ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި ފައިސަލް އެދުނީ ފަތުރުވެރިކަމަށް ކުރިއެރުން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި އޭނާ އެދުނީ ފަތުރުވެރިކަމަށް ކުރިއެރުން -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައި އޭނާ އެދުނީ ފަތުރުވެރިކަމަށް ކުރިއެރުން -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓަރުކަން ދެއްވައި، ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރައްވަން ފުރުސަތު ދެއްވުމުން އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާ ކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން އެދޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައިސަލް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރެއްވުމާ ހަމައަށް މަސައްކަތް ކުރެއްވީ ޝައުގުވެރިކަމާއި އިހުލާސްތެރިކަމާ އެކު، ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި، ވަރުބަލިކަމެއް ނެތި ކަމަށެވެ.

"ވޭތުވެ ދިޔަ ތަނުގައި، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތް އަޅުގަނޑު އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިހްލާސްތެރި ކަމާއެކު ތެދުވެރިވެ ހުރެ. އަޅުގަނޑު ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލި ނުވެ. އަޅުގަނޑާ ހަވާލު ކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހިރައްޔިތުންނާއި ގާތުން. ބަދަލުވަމުންދާ ދުނިޔޭގެ ފަތުވެރިކަމަށް ބަލައިގެން،" ފައިސަލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަމާޒު ހާސިލުވިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެއީ ދިވެހި ތާރީހުގައި ބޮޑު ކާމިޔާބެއް ކަމަށެވެ.

މިގޮތުން އެ އަމާޒަށް ވާސިލުވީ ދިވެހި ރައްޔިތުންގެ ފަރާތުން އައި ފާޑުކިޔުން ބަލައިގަނެ، އެއީ ހިތްވަރެއް ކަމުގައި ބަލައިގެން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އަޑު ވެސް އެހި ކަމަށް އޭނާ ވިދޅުވި އެވެ.

މީގެއިތުރުން ފައިސަލް ވަނީ ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ މުވައްޒަފުންގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހިމެނޭ ބޭފުޅުން އަދި ވަކިން ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފައިސަލް ވިދާޅުވީ ދިވެހި ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދަން ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، ދާއިރާއަށް އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާއެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދޭން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކުޑަ އިންޓްރަސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމަ ދިމާއަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރު ކުރާން ޖެހޭ. ލ. ހުޅިމެންދޫގައި ތަރައްގީ ކުރާން ނިންމާފައިވާ ޓޫރިޒަމް ޓްރޭނިން ސްކޫލްގެ އުފެދި ތަރައްގީވާން ޖެހޭ. ޒަމާންވެ ނުހެދި، ސިމެންތިއަށް ވެފައިވާ ރަށްތަކުގެ ވެރިންނާ ވާހަކަ ދައްކައި މާކެޓަށް ނެރެވޭނެ ގޮތް ހޯދައިދޭން ޖެހޭ. މިކަން ކަން ވެގެން ދިއުމަކީ އަޅުގަނޑު ދެކޭން ބޭނުންވާ ތަނެއް،" ފައިސަލް ވިދާޅުވި އެވެ.

ފަތުރުވެރިކަން އިތުރަށް ފުޅާކުރަން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ދީފައި އޮންނަ ބެޖެޓް 25 މިލިއަނާއި 50 މިލިއަން ޑޮލަރު ދެމެދުގެ އަދަދަކަށް ބަދަލުވާންޖެހޭކަން ވެސް ފައިސަލް ފާހަގަކުރެއްވި އެވެ.

މިގޮތުން ޓޫރިޒަމާ މެދު އޭނާ ގެންގުޅޭ މެދުރާސްތާގެ ތަސައްވަރު ހިއްސާ ކުރައްވަމުން ފައިސަލް ވިދާޅުވީ މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 އާ ދެމެދު އެނދު އުފައްދައި ބައިނަލްއަގުވާމީ އެއާޕޯޓްތަކާއެކު ޝެޑިއުލް ފްލައިޓްތައް ދަތުރުކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައި ދިނުމާއެކު ޓޫރިޒަމް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމާއި ސްޕޯޓް ޓޫރިމާއި ހެރިޓޭޖް ޓޫރިޒަމް ފުޅާ ޖާގަ ހޯދައި ދިނުން ވެސް ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox