ގޯލްޑަން ފުޓްސަލް ޗެލެންޖް: ތ. އަތޮޅުން ސެމީގެ ފަހު ޖާގަތައް އޮމަދޫ އާއި ވޭމަންޑޫ އަށް

އޮމަދޫން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އޮމަދޫން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ, ތ. އަތޮޅުގެ ސެމީގެ ފަހު ޖާގަތައް އޮމަދޫ އާއި ވޭމަންޑޫ އިން ހޯދައިފި އެވެ.

މި މުބާރާތުގައި ތ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ތ. އަތޮޅު ގްރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައި އޮމަދޫ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ތިމަރަފުށީގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ.

މި މެޗުގެ 17 ވަނަ މިނެޓުގައި އޮމަދޫ އިން ވަނީ ގޯލު ޖަހާ ކުރިހޯދައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހަސަން ކިއާން ސިނާން އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮމަދޫގެ މުހައްމަދު ނަޝްވާން ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ތިމަރަފުށީގެ އަހުމަދު އަފްލާޒް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަފްލާޒް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުން މޮޅުކޮށްދިން ގޯލު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޮމަދޫ އަށް ޖަހާދިނީ މުހައްމަދު ނާބިތު ހުސެއިން އެވެ.

މި ގްރޫޕްގައި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކިނބިދޫ އިން ވަނީ ދިޔަމިނގިލި މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދައިފަ އެވެ.

މި މެޗުގެ ނުވަ ވަނަ މިނެޓުގައި ކިނބިދޫ އަށް ލީޑުނަގާދިނީ އަހުމަދު ހަމްދާން ހުސެއިން ޖެހި ގޯލުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކިނބިދޫ އަށް ލީޑު ފުޅާކޮށްދިނީ އަލީ ފަލާހް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކިނބިދޫ އިން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަލީ ހަމްދޫން ހުސެއިން އެވެ.

އެކަމަކު ދެ ވަނަ ހާފު ފަށައިގެން ކައިރިކައިރީގަިއ ދިޔަމިނގިލީގެ މައިސަމް މުހައްމަދު ވަނީ ދެ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި އާދަމް ފަރުހާން ވަނީ ގޯލު ޖަހާ ކިނބިދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. އެ ޓީމުގެ ފަސް ވަނަ ގޯލު ޖެހީ މުހައްމަދު ސަހާއު އެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ތިމަރަފުށި ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ އޮމަދޫ އާއި ތިން ވަނަ އަށް ދިޔަ ކިނބިދޫ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު އޮމަދޫ އަށް ދެ ވަނަ ލިބެނީ ފައިދާ ގޯލު ވެސް އެއްވަރުވެ، ޖެހި ގޯލަށް ބަލާއިރު އެއް ގޯލު އިތުރުވުމުންނެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ދިޔަމިގިއްޔަށް ޕޮއިންޓެއް ނުލިބެ އެވެ.

ވޭމަންޑޫ ޓީމުގެ ސޮލާހު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މި އަތޮޅުގެ ގްރޫޕް ދޭއްގައި ވޭމަންޑޫ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ 6-4 އިން ކަނޑޫދޫ ބަލިކޮށްގެންނެވެ.

މި މެޗުގައި ވޭމަންޑޫގެ ސޮލާހް އަލީ ހަތަރު ގޯލު ޖެހިއިރު, ކެޕްޓަން ހަމްދޫން އަހުމަދު އަދި ކީޕަރު އައްބާސް އާދަމް ވަނީ ގޯލެއް ޖަހާފަ އެވެ.

ކަނޑޫދޫ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު ސާމިހު އެވެ. އަދި ހުސެއިން ސާނީ އަދި އަހުމަދު އަސަދު ވަނީ ގޯލެއް ޖަހައިފަ އެވެ.

މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ހިރިލަންދޫ ސެމީ ފައިނަލަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެ, 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވޭމަންޑޫ އާއި ބުރުނި އަދި ގާދިއްފުށި އަށް ހަތަރު މެޗުން ހަ ޕޮއިންތް ލިބިފައިވާއިރު, ވޭމަންޑޫ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ގްރޫޕްގެ ފުލަށް ދިޔަ ކަނޑޫދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

އެހެންވެ, މި އަތޮޅުގެ ސެމީގައި ތިމަރަފުށިން ނުކުންނާނީ ވޭމަންޑޫއާ ދެކޮޅަށެވެ. އަދި ހިރިލަންދޫ ނުކުންނާނީ އޮމަދޫއާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ރ. ސެމީ ފައިނަލް: އަލިފުށި - ދުވާފަރު

20:00: ރ. ސެމީ ފައިނަލް: އިނގުރައިދޫ - މަޑުއްވަރީ

21:00: ޅ. ނައިފަރު - ޅ. އޮޅުވެލިފުށި

21:00: ޅ. ކުރެންދޫ - ޅ. ހިންނަވަރު

22:00: ގއ. ސެމީ ފައިނަލް: ދާންދޫ - ވިލިނގިލި

22:00: ގއ. ސެމީ ފައިނަލް: ދެއްވަދޫ - ނިލަންދޫ

23:00: ވ. ކެޔޮދޫ - ވ. ފެލިދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox