަބެކެވެ. މި މިސާލު ރާއްޖެއިން ވަރަށް ރީތިކޮށް ފެނެއެވެ. އާންމުންގެ ސަމާލުކަން ހުއްޓޭ ވަރަށް ގިނަ ކަންކަމުގައި ފަތުވާ ކޮމިޓީގެ ބަހެއް ނޯވެއެވެ. އިސްލާމިކް މިނިސްޓްރީގެ ބަހެއް ވެސް ނޯވެއެވެ. އޭގެ ސަބަބުން ބަސް ބުނާ އަޑުގަދަ މީހާ އަކީ ހަގީގީ އިލްމުވެރިޔާ ކަމަށް އާންމުންނަށް ގަބޫލުކުރެވޭ ގޮތް ވެއެވެ. އޭނާގެ ސަބަބުން ފާފަވެރި ކިތަންމެ ބަޔަކު ތައުބާވުމާ ދުރަށް ފެޔަށް ޖެހި، ދީނާ އެތައް ބަޔަކު ދުރަށް ދިޔަސްމެއެވެ.

ދީންވެރިކަމުގެ ބޮޑާކަމަށް މަގުފަހިވާ އެންމެ ބޮޑު ސަބަބަކީ ތިމާގެ އަމިއްލަ ނަފުސުގެ މަތީން ހަނދާން ނައްތާލެވޭކަމާއި އިބްލީހުގެ ވަސްވާސް ދިނުމުގެ ހީލަތްތެރިކަމުގެ މައްޗަށް ގާފިލުވެވޭ ކަމެވެ. އިބްލީސް ވަސްވާސްދެނީ ކޮންމެ މީހެއްގެ ވެސް ބަލި ފަޔަކީ ކޮބާތޯ ބަލައިގެންނެވެ. ޒިނޭ ނުކޮށް އަޅުވެރިއެއްގެ ގޮތުގައި އުޅޭ މީހާ ވާވައްދަން އިބްލީސް ހިޔާރުކުރާ މަގަކީ އަންހެން ކުއްޖަކު ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހަކީ މާބޮޑު އަޅުވެރިއެއް ނަމަ އެމީހެއްގެ ހިތަށް ދެއްކުންތެރިކަން ލައިދިނުމުގައި އިބްލީސް މާ ފަސޭހައިން ކާމިޔާބު ހޯދާކަމަށް އިބްލީހުގެ ރޭވުންތެރިކަމާ ބެހޭ ގޮތުން ލިޔެވިފައިވާ އެތައް ފޮތެއްގައި އިލްމުވެރިން ފާހަގަކުރައްވާފައިވެއެވެ. މި މައުލޫއު އިތުރަށް ދިރާސާކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އިބްނުލްޖައުޒީގެ ތަލްބީސް އިބްލީސް އޭ ކިޔުނު ފޮތް އެއްފަހަރަށްވުރެ ގިނަ ފަހަރު ވިދާޅުވުމަށް ދައުވަތު އަރުވަމެވެ.

އަނެކާއަށްވުރެ ތިމާ މޮޅުވެގަތުމަށް ވަކާލާތުކުރުމަކީ އިބްލީހުގެ ސިފައެކެވެ. އޭނާގެ މުޅި މަގުފުރެދުން އެމައްޗަށް ބިނާކުރި ބިންގަލަކީ އާދަމްގެފާނަށްވުރެ އޭނާ ހައްދަވާން ބޭނުންކުރެއްވި އެތީގެ ވެސް މޮޅުކަމަށްޓަކައި އޭނާ ވެގަތް ބޮޑާކަމާއި ކިބުރުވެރިކަން ނޫންތޯއެވެ. އަޢުރާފް ސޫރަތުގެ 12 ވަނަ އާޔަތުގައި އެޔޮތީ އެވާހަކައެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެއެވެ. "ތިން ކަމަކީ ހަލާކުކޮށްފަނިވި ކަންކަމެވެ. އެޔަށް ހިތް ކިޔަމަންވެފައިވާ ދަހިވެތިކަމެވެ. އަދި އެޔަށް ތަބާވެވޭ އެދުންވެރިކަމެވެ. އަދި މީހާ އޭނާގެ ނަފުސާމެދު ބޮޑާވެގަތުމެވެ."

އަހަރެމެންގެ އިސްވެދިޔަ ސަލަފުން ހިންގެވީ މިކަމަށް ނުހަނު އަހަންމިއްޔަތުކަން ދެއްވައިގެންނެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. "ހައްގު އޮތީ އަނެކާގެ ދުލުގައި ކަމަށް ނޭދޭ ހާލުގައި ތިމަން އެއްވެސް މީހަކާ ޖަދަލުކޮށް ނޫޅެމެވެ." އެބަހީ އިމާމް ޝާފިޢީ ވަކި ކަމެއްގައި މީހަކާ މެދު ބަހުސްކުރައްވާނަމަވެސް އިމާމް ޝާފިޢީ އުންމީދުކުރައްވައިން ހުންނަވަނީ ޙައްޤު އޮތީ އަނެކާގެ ކޮޅުގައި ކަމަށް ވާނެ ނަމަ ރަނގަޅުކަމަށެވެ. ފަހަރުގައިވެސް ބޮޑާކަން އައިސް އެކަލޭގެފާނު މަގުއޮޅުވާލާފާނެކަމަށްޓަކައެވެ.

އޭ މާތް ނަބިއްޔާގެ ވާރުތަވެރިންގެ ގޮތުގައި އިސްލާމީ ދައުވަތު ހިފައިގެން ހިނގާ މީހުންނޭވެ! އަލްޤަލަމް ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ﷲ މާތް ނަބިއްޔާ ސިފަކުރައްވާ އަންގަވާފައިވެއެވެ. "ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." އަދި އާލް ޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައިވެއެވެ. " އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، ﷲ ގެ ހަޒުރަތުން ލެއްވި ރަހުމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު މާފުކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ!..."

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox