ގޯލްޑަން ފުޓްސަލް ޗެލެންޖް: ދިއްގަރާއި ކޮޅުފުށި އެއް ވަނައިގެ ގޮތުގައި އަތޮޅު ސެމީ އަށް

ރޭ ކުޅުނު މެޗުގައި ދިއްގަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ރޭ ކުޅުނު މެޗުގައި ދިއްގަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ މ. އަތޮޅު ސެމީ ފައިނަލަށް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދިއްގަރާއި ކޮޅުފުށި ދަތުރުކޮށްފި އެވެ.

ރޭ މ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުނުއިރު، ދިއްގަރުން ސެމީ ފައިނަލަށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރުކުރީ އެ އަތޮޅު ވޭވަށް 4-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ދިއްގަރަށް ލީޑު ނަގައިދިނީ ނަޒީހް އިސްމާއިލް ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސެއިން ފާރިޝް ގޯލް ޖަހައި އެ ޓީމުގެ ލީޑުފުޅާކުރި އެވެ. ދިއްގަރުގެ ތިންވަނަ ގޯލު ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ޖަހާދިނީ ކެޕްޓަން އިބްރާހީމް ރިއްފަތު އެވެ. އަދި އޭގެ މިނެޓެއް ފަހުން މުހައްމަދު ސާގިބް ވަނީ ދިއްގަރުގެ ހަތަރު ވަނަ ގޯލު ޖަހައިދީފަ އެވެ.

މ. އަތޮޅުގެ ގްރޫޕް އެކެއްގައި މުލަކާއި މަޑުއްވަރި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ ދެ ވަނަ މިނެޓުގައި މުލަކުގެ ސުޖުއާން ހުސެއިން ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި މަޑުއްވަރީގެ އިބްރާހީމް އަސްލަމް އަލީ ވަނީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި ނަތީޖާތަކާ އެކު މ. އަތޮޅުގެ ގްރޫޕްގެ އެއް ވަނަ ދިއްގަރަށް ލިބެނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދި މުލަކަށް ތިން މެޗުން ފަސް ޕޮއިންޓް ވަނީ ލިބިފަ އެވެ.

މ. އަތޮޅުގެ ގްރޫޕްގެ ދޭއްގެ އެއް ވަނަ ކޮޅުފުށިން ހޯދީ ނާލާފުށީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ތިން ޓީމު ހިމެނޭ މި ގްރޫޕްގައި ކޮޅުފުށިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މުލައް އަތުން 0-0 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. ރޭގެ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކޮޅުފުށި މޮޅުކޮށްދިން ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އަދުހަމް އެވެ.

މި ގްރޫޕްގެ އެއް ވަނަ ކޮޅުފޮށިން ހޯދީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އަދި މި ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި މުލައް ވަނީ ދެ މެޗުން ލިބުނު ޕޮއިންޓާ އެކު ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މ. އަތޮޅު ސެމީގައި ދިއްގަރުން ނުކުންނާނީ މުއްޔާ ދެކޮޅަށެވެ. އަދި ދެ ވަނަ ސެމީގައި މުލަކުން ނުކުންނާނީ ކޮޅުފުށްޓާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ބ. ތުޅާދޫ - ބ. ފެހެންދޫ

21:00: ތ. ކިނބިދޫ - ތ. ދިޔަމިގިލި

21:00: ތ. ތިމަރަފުށި - ތ. އޮމަދޫ

22:00: ތ. ބުރުނި - ތ. ގާދިއްފުށި

22:00: ތ. ވޭމަންޑޫ - ތ. ކަނޑޫދޫ

23:00: ލ. މާބައިދޫ - މާވަށް

23:00: ލ. އިސްދޫ - ލ. މުންޑޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox