އެއާކޮންޑިޝަން އަދި ފަރުނީޗާ ސޮލިއުޝަންސް އަށް ހާއްސަ ހޯމް އިމްޕްރޫވްމަންޓް ސްޓޯރެއް ކަމަށްވާ ކޮސްމޯ ބައި އެކްސްކޯ އިން ރާއްޖެއަށް ޗިކް ބްރޭންޑުގެ އޭސީ ތައާރަފް ކޮށްފި އެވެ.
ޗިކްގެ އެއާކޮންޑިޝަންތަކަކީ އޭގެ ޒަމާނީ ފީޗާސްތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް މަގުބޫލު ބްރޭންޑެކެވެ.
ޗިކް އޭސީގެ ޒަމާނީ ފީޗާސްތައް:
- ހަކަތަ ރައްކާތެރިކުރުން: ކަރަންޓް ބޭނުންކުރުން މަދުކުރުމަށް ފަރުމާކޮށްފައިވާ މި ޔުނިޓްތަކަކީ އީކޯ ފްރެންޑްލީ އަދި ހަރަދު ކުޑަ ޔުނިޓްތަކެއް.
- އަޑުމަޑު އޮޕަރޭޝަން: އެންމެ އަޑު މަޑުކުރުމަށް އިންޖިނިއަރިން ކޮށްފައިވާ މި އޭސީ ތަކުން އަބަދުވެސް އަމާން މާހައުލެއް ކަށަވަރު ކޮށްދޭ.
- ފާސްޓް ކޫލިން: ފިނިކުރުމުގެ ކެޕޭސިޓީ މަތިވުމާއި ވަރުގަދަ އިންޖީނެއް ލިބިފައިވާ ޗިކް އެއާ ކޮންޑިޝަންތަކުން އެއްގޮތަކަށް ވެސް ފިނި ދަށް ވިޔަ ނުދީ އަރާމު މާހައުލެއް ހިފަހައްޓައިދޭ.
ކޮސްމޯއިން ބުނީ ޗިކް ބްރޭންޑްގެ އޭސީ ތައާރަފްކޮށްގެން އެ ފިހާރައިގެ އަމާޒަކީ އިނޮވޭޝަން، އެފިޝަންސީ، އަދި ކޮމްފޯޓް އެއްކޮށްލާފައިވާ މޮޅު ފިނިކުރުމުގެ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ހޯމް އިމްޕްރޫވްމަންޓް މާކެޓް ފުޅާވަމުންދާއިރު، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދޭ މަތީ ފެންވަރުގެ އުފެއްދުންތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކޮސްމޯއިން ދެ އެެވެ.
ސޯސަން މަގުގައި ހުންނަ ހ. ޝާމް ގޭގެ ގްރައުންޑް ފްލޯގައި ހިންގަމުންދާ ކޮސްމޯ ބައި އެކްސްކޯއިން އޭސީގެ އިތުރުން އެކި ވައްތަރުގެ ފަރުނީޗަރު ވެސް ދަނީ ވިއްކަމުންނެވެ.










