ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ. ފައިނަލުގައި ތަށި ދިފާއުކުރަން ދިއްދޫން ނުކުންނާނީ ވަށަފަރާ ދެކޮޅަށް

ވަށަފަރުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ވަށަފަރުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ. އަތޮޅު ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން، ހއ. ދިއްދޫ އާއި ވަށަފަރު ދަތުރު ކޮށްފި އެވެ.

މި މުބާރާތުގެ ހއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުރިއަށްދިޔައިރު, ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދިއްދޫ އިން ނުކުތީ މާރަންދޫއާ ދެކޮޅަށެވެ. މި މެޗު ދިއްދޫ އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ހަވަނަ މިނިޓުގައި ދިއްދޫގެ ހައިޝަމް ރަޝީދު (ހައި) ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު، އޭގެ ދެ މިނެޓު ފަހުން މާރަންދޫގެ ސަމްހާން އަބްދުލް ރަހުމާން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓުގައި ދިއްދޫ އަށް އަލުން ލީޑު ނަގައިދިނީ ހުސެއިން ޝިފާހު (ޝިފަޓީ) އެވެ. އަދި ދެ ވަނަ ހާފުގެ 11 ވަނަ މިނެޓުގައި ޝިފާހު ވަނީ އިތުުރު ގޯލެއް ޖަހާ އެ ޓީމު މެޗުން މޮޅުކޮށްދީފަ އެވެ.

ވަށަފަރުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުން ދެ ވަނަ ސެމީގައި ކެލާގެ މައްޗަށް 4-3 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

މި މެޗުގެ ތިން ވަނަ މިނިޓުގައި ވަށަފަރަށް ލީޑު ނަގައިދިނީ އިބްރާހީމް އަތީގު ހަސަން (އިއްބެ) ޖެހި ގޯލުންނެވެ. އަދި މެޗުގެ 11 ވަނަ މިނެޓުގައި ވަށަފަރުގެ އިބްރާހީމް ޝަނޫން (ޗަންނަ) ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަށަފަރުގެ އަހުމަދު މާއިޝް ރަޝީދު (މާއި) ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އެކަމަކު އޭގެ ސިކުންތުކޮޅެއްގެ ތެރޭގައި ކެލާގެ މަމްދޫހް އަބްދުލް ގާދިރު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓުގައި މަމްދޫހް ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އަދި މެޗުގެ 30 ވަނަ މިނިޓުގައި ކެލާގެ އަހުމަދު ޝަފަގު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުން ވަށަފަރު މޮޅުކޮށްދިން ގޯލު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ އިއްބެ އެވެ.

މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރެޔެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް (28 ޖެނުއަރީ)

ކ. މާފުށި - ކ. ގުރައިދޫ: 20:00 (ސެމީ ފައިނަލް)

ކ. ކާށިދޫ - ކ. ގާފަރު: 20:00 (ސެމީ ފައިނަލް)

ގދ. ގައްދޫ - ގދ. ވާދޫ: 21:30 (ގދ. އަތޮޅު ފައިނަލް)

ރ. ދުވާފަރު - ރ. އިނގުރައިދޫ: 21:30 (ރ. އަތޮޅު ފައިނަލް)

ނ. ހޮޅުދޫ - ނ. މިލަދޫ: 22:30 (ނ. އަތޮޅު ފައިނަލް)

ސ. ފޭދޫ - ސ. ހިތަދޫ: 22:30 (ސ. އަތޮޅު ފައިނަލް)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox