ގައުމީ ކްރިކެޓް މުބާރާތުގެ ފުރަތަމަ މޮޅު އެމްއެސް ހެލްޕިން ހޭންޑް އެކަޑަމީ އަށް

Jan 25, 2025, 5:20 AM
ގައުމީ ކްރިކެޓް މުބާރާތުގެ ފުރަތަމަ މޮޅު އެމްއެސް ހެލްޕިން ހޭންޑް އެކަޑަމީ އަށް

އިއްޔެ ފެށި 59 ވަނަ ގައުމީ ކްރިކެޓް މުބާރާތުގައި، އެމްއެސް ހެލްޕިން ހޭންޑް އެކަޑަމީން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މި އަަހަރު ބާއްވާ ފުރަތަމަ މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ، އެމްއެސް ހެލްޕިން ހޭންޑް އެކަޑަމީގެ އިތުރުން، މާލެ ސްޕޯޓްސް، މިލާން ކްރިކެޓް އެކަޑަމީ އަދި ސީބީއެލް ސްޕޯޓްސް އެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި އިއްޔެ ފެށި މުބާރާތުގެ ފުރަތަމަ މެޗު އެމްއެސް ހެލްޕިން ހޭންޑް އެކަޑަމީން ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.

ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް އިން ނިންމީ ކުޅެން އެރުމަށެވެ. އެ ގޮތުން، އެ ޓީމުން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 191 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 39 ލަނޑުހެދި މުހަންމަދު ރިސްވާން އާއި 23 ލަނޑުހެދި މުއާވިއަތު ޢަބްދުލްޤަނީ އެވެ. މި އިނިންގްސްގައި އެމްއެސްޓީމުން ލަހިރު ވަނީ 10 އޯވަރުގެތެރޭގައި 19 ލަނޑަށް ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި އެމްއެސް ކުޅެންއަރައި ތިން ކުޅުންތެރިން ނުބައިވެގެން 194 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެ ޓީމުގެ، އަށާޔާޕާ ނުބައިނުވެ 102 ލަނޑު ހެދިއިރު، ސަވިންދަ ވަނީ 31 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި، ރަސްއާމް، ފައިސަލް އަދި އަދުނާން ވަނީ ކޮންމެ އުކުންތެރިއެއް އެއް ވިކެޓް ނަގައިފަ އެވެ.

މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެސްގެ އަށާޔާޕާ އެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި މިލާން ބައްދަލުކުރާނީ ސީބީއެލްއާ އެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ކުޅޭ މި މުބާރާތުގައި، ލީގު ބުރެއް ކުރިއަށްދިއުމަށް ފަހު، ސެމީ ފައިނަލެއް ކުޅޭނެ އެވެ. އެ ގޮތުން، ސެމީ ފައިނަލްގެ އެއް މެޗުގައި ލީގު ބުރުގެ އެއް ވަނަ ކުޅޭނީ ހަަތަރު ވަނައާ އެވެ. އަދި އަނެއް ސެމީ ފައިނަލުގައި ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާނެ އެވެ. ދެ ސެމީން މޮޅުވާ ޓީމެއްގެ މެދުގައި ފައިނަލް އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox