ގޯލްޑަން ފުޓްސަލް ޗެލެންޖް: ގއ. ފައިނަލުގައި ދެއްވަދޫން ކުޅޭނީ ވިލިނގިއްޔާ ދެކޮޅަށް

ދެއްވަދޫ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ދެއްވަދޫ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅު ބުރުގެ ފައިނަލުން ދެއްވަދޫ އާއި ވިލިނގިލި ޖާގަ ހޯދައިފި އެވެ.

މިއީ މި ދެ ޓީމު މި އަތޮޅުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ގއ. އަތޮޅުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވިލިނގިލިން ނުކުތީ ދާންދޫއާ ދެކޮޅަށެވެ. މި މެޗު ވިލިނގިލިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ލީޑު ވިލިނގިލިން ނެގީ 19 ވަނަ މިނެޓުގަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު މުސާވިރު ސައީދު އެވެ. އަދި ދެ ވަނަ ހާފުގެ ފަހު ވަގުތު ކޮޅު ވިލިނގިލީގެ މުސާވިރު އާއި ޝަޒްމީން މުހައްމަދު ވަނީ ކައިރިކައިރީ ގޯލު ޖަހާފަ އެވެ.

މި އަތޮޅުގެ ފައިނަލުން ދެއްވަދޫ ޖާގަ ހޯދީ ސެމީގައި ނިލަންދޫގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގެ ނުވަވަނަ މިނެޓުގައި ދެއްވަދޫ އަށް ލީޑު ނަގައިދިނީ އަހްނަފް ރަޝީދު (އަހުއްކޮ) ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު އިމްރާން (އިއްމި) ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.

ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ދެއްވަދޫގެ ތިން ވަނަ ގޯލު އަހުއްކޮ ޖެހިއިރު, އޭގެ މިނެޓެއް ފަހުން ނިލަންދޫގެ މުހައްމަދު ޒާހިލް އަހުމަދު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އޭނާ އަތުން ބައިކޮޅަށް ގޯލެއް ވަނީ ވަދެފަ އެވެ. ދެއްވަދޫގެ ފަސްވަނަ ގޯލު ޖަހާދިނީ އިއްމި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ގދ. ސެމީ ފައިނަލް: މަޑަވެލި - ގައްދޫ

16:00: ގދ ސެމީ ފައިނަލް: ވާދޫ - ތިނަދޫ

17:00: އއ. ފައިނަލް: މަތިވެރި - ތޮއްޑޫ

------------------------------------------

20:00: ކ. ގާފަރު - ކ. ދިއްފުށި

20:00: ކ. މާފުށި - ކ. ހިންމަފުށި

21:00: ކ. ގުރައިދޫ - ކ. ތުލުސްދޫ

21:00: ކ. ކާށިދޫ - ކ. ގުޅި

22:00: އދ. ސެމީ ފައިނަލް: ދަނގެތި - މަންދޫ

22:00: އދ. ސެމީ ފައިނަލް: މަހިބަދޫ - ކުނބުރުދޫ

23:00: އައްޑޫ ސެމީ ފައިނަލް: މީދޫ - ފޭދޫ

23:00: އައްޑޫ ސެމީ ފައިނަލް: ހިތަދޫ - މަރަދޫފޭދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox