މިފްކޯއިން 140 ގުރާމުގެ ކުޑަ މަސްދަޅެއް ބާޒާރަށް ނެރެފި

މިފްކޯގެ މަސްދަޅެއް: އެ ކުންފުނިން ވަނީ 140 ގްރާމުގެ މަސްދަޅު ބާޒާރަށް ނެރެފައި

މިފްކޯގެ މަސްދަޅެއް: އެ ކުންފުނިން ވަނީ 140 ގްރާމުގެ މަސްދަޅު ބާޒާރަށް ނެރެފައި

މިފްކޯއިން 140 ގްރާމުގެ ކުޑަ މަސްދަޅެއް ބާޒާރަށް ނެރެފި އެވެ.

މިފްކޯއިން މިހާތަނަށް އެންމެ ކުޑަ ބަރުދަނެއްގައި ވިއްކަމުންދިޔައީ 180 ގްރާމުގެ މަސްދަޅެވެ. މިގޮތުން އަލަށް ބާޒާރަށް ނެރެފައި ވަނީ 40 ގްރާމު އުނިކޮށް 140 ގްރާމުގެ މަސްދަޅެވެ.

މިފްކޯއިން ބުނީ 140 ގްރާމުގެ މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަމާޒުކޮށް އެއްފަހަރު ބޭނުން ކުރެވޭ އެއްޗެއް ގޮތުގައި ކަމަށެވެ.

"140 ގްރާމު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ،" މިފްކޯއިން ބުންޏެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމު އުނި ނުވާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފަ އެވެ.

މިފްކޯއިން މަސްދަޅު ވިއްކަމުންދާ އަގުތައް:

  • 140 ގްރާމުގެ މަސްދަޅެއް: 15ރ.
  • 140 ގްރާމުގެ 48 ދަޅުގެ މަސްދަޅު ކޭހެއް: 700ރ.
  • 180 ގްރާމުގެ މަސްދަޅެއް: 17.50ރ.
  • 180 ގްރާމުގެ 48 ދަޅުގެ މަސްދަޅު ކޭހެއް: 760ރ.

އަލަށް ބާޒާރަށް ނެރުނު 140 ގްރާމުގެ ތެޔޮ 48 މަސްދަޅުގެ ކޭސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް މިހާރު ގަންނަން ލިބޭނެ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން މިހާރު ވިއްކަމުންދަނީ 140 ގްރާމުގެ މަސްދަޅާއި 180 ގްރާމުގެ މަސްދަޅު އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox