ގޯލްޑަން ފުޓްސަލް ޗެލެންޖް: ބިލެތްދޫ ބަލިކޮށް ދަރަނބޫދޫ ފައިނަލަށް

ދަރަނބޫދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ދަރަނބޫދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފ. އަތޮޅު ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބިލެއްދޫ ބަލިކޮށް ދަރަނބޫދޫ ޖާގަ ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ދަރަނބޫދޫ އިން ބިލެއްދޫގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިލެއްދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ނަދީފް އިބްރާހީމް އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ދަރަނބޫދޫގެ މުޒްދާން ހަސަން ވަނީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި މެޗުން ދަރަނބޫދޫ މޮޅުކޮށްދިން ގޯލު އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ޖަހާދިނީ ރައްޔާން ރިޔާހް އެވެ.

މީގެ އިތުރުން ރޭ މި އަތޮޅުގައި ފީއަލިގެ މައްޗަށް ނިލަންދޫ ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ނިލަންދޫ އަށް ލީޑު ނަގާދިނީ ލުހާމް އަބްދުލް ލަތީފް ޖަހާދިން ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓެށް ވެފައި ހުއްޓަ ލުހާމް ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ.

ނިލަންދޫ އިން ޖެހި ތިންވަނަ ގޯލު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ސައްދާމް ހުސެއިން އެވެ.

މި ނަތީޖާތަކާއެކު ދަރަނބޫދޫ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މަގޫދޫ އަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި ތިން ވަނައިގައި ބިލެއްދޫ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ނިލަންދޫ އަށް ތިން ޕޮއިންޓް އަދި ފުލުގައި އޮތް ފީއަލީ އަށް ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭގެ މެޗުތައް:

16:00: ހއ. މާރަންދޫ - ހއ. ފިއްލަދޫ

16:00: ހއ. ބާރަށް - ހއ. ކެލާ

17:00: ހއ. ވަށަފަރު - ހއ. އިހަވަންދޫ

17:00: ހއ. ދިއްދޫ - ހއ. އުތީމު

----------------------------------------

20:00: ހދ، ހަނިމާދޫ - ހދ. ފިނޭ

20:00: ހދ. ނޭކުރެންދޫ - ހދ. މަކުނުދޫ

21:00: ހދ. ކުމުންދޫ - ހދ. ނައިވާދޫ

21:00: ހދ. ނޮޅިވަރަން - ހދ. ވައިކަރަދޫ

22:00: މ. ވޭވަށް - މ. ދިއްގަރު

22:00: މ. މުލަކު - މ. މަޑުއްވަރީ

23:00: މ. ނާލާފުށި - މ. ކޮޅުފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox