ބާސެލޯނާ އެއްވަރު، އެތުލެޓިކޯގެ ރެކޯޑް ނިމުމަކަށް

Jan 19, 2025, 5:47 AM
ބާސެލޯނާ އެއްވަރު، އެތުލެޓިކޯގެ ރެކޯޑް ނިމުމަކަށް

ބާސެލޯނާ (ޖެނުއަރީ 19) - ސްޕެނިޝް ލީގުގައި ރޭ ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ 1-1 އިން އެއްވަރުވިއިރު، ލެގަނޭސް އަތުން 1-0 އިން ބަލިވެ، އެތުލެޓިކޯ މެޑްރިޑުން މޮޅުވެގެން ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.

ރޭގެ މެޗާ ހަމައަށް އެތުލެޓިކޯ އިން ވަނީ އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް މޮޅުވެފަ އެވެ. މިއީ، އެ ކްލަބްގެ ތާރީހުގަައި ވެސް ހާއްސަ ރެކޯޑެކެވެ. އެކަމަކު، ލެގަނޭސް އިން ވަނީ އެ ރެކޯޑް ނިމުމަމަކަށް ގެނެސްފަ އެވެ. ލީގުގެ އެއް ވަނައިގައި އެތުލެޓިކޯ އޮތީ 20 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 19 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 20 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ.

ރަށުންބޭރުގައި ކުޅުނު ބާސެލޯނާ އިން މެޗުގެ ކުރީކޮޅުގައި ޖޫލްސް ކޫންޑޭގެ ގޯލުން ލީޑުނެގިއިރު، ގެޓަފޭ އަށް އެއްވަރުކޮށްދިން ގޯލު ފުރަތަމަ ހާފުގައި ޖަހައިދިނީ، މައުރޯ އަރަމްބަރީ އެވެ.

މި މެޗުގައި ބާސެލޯނާގެ ފުލްބެކް، އަލެހަންޑްރޯ ބާލްޑޭއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް ކުރިމަތިވިއިރު، ބާސެލޯނާ އިން ވަނީ އެކަން ރަސްމީކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފަ އެެވެ. ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކަން ފާހަގަކޮށްފަ އެވެ.

ލެގަނޭސްގެ މަޓާއިޖާ ނަސްޓާސްޓިޗްގެ ގޯލުން އެ ޓީމު މޮޅުވި މި މެޗުގައި އެއްވަރުކުރަން އެތުލެޓިކޯގެ އަންޓުއާން ގްރީޒްމަން އަށް ލިބުނު ޕެނަލްޓީން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ކުރިން ވެސް ގްރީޒްމަންގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox