ބޮޑު ތަފާތަކުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ އިން ފެންވަރުދައްކާލައިފި

Jan 27, 2025, 6:15 AM
ރޭގެ މެޗުގެ ތެރެއިން ފާމިން ލޮޕޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން ފާމިން ލޮޕޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ޖެނުއަރީ 27) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އަތުން 7-1 ގެ ބޮޑު ތަފާތުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ އިން ލީގުގެ ރޭހުގައި ކުރިއަށް ދިއުމަށް އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

މި މޮޅާ އެކު، ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 21 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 21 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނައިގައި ބާސެލޯނާ އޮތީ 21 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގެ 24 މިނިޓް ތެރޭ ބާސެލޯނާ އިން ހަތަރު ގޯލު ޖެހި އެވެ. ފްރެންކީ ޑި ޔޯންގެ ގޯލުން، ތިން ވަަނަ މިނިޓްގައި އެ ޓީމު ލީޑުނެގިއިރު، އަނެއް ލަނޑުތައް ޖެހީ ފެރާން ޓޮރޭޒް، ރަފީނިއާ އަދި ފާމިން ލޮޕޭޒް އެވެ. ފުރަތަމަ ހާފުގެ އިތުރުު ވަގުތުގެ ތެރޭގައި ލޮޕޭޒް ވަނީ ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ.

ރޮބަޓް ލެވަންޑޯސްކީ، ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަ ވަނަ ގޯލު ޖެހިއިރު، އެ ޓީމުން ކާމިޔާބުކުރި ފަހު ގޯލަކީ ވެލެންސިއާގެ ސެޒާ ޓަރޭގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ވެލެންސިއާގެ ހަމައެކަނި ގޯލު ޖެހީ، ހޫގޯ ޑޫރޯ އެވެ.

މިއީ، ލީގުގައި ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ހޯދި ފުރަތަަމަ މޮޅެވެ. އަނެއްކޮޅުން، މިއީ ހަންސީ ފްލިކް ހަވާލުވި ފަހުން ލީގުގައި ބާސެލޯނާ އިން އެންމެ ގިނަ ގޯލު ޖެހި މެޗު ވެސް މެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox