އިންޑިއާގެ ކަހީނަކު އަނެއްކާވެސް ރާއްޖޭގައި ފަރުވާ ދޭން އުޅޭ މައްސަލަ ފުލުހުން ބަލަނީ

މާލޭގައި ހުންނަ ފުލުހުން އިމާރާތް -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ހުންނަ ފުލުހުން އިމާރާތް -- ފޮޓޯ: އަދަދު ފައިލް

ރަމަލު ޖަހައިގެންނާއި އަތް ބަލައިގެން ގައިބުގައިވާ ކަންކަން ހޯދައި ފަރުވާދޭ ކަމަށް ދައުވާ ކުރާ އިންޑިއާގެ ކަހީނަކު ރާއްޖޭގައި ހިދުމަތްދޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ހިދުމަތް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ކުރަމުން،" ފުުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

Advertisement

މާސްޓާ ދުރްގާ ރާއޯ ގުރޫޖީ ހިދުމަތްތައް ޕްރޮމޯޓު ކުރަމުން ދަނީ އޭނާގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖެއްގަ އެވެ. އެ ޕޭޖުގައި އޭނާއާ ގުޅޭ ނަންބަރާއެކު އޭނާ ދޭ ހިދުމަތްތައް ވެސް ޖަހާފައިވެ އެވެ.

އޭނާ ދޭ ހިދުމަތްތަކުގެ ތެރޭގައި ސިހުރުގެ ވަބާއިން ސަލާމަތް ކޮށްދިނުމާއި އެކިއެކި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދައިދިނުމުގެ އިތުރުން ވަރިކައިވެނީގެ މައްސަލަތައް ހައްލު ކޮށްދިނުމަށް އިސްތިރި ހަދައިދިނުން ހިމެނެ އެވެ.

ފުލުހުން ބުނީ ދިވެހީންގެ ސަގާފަތާއި ދީނާ ހިލާފު އެފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނެސް އެކަމަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ އިޝްތިހާރެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެ އިދާރާއިން އެދިފައިވެ އެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ ކަހީނަކު ރާއްޖެއަށް އައިސް "ސްޕިރިޗުއަލް ހީލިން" ކްލާސްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވި އެވެ.

އެފަހަރު އެ ކްލާސްތައް ފެށުމުގެ ކުރިން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ޑިޕޯޓު ކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox