ހުލާސާކޮށް އިއްޔެ: ޕީއެންސީއަށް ވަގަށް ވެއްދި މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިން ވެސް

Jan 26, 2025, 1:01 AM
ހުލާސާކޮށް އިއްޔެ: ޕީއެންސީއަށް ވަގަށް ވެއްދި މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިން ވެސް

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެއް ލައްކަ މެންބަރުން ހަމަކުރަން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މީހުންގެ ތެރޭގައި ފުލުހުންނާއި ސިފައިން ވެސް ހިމެނޭކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާގޮތުގައި އެ ދެ މުއައްސަސާއިން ޕީއެންސީއަށް 17 މީހަކު، އެ މީހުންނަށް ނޭނގި ވައްދާފައިވާކަން މިހައިތަނަށް ވަނީ ކަށަވަރުވެފަ އެެވެ. މީގެ ބައެއް ފޯމުތަކުގެ ކޮޕީ ވެސް މި ނޫހަށް ލިބިފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ވެސް އަދި އެމްއެންޑީއެފުން ވެސް ރަސްމީކޮށް މިހައިތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ގުޅިގެން މި ނޫހަށް މައުލޫމާތު ދިން ފުލުހުންގެ ބައެއް އޮފިޝަލުން ބުނީ މިހައިތަނަށް ފުލުހުންގެ ތެރެއިން 10 މީހަކު ޕީއެންސީއަށް ވަގަށް ވައްދާފައިވާކަން އެނގިފައިވާ ކަމަށެވެ.

"10 ފުލުހަކު ޕީއެންސީއަށް ވައްދާފައިވާ ކަމަށް ފާހަގަ ކުރެވިފައި ވަނީ މިހައިތަނަށް،" ފުލުސް އޮފިޝަލް ބުންޏެވެ.

އޭގެ އިތުރުން ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން އެމްއެންޑީއެފްގެ އޮފިޝަލެއް ބުނީ ސިފައިންގެ ތެރެއިން ވެސް ހަތް މީހަކު ވަގަށް ޕީއެންސީއަށް ވައްދާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންނަށް ސިޔާސީ ޕާޓީއަށް ވަނުން އެ މުއައްސަސާތަކުގެ ގާނޫނުން މަނާކުރެ އެވެ.

ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ވަގަށް ޕީއެންސީއަށް ވައްދާފައިވާއިރު، ދިވެހި ރައްޔިތުންގެ ޒާތީ މަައުލޫމާތު ބަލަހައްޓާ ޑީޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ތެރޭގައި ޕީއެންސީއަށް ފޯމު ފުރި ކަމަށް ހޯމް މިނިސްޓްރީގެ އިސްވެރިން ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވެފަ އެވެ.

ނަމަވެސް އެ އިއުތިރާފާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ދެކޮޅު ހަދައި އެ ބޭފުޅުން ވަނީ މީޑިއާއަށް ފިއްލަވައިފަ އެވެ.

އޭގެ ފަހުން ރައީސް މުއިއްޒުގެ އާއިލާގެ ބޭފުޅުންތަކެއް ވެސް ވަގަށް ޕީއެންސީއަށް ވައްދާފައިވާކަން ވަނީ ފަޅާ އަރައިފަ އެވެ. ރައީސް މުއިއްޒުއާ ދެބޭންގެ ދެދަރި މީހެއް ކަމުގައިވާ އަހުމަދު ގާލިބު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގާލިބު މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވަގަށް ޕީއެންސީ އަށް ވައްދާފައިވާ ކަމަށެވެ.

އޭގެ އިތުރުން ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އިސް ބައެއް ބޭފުޅުން ހިމެނޭހެން އެ ޕާޓީގެ ވެސް އެތައް ބަޔަކު ޕީއެންސީއަށް ވެއްދުމުން ޕީއެންއެފްގެ މެންބަރުންގެ އަދަދު ވަނީ 2800 އަށް ވެއްޓިފަ އެވެ.

މި ހުރިހާ މައްސަލައެއް ފެންމަތިވުމުން، އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕާޓީތަކުގެ ދަފުތަރު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ.

ޝަކުވާ ހުށަހަޅަން ޖެހޭނީ މައި އިލެކްޝަން ޕޯޓަލް ނުވަތަ ޝަކުވާ ޕޯޓަލް މެދުވެރިކޮށެވެ.

އިއުލާނުކޮށްފައިވާ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑިއަކީ ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ. އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox