މެރިން ވައިބުން ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި 700 އަށްވުރެ ގިނަ އިންޖީނު ވިއްކައިފި އެވެ.
މެރިން ވައިބުން ބުނީ ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި ހޮންޑާ މެރިންއަށް ރާއްޖޭގެ މާކެޓް ޝެއާގެ 35 ޕަސަންޓު ލިބިފައިވާ ކަމަށާއި ކަސްޓަމަރުންގެ ޑިމާންޑު ހޮންޑާ މެރިންއަށް ވަރަށް ބޮޑު ކަމަށެވެ.
"ތިން އަހަރު ތެރޭގައި ކަސްޓަމަރުންގެ އިތުބާރު ލިބިއްޖެ. އާފްޓާ ސޭލްސް ސާވިސް ރަނގަޅުވެ، ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭ ކަމަށް ކަސްޓަމަރުން ގަބޫލުކުރޭ،" މެރިން ވައިބުން ބުންޏެވެ.
މެރިން ވައިބުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ދެ ސާވިސް ސެންޓަރެއް ހުރުމުން ކަސްޓަމަރުން ބޭނުންވާ ކަންކަން އަވަހަށް ފޯރުކޮށްދެވެ އެވެ.
ހޮންޑާ މެރިން އިންޖީނުގެ ތެޔޮ ހަރަދު ކުޑަ ކަމަށްވާއިރު، އެ އިންޖީނުގައި ގިއަރު ބޮކްސް ވަރުގަދަ އެވެ. އަދި އެ އިންޖީނަކީ ލޮނަށް ނުގިރޭ އިންޖީނެކެވެ.
މެރިން ވައިބުން ވަނީ މި އަހަރު 350hp V8 ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އެ އިންޖީނަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
މެރިން ވައިބުގެ ޝޯރޫމްތައް ހުންނަނީ މުރަނގަ މަގުގެ މ. ނައިޓްމޫންގައި ހުންނަ ތަނާއި، މ. އޯކިޑު މަގުގައި ހުންނަ ނިމްސާ ވިއުގަ އެވެ.










