މީޑިއާތަކާއި އިންޓަނެޓު ރެގިއުލާޓުކުރަން ކަމަށް ބުނެ ބިލެއް ހުށަހަޅަނީ

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް :މީޑިއާތަކާއި އިންޓަނެޓު ރެގިއުލާޓުކުރަން ކަމަށް ބުނެ ބިލެއް ހުށަހަޅަން އޭނާ ދަނީ މަސައްކަތް ކުރައްވަމުން --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް :މީޑިއާތަކާއި އިންޓަނެޓު ރެގިއުލާޓުކުރަން ކަމަށް ބުނެ ބިލެއް ހުށަހަޅަން އޭނާ ދަނީ މަސައްކަތް ކުރައްވަމުން --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިންޓަނެޓާއި މީޑިއާތައް ރެގިއުލޭޓުކުރަން ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށެވެ.

މަސައްކަތް ކުރަމުންދަނީ މީޑިއާތަކަށް ވެސް އެއްބަސްވެވޭ ފަދަ ބިލެއް ގެނައުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މީޑިއާ ވެސް އެބަޖެހޭ ޒިންމާދާރުވާން. މީޑިއާއިން ބުނަނީ މީޑިއާއިން އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެއޭ. އެކަމު އެކަން ވެފައެއް ނެތް. ވާތަނެއް ފެންނާކަށްވެސް ނެތް. ހަމަ އެ މީހަކު ދައްކަން ބޭނުންވާ އެއްޗެއް ހަމަ ޓީވީތަކުންވެސް ދައްކަނީ. ލިޔަން ބޭނުންވާ އެއްޗެއް ލިޔަންވެސް ލިޔަނީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވީ މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ވަކިން މަސައްކަތް ކުރާތީ ދައުލަތުން ބޮޑު ހަރަދެއް ވެސް ހިނގާ ކަމަށެވެ. އަދި، އެ ދެ މުއައްސަސާއިން ވެސް ކުރަނީ އެއް މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ރެގިއުލޭޓަރީ ބިލުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި ނާޒިމްގެ ވިސްނުން ހުރީ މެލޭޝިއާ ފަދައިން މި ދެ މުއައްސަސާ އެއްކޮށްލާ މަލްޓި މީޑިއާ ކައުންސިލެއް އުފެއްދުމާ ދިމާލަށެވެ. އަދި، މި ބިލުގެ ދަށުން އެ ކޮމިޝަނުން އިންޓަނެޓުގެ ޕްލެޓްފޯމުތައް ވެސް ރެގިއުލޭޓު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނާޒިމްގެ އިންޓަވިއުގައި މީޑިއާތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މީޑިއާތަކަށް އަމިއްލައަށް ރެގިއުލޭޓު ނުކުރެވޭ ކަމަށާއި ޒިންމާދާރު ނޫސްވެރިކަމެއް ރާއްޖެއިން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ޒާތީވެގެން ގޮސް ވިޔާނުދާ ކޮންޓެންޓާ އެއްޗެހި ޓީވީތަކުން ދައްކާތަން އެބަފެނޭ ދެއްތޯ. މައިންބަފައިންނާ ދަރިންނާ އެއްކޮށް ތިބެގެން ނުބެލޭ ވަރުގެ އެއްޗެހިވެސް އެބަ ދައްކާ. އެއްވެސް އަސްލެއް ހަގީގަތެއް ނެތް ކަންކަމުގަ ބުނިބުންޏަށްގޮސް އެބަދައްކާ،" ނާޒިމް ވިދާޅުވި އެވެ.

މި ބިލާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ކަމަށްވާ ޓުވިޓާ (އެކްސް)، އިންސްޓަގްރާމް، ޓެލެގްރާމް އަދި ޓިކްޓޮކްވެސް ރާއްޖޭގައި ރެގިއުލޭޓް ކުރެވިގެންދާނެ ކަން ދޭހަވާ ފަދަ މޭރުމަކުން ނާޒިމް ވަނީ ވާހަކަދައްކަވާފަ އެވެ.

"ޓުވިޓަރާއި، އިންސްޓަގްރާމާއި، ޓިކްޓޮކާއި މިހެން ގޮސް މި އެއްޗެހިތައްވެސް ރެގިއުލޭޓުކުރެވެންޖެހޭ. މިހާރު ޓިކްޓޮކް އެމެރިކާގަ ބަންދުކުރާ ހިސާބަށްވެސް އެދަނީ ހަމަ ސަބަބެއް އޮވެގެން ދެއްތޯ،" ނާޒިމް ވިދާޅުވި އެވެ.

އެކުލަވާލުމުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ބިލުގައި އިންޓަނެޓުގެ މި ވަސީލަތްތަކާއި މީޑިއާތައް އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރެވޭނެ ފްރޭމްވޯކެއް ހުށަހެޅޭނެ ކަމަށް މީގެ ކުރިން ވެސް މީޑިއާތަކަށާއި ނޫސްވެރިންނަށް ފާޑުވިދާޅުވެފައިވާ ނާޒިމް ވިދާޅުވި އެވެ.

އަންނަ މަހު ފެށޭ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމާއެކު މި ބިލު މީޑިއާތަކަށް ހިއްސާކޮށް، ނޫސްވެރިން ވެސް އެއްބަސްވާ ގޮތެއް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރަށް ބާރުދީ މީޑިއާތައް ކޮންޓްރޯލް ކުރުމާ ދިވެހި ނޫސްވެރިން ވަނީ އެތައް ފަހަރެއްގެ މަތިން ދެކޮޅު ހަދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox