އަހަރެންގެ ޖަނާޒާގެ އުފާވެރި އިޖުތިމާއީ ބައްދަލުވުން

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

މާކުރިން ވެސް ދެނަހުރީމެވެ. ކިތަންމެ މޭފުއްޕާފައި ޖެހިލުން ކުޑަކަމަށް ހެދިގެން ދިރިއުޅުން ވެއަތުކުރިޔަސް، އެއްވެސް މީހަކަށް ނުބެޗޭނޭ މަރުގެ ސަކަރާތާ އަހަރެންވެސް ކުރިމަތިލާނެ އެވެ. ދުނިޔޭގައި ދިރިއުޅޭން އޮތް ދުވަސްތައް ހަމަކޮށް މި ދުނިޔެއާ ވަދާއީ ސަލާންކޮށް ވަކިވެގެން ދާންޖެހޭ ދުވަސް އަންނާނެ އެވެ. އިންތިޒާރެއް، އުއްމީދެއްވެސް ނުކޮށް ހުއްޓައި ހިލަމެއް ވުމެއް ނެތި މަރު އައިސް ބައްދަލުކުރުމަކީ އަހަރެން އެދުނު ގޮތެވެ. މިއަދަކީ އެދުވަހެވެ. މަރު ބައްދަލުކުރީ، ބައްދަލުކުރާން އަންނަ ކަމުގެ އިންޒާރެއް ދިނުމެއް ނެތި ކުއްލިއަކަށެވެ. އަހަރެންނަށް ކަނޑައެޅިފައި އޮތް ވަގުތު ހަމަވީ އެވެ. މީހަކަށް ތުރާލަކަށްނުވެ ނިމިދިޔަ ކަމުގެ އުފާ އިހުސާސުވެ، މުޅި ހަށްޓަށް ވެރިވީ ލުއިކަމެވެ. އަދާކުރާން ޖެހިފައި އޮތް ދުނިޔެވީ ހުރިހާ ޒިންމާތަކެއް ނިމުމަކަށް އައީ އެވެ. އަހަރެންގެ ދުނިޔޭގައި ހާސިލުކުރެވުނު މޮޅެއްގެ ފޮނިކަމާއި، އަދާނުކުރެވުނު ހުރިހައި ޒިންމާއެއް އަދާކުރުމުގެ ބުރަކަންވެސް ދިރިތިބީންނަށެވެ.

މި ފެށެނީ އަހަރެންގެ ޖަނާޒާގެ ތައްޔާރީ ތަކަށެވެ. އަހަރެންގެ ހަށިގަނޑު އާސަހަރާއަށް ގެނެވުނު ވަގުތުން ފެށިގެން ޖަމާއަތްތެރިން ހޭލަމޭލައަށް އެބަ އުޅެ އެވެ. ހިނަވާގޭގައި ޖަމާއަތްތެރީންނާއެކު ދަސްކުރާ ކުދިންވެސް ހަރަކާތްތެރިވަމުން ގެންދެ އެވެ. ހަލުވި ހަރަކާތްތަކަށް ބަލާއިރު އިސް ޖަމާއަތްތެރިންގެ ފުށުން ކޮށްފަރިތައިގެ އަސަރު ފެނެ އެވެ. ފެށުމުގެ ގޮތުން ބޮލާއި ތުނބުޅީގެ އިސްތަށިތައް ރަގަޅަށް ދޮވެލައި، ކަނާތަށް އިސްކަން ދީގެން ލުއިލުއި ގޮތަކަށް މުޅިހަށިގަޑުވެސް ދޮވެލައިފި އެވެ. ދެން އަހަރެންގެ ބޯދަށަށް އަތް ލައްވައި އިށީނދެ އިންނަވަރަށް އުފުލާލުމާއެކު މަތިން ތިރިއަށް ބާރަށް ބަނޑުގައި އަތް ހާކާލި އެވެ. ފެންވަރުވާން ފެށްޓީ ކަނާތްފަޅިންނެވެ. ދެން އަރިއަކަށް ބާއްވައި ބުރަކަށި ދޮވެލި އެވެ. މިގޮތަށް ތިން ފަހަރު ފެންވެރުވިއިރު ފަހު ފަހަރު ފެންވެރުވީ ކާފޫރާ އެއްކޮށްލައިގެންނެވެ.

ދެން ފެށުނީ ކަފުނަށެވެ. މޫނުގައި ހުޅުވިފައިވާ އެންމެހައި ތަންތަނާއި، ސަޖިދައިގައި އޮންނައިރު ޖެހޭ ހުރިހާތަނެއްގައި ޙަނޫތު ލުމަށްފަހު މުށި ހަށިގަނޑުގައި ވަށައިލެވިއްޖެ އެވެ. ހުދު ސާފު ތިންގަނޑު ފޮތި ނަގައި ކަނާތްފަރާތުން ކޮންމެ ފޮތިގަނޑެއް ވަކިން އަޅައި، ހަތް ތަނުން ބަނދެ ލެވިއްޖެ އެވެ. މިހާރު މިއޮތީ ކަފުންކޮށް އަވަދިވެފަ އެވެ.

Advertisement

އަހަރެންނަށް ފަހުގެ ސަލާންކުރުމަށް މޫނު ދެކޭން އައިސް ތިބި މީހުން މަދެއް ނޫނެވެ. އަހަރެންގެ ހަށިގަނޑާ އެންމެ ކައިރީގައި އަހަރެންގެ އާއިލާގެ ބައެއް މެންބަރުން ގަބުވެފައި އެބަތިއްބެވެ. އަހަރެންގެ އެކުވެރިންނާއި، އެކުގައި މަސައްކަތްކުރާ މީހުންނާއި ދަންނަ ދެކެފަރިތަ މީހުން ވަރިވަރިން އަންނަމުން ދިޔަތަން ފެނެ އެވެ. ކޮންމެ މީހަކު ތުންތަޅުވަމުން އަހަރެންގެ ހަށިގަނޑު ވަށާލާފައި ނުކުމެގެން ދެ އެވެ. އިސާހިތަކު އެ ޖަނާޒާގައި މީހުން ގިނަ ވެއްޖެ އެވެ.

ޖަނާޒާގައި ތިބި މީހުން އެކަކު އަނެކަކާ ބައްދަލުމިވީ ޒަމާނެއް ކޮށްފަ އެވެ. މި މާލޭގެ ދިރިއުޅުން ހަމަޖެހިފައި އޮންނަ ގޮތުން އިޖުތިމާއީ ގުޅުންތައް ކުޑަ އެވެ. އެކަކު އަނެކަކާ ބައްދަލުވެ ހާލުއަހުވާލު އަހާލައި ހަދާނޭ ފުރުސަތު ފަހިވަނީ މަދުންނެވެ. އެހެންވެ، ޒަމާންތަކެއްކޮށްފައި އެކުވެރިން ފެނުމުން ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ސަކަ މިޒާޖުގެ މަގޭ އެކުވެރިން އެމީހުންގެ ގޮތުގައި އެކަކު އަނެކަކަށް މަރުހަބާކިޔައި ސަލާންގަލާންކޮށް އުޅެމުން އެބަ ދެ އެވެ.

އެކަކު ދައްކަމުން ގެންދިޔައީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ވަކި ކެންޑިޑޭޓަކަށް ތާއިދުކުރި ސަބަބުގެ ވާހަކަ އެވެ. ވާހަކައިގެ ތެރެއިން އޭނާ ބުނެ އެވެ. ކަށު ނަމާދަށް ފެށެން އަދި ލައްކައިރު އެބަހުއްޓެވެ. ތިޔަ ވާހަކަ ދައްކާން މިތާ ކައިރީގައި މިހުރި ކެފޭއަށް އަރާލައި ކޮފީއެއް ބޮމާ ހިނގާށެވެ. ފެށޭންވާއިރަށް އަންނާނީ އެވެ. މި ދެގޮލާގެ ގޮތް އަހަރެން ދަންނަމެވެ. އެ ބެޗީ އެވެ. ދެން ދައްކައެއް ނުލާނެ އެވެ.

އެހެން ދެ އެކުވެރިޔަކު ދައްކަމުން ގެންދިޔައީ ކޯޓުގައި އޮތް މައްސަލައެއްގެ ވާހަކަ އެވެ. މައްސަލަ ބަލާ ގާޒީވެސް ޖަނާޒާއިން ފެނުމާއެކު، އެކަކު އަނެކަކަށް ނިތް އަރުވައި އެ ގާޒީ ދައްކައި، މި ދެވެރިންވެގެން އެފަކީރުގެ މަސްކާން ފަށައިފި އެވެ. ވާހަކައިގެ އޮލަކަމަށް ގެނބި ތިއްބައި އެ ގާޒީ މި ދެމީހުންގެ ފަހަތުން އައިސް ކައިރިވެލިއިރު މި ދެމީހުންވެގެން ގާޒީއަށް ހެއްދެވިނުހެއްދެވިއަށް ގޮވަނީ އެވެ. ގާޒީއަށް އަޑުއިވިއްޖެކަން އެނގުމާއެކު މި ދެމީހުން ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރި ގޮތުން އަހަރެން ގާތަށްވެސް ހިނި އައެވެ. ވަށައިގެން ތިބި މީހުން ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. ގާޒީ ކުނި މޫނު ހަދައިގެން ހުށްޓެވެ.

މޫނު ދައްކާން ކަނޑައެޅިފައި އޮތް ވަގުތުގައި އަހަރެން ތަޖުރިބާކުރީ މިކަހަލަ ސަމާސާ ތަކެވެ. ބޭއްވި ގޮތަކަށް ބޭއްވި ތަނެއް އޮތުން ނޫން ހިޔާރެއް ނެތްކަމުން ހިތްހަމަނުޖެހުނަސް އެކަމުގައި ކުރެވޭނޭ ކަމެއްވެސް ނެތެވެ. ޖަނާޒާއަށް އައިހައި ބަޔަކު ހިނި މޫނު ދައްކައި، އެންމެން އެކަކު އަނެކަކާ ސަލާންގަލާންކޮށް ނުނިމިގެން އުޅެނިކޮށް އަހަރެންގެ މޫނުއަޅައިފި އެވެ. ލަސްނުކޮށް ސަންދޯކަށް އަޅައި އެ އިޖުރާއަތުވެސް ނިމިއްޖެ އެވެ.

މިހާރު އަހަރެންގެ ބޯކޮޅު ގިބުލައަށް ވާގޮތަށް ބަހައްޓައިގެ މިސްކިތްތެރެއަށް ސަންދޯއް އެބަހަރަ ވައްދަ އެވެ. ކަށު ނަމާދު ނިންމައި، މިސްކިތުން ނެރެގެން ވަޅުލާން ގެންދެވެނީ އެވެ. ކަށު ނަމާދަށް އެރިހައި ބަޔަކު އަހަރެންގެ ސަންދޯކުގެ ފަހަތުން އެބަ އާދެ އެވެ. ގަބުރުސްތާނަށް ވަނުމާއެކު އަހަރެން އުއްމީދުކުރީ އެތަނުގައި ތިބިހައި ބަޔަކު " السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا، إِنْ شَاءَ اللهُ لَلَاحِقُونَ، أَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ" އޭ ބުނާ އަޑު އިވޭނޭ ކަމަށެވެ. އޭގެ މާނައަކީ "ގަބުރުތަކުގެ އަހުލުވެރީންގެ ތެރެއިން މުއުމިނުތަކުންނާއި މުސްލިމުތަކުންނަށް ސަލާމަތްކަން ހުއްޓެވެ. އަދި ﷲ ތަޢާލާގެ އިރާދަފުޅާއިއެކު އަހަރުމެންވެސް ތިޔަބައިމީހުންނާއި ބައްދަލުކުރާ ހުށީމު އެވެ. އަޅަމެނަށާއި ތިޔަބައިމީހުނަށް ﷲ ހަޒުރަތުން ރައްކާތެރިކަމަށް އަޅު އެދި ދަންނަވަމެވެ." ދެ ޤީރާތުގެ ސަވާބަށް އުއްމީދުކޮށްގެން ޖަނާޒާއަށް ދިޔަ ބަޔަކުނަމަ މި މަންޒަރު ފެންނާން ވާނެ އެވެ.

އެކަމަކު އެ އަޑެއް ނީވެ އެވެ. އަހަރެންނަށް އިވުނީ ހީނސަމާސާ ކުރާ އަޑެވެ. ކޮންމެ ދެމީހަކު އެބައެއްގެ އަމިއްލަ ވާހަކައިގައި ތިއްބެވެ. އަހަރެންގެ ސަންދޯއް އުފުލަން ތިބި މީހުން ފިޔަވަ އެވެ. އެމީހުންނަށް އަނގައިން ނުބުނެވި ތިބީ ކޮނޑުގައި އުފުލަންޖެހިފައި އޮތް ބުރައިގެ ސަބަބުންނެވެ. ގަބުރުސްތާނަށް ވަދެވުނުއިރު އަހަރެންނަށް ހާއްސަ ކުރެވުނު ގޮވަތި ކޮނެ، ވަޅުލުމުގެ ހުރިހާ ތައްޔާރީއެއް ހުރީ ނިމިފަ އެވެ. މިހާރު އަހަރެންވެސް މިއޮތީ ވަޅުލައި މި އިޖުތިމާއީ ބައްދަލުވުން ނިމުން ލަސްވެފަ އެވެ. ވަޅަށް ތިރިކޮށް ނިމުމާއެކު ކޮންމެ މީހަކުމެ ދޮންވެލި މުށެއް ނަގައި ތިން ފަހަރު މަގޭ ކަށްވަޅަށް، މަގޭ މޫނަށް އުކާލި އެވެ. މިއީ ކުރާ ފަހުގެ ސަލާންކަން ހީވެ، ދެތިން މީހަކު ތުންތެޅުވިތަން ދެކުނީމެވެ.

ވަޅުލައި ނިމި، ތަލަކުން ފެންޖަހައި ނިމި ދުއާއަށް އެންމެން އަތް އުފުލި އެވެ. އެ ވަގުތަށް ސަމާސާ ހުއްޓާލައި އެންމެން ހިމޭންވިތަން ދެކުނީމެވެ. ދުއާގައި ކީ ކީކޭ ކަމެއް، އެއްޗެއް ކީ ކަމެއްވެސް ނޭނގެ އެވެ. އެތަނުގައި ތިބި އެންމެން اَللَّهُمَّ اغْفِرْلَهُ اللَّهُمَّ ثَبِّتْهُ" "އޭ ﷲ އެވެ. އޭނާއަށް ފާފަފުއްސަވާންދޭވެ. އަދި އޭނާއަށް ސާބިތުކަން ދެއްވާންދޭވެ." ކިޔާނެކަމެއް ނުވަތަ ކިޔަން އެނގޭނޭ ކަމެއްވެސް ނޭނގެ އެވެ. ދުއާއަށް އަތް އުފުލި ވަގުތުކޮޅަށްފަހު އަނެއްކާވެސް ސަމާސާއަށް ފެށުނެވެ. ދުން ނުއަރުވައި ގިނަ ވަގުތުތަކެއްވެ، ސިކުވެފައި ތިބި މަގޭ އެކުވެރިން އަވަސްވެގަތީ ބޭރަށް ނުކުމެ ދުންއަރުވާށެވެ. އުފާވެރި ހިނި މޫނުތަކާއެކު އެންމެން އެކަކު އަނެކަކާ ސަލާންކުރަމުން، ހީނސަމާސަ ކުރަމުން ގަބުރުސްތާނުން ނުކުމެގެން ދިޔަ މަންޒަރު ދެކޭން އަހަރެން ހިނިތުންވެފައި ހުރީމެވެ.

އިސްލާމީ އަދަބުތަކުގައި، ޖަނާޒާއަކީ މުސްލިމަކަށް އަދާކުރެވޭ ފަހުގެ އިހުތިރާމެވެ. އެއީ ސަމާސަ ކަމެއް ނޫނެވެ. އުފާވެރި އިޖުތިމާއީ ބައްދަލުވުމެއްވެސް ނޫނެވެ. ލޭންދޭނާއި ވިޔަފާރީގެ ހިސާބު ކިތާބާއި ސިޔާސީ މަސްހަރުގެ ހާލަތާއި ދުވަހުގެ މަސައްކަތްތަކުގެ ހުލާސާއަށް ބޭއްވޭ ބައްދަލުވުމެއް ނޫނެވެ. އެ ތަނުގައި އޮތީ މަރު ހަނދާން ކުރުމެވެ. މައްޔިތާއަށް ހެޔޮދުއާ ކުރުމެވެ. މައްޔިތާގެ އާއިލާއަށް ތައުޒިޔާކިޔައި ހިތްވަރު ދިނުމެވެ. ޖަނާޒާގައި ބައިވެރިވުން ކިފާޔަތުގެ ފަރުޟަކަށް ވެފައި އޮތީވެސް ޖަނާޒާގެ ހުރުމަތް ދަންނަ މީހުން އެކަނި އެކަން ކުޅައުމަށް ބާރު އެޅުމަށެވެ. ޖަނާޒާގައި ބައިވެރިވުމަކީ ކޮންމެ މީހަކަށް ލާޒިމުކަމެއް ނޫނެވެ. މުސްލިމުން ފާހަގަކުރާ އުފާވެރި އިހުތިފާލުތަކާއި، އިޖުތިމާއީ ބައްދަލުވުންތަކާއި، ޖަނާޒާގެ ތަފާތު ވަކިނުވާ މީހުން ޖަނާޒާތަކުގައި ބައިވެރިވުމެއް ނެތެވެ.

އެހެނަސް، އަހަރެންގެ ޖަނާޒާއަށް އައި މީހުންގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި، އެމީހުން ނެގި މަޖަލާއި، ޖެހި ސަކަރާތާމެދު ހިތުގައި ބުރަކަމެއް ނެތެވެ. އަހަރެންގެ އެންމެ ފަހު ވަގުތުވެސް މަދުނޫން އަދަދެއްގެ ބަޔަކަށް އުފާވެރި މާހައުލެއް ފަހިކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުން އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox