ގޯލްޑަން ފުޓްސަލް ޗެލެންޖް: ދުވާފަރު އާއި މަޑުއްވަރި އަތޮޅު ސެމީ އަށް

ދުވާފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ދުވާފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ރ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަތައް ދުވާފަރު އާއި މަޑުއްވަރި ހޯދައިފި އެވެ.

މި މުބާރާތުގެ ރ. އަތޮޅުގެ ގްރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައި ދުވާފަރުން ސެމީ ފައިނަލުގެ ޖާގަ ހޯދީ މީދޫ 7-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ދުވާފަރަށް ލީޑު ނަގައިދިނީ އަބްދުالله ލޫތް އިބްރާހީމް ޖެހި ގޯލުންނެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން މީދޫގެ އަހުމަދު ނާއިމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން ދުވާފަރުން ވަނީ ކައިރިކައިރީގައި ގޯލުތައް ޖަހާ މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. އެގޮތުން ދުވާފަރުގެ ހަސަން އަޒޫމް ދެ ގޯލު ޖެހިއިރު, އިސްމާއިލް އަހުމަދު, މުހައްމަދު ޖުމާން އަހުމަދު, މުސްލިމް މުހައްމަދު, މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހާފަ އެވެ. ދުވާފަރުގެ އަނެއް ގޯލަކީ މީދޫގެ ކެޕްޓަން މުހައްމަދު އަނާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެ ވަނަ ޓީމުގެ ގޮތުގައި މަޑުއްވަރިން ސެމީ ފައިނަލުގެ ޖާގަ ހޯދީ ރަސްގެތީމުއާ ބައްދަލުކޮށް 0-0 ގެ ނަތީޖާ އަކުން މެޗު އެއްވަރުކޮށްގެންނެވެ.

މި ނަތީޖާއާއެކު މި ގްރޫޕްގެ އެއްވަނަ ހޯދި އަލިފުށި އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ މަޑުއްވަރި އަށް ދެ މެޗުން ލިބުނީ އެއް ޕޮއިންޓް އެވެ. އެހެންވެ މަޑުއްވަރިން ސެމީގައި ބައްދަލުކުރަން ޖެހޭނީ ރ. އަތޮޅުގެ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމު އިނގުރައިދޫއާ އެވެ. ސެމީގައި ދުވާފަރުން ނުކުންނަން ޖެހޭނީ އަލިފުށިއާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ކ. ދިއްފުށި - ކ. މާފުށި

16:00: ކ. ހިންމަފުށި - ކ. ގާފަރު

17:00: ކ. ގުޅި - ކ. ގުރައިދޫ

17:00: ކ. ތުލުސްދޫ - ކ. ކާށިދޫ

----------------------------------------

20:00: އއ. ސެމީ ފައިނަލް: އއ. ރަސްދޫ - އއ. މަތިވެރި

20:00: އއ. ސެމީ ފައިނަލް: އއ. ބޮޑުފޮޅުދޫ - އއ. ތޮއްޑޫ

21:00: އދ. ހަންޏާމީދޫ - އދ. ކުނބުރުދޫ

21:00: އދ. މަހިބަދޫ - އދ. އޮމަަދޫ

22:00: ޅ. ހިންނަވަރު - ޅ. ނައިފަރު

22:00: ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި

23:00: ވ. ފުލިދޫ - ވ. ކެޔޮދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox