ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫ އާއި ނޭކުރެންދޫ އަތޮޅު ސެމީ އަށް

ނޭކުރެންދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ނޭކުރެންދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅުގެ ސެމީ ފައިނަލުން ނޭކުރެންދޫ އާއި ނައިވާދޫން ދަތުރުކޮށްފި އެވެ.

ގްރޫޕް ސްޓޭޖުގައި، ނައިވާދޫން ކުޅުނު ތިން ވަނަ މެޗުގައި ނެއްލައިދޫ އަތުން މޮޅުވީ 6-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ނައިވާދޫގެ ކެޕްޓަން އަބްދުالله ޝާފިއު (ޝާއްޕެ) އަދި ޔާމީން މުހައްމަދު (ޔާންޓެ) ވަނީ ދެ ގޯލު ޖަހާފަ އެވެ. މީގެ އިތުރުން މުހައްމަދު ޝާއިން އަދި ޔާނިއު މުހައްމަދު ފާއިޒް ވަނީ ގޯލެއް ޖަހާފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، ކުމުންދޫ އިން ނޮޅިވަރަންގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 19 ވަނަ މިނެޓުގައި ކުމުންދޫ އަށް ލީޑު ނަގާދިނީ މުހައްމަދު ޝަރީފް ޖެހި ގޯލުންނެވެ. އަދި ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި ޝަރީފް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ކުމުންދޫގެ ތިންވަނަ ގޯލު ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ކެޕްޓަން ފަހުމާން އަބްދުލް ހަމީދު އެވެ.

މި ނަތީޖާތަކާ އެކު ހދ. އަތޮޅުގެ ގްރޫޕް ދޭއްގެ އެއް ވަނައިގައި ނައިވާދޫ އޮތީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ކުމުންދޫ އަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ވައިކަރަދޫ އަށް ތިން މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ނޮޅިވަރަން އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ނެއްލައިދޫން ހަތަރު މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފަ އެވެ.

ހދ. އަތޮޅު ގްރޫޕް އޭގައި، ރޭ ނޭކުރެންދޫ އިން ވަނީ ނޮޅިވަރަންފަރުގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދައިފަ އެވެ. މި މެޗުގައި ނޭކުރެންދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ރާއިފް ފަޒީލް, މުހައްމަދު އަބާން އިމްރާން އަދި މުހައްމަދު ވިލްފް އެވެ. ނޭކުރެންދޫން ދެން ޖެހި ދެ ގޯލަކީ ނޮޅިވަރަންފަރުގެ ކެޕްޓަން އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި އަކުރަމް އަބްދުލް ރަޝީދު އަތުން ބައިކޮޅަށް ވަން ދެ ގޯލެވެ. ނޮޅިވަރަންފަރުގެ ހަމައެކަނި ގޯލު ޖަހާދިނީ އަކްރަމް އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، މަކުނުދޫ އިން ވަނީ ފިނޭއާ އެއްވަރުކޮށް ސެމީގެ އުންމީދުއާކޮށްފަ އެވެ. މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 11 ވަނަ މިނެޓުގައި ފިނޭގެ އަލީ މިސްބާހް ގޯލު ޖަހާ ލީޑުނެގި އެވެ. އެކަމަކު ދެ ވަނަ ހާފުގެ 32 ވަނަ މިނެޓުގައި ފިނޭގެ ކީޕަރު އަލީ ޝާހިލް ހެދި ގޯހެއްގެ ފައިދާ ނަގާ މަކުނުދޫގެ ހުޝާމް އިބްރާހީމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މި ނަތީޖާތަކާ އެކު ނޭކުރެންދޫ ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މަކުނުދޫ އަށް ތިން މެޗުން ފަސް ޕޮއިންޓް ވަނީ ލިބިފަ އެވެ. ނޮޅިވަރަންފަރަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފިނޭ އަށް ވަނީ ތިން މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ހަނިމާދޫ އަށް ތިން މެޗުން ލިބުނީ އެއް ޕޮއިންޓެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ތ. ތިމަރަފުށި - ތ. ވިލުފުށި

16:00: ތ. ދިޔަމިގިލި - ތ. އޮމަދޫ

17:00: ތ. ހިރިލަންދޫ - ތ. ކަނޑޫދޫ

17:00: ތ. ގާދިއްފުށި - ތ. ވޭމަންޑޫ

----------------------------------------

20:00: ގއ. ދާންދޫ - ގއ. ގެމަނަފުށި

20:00: ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ

21:00: ގއ. ކޮލަމާފުށި - ގއ. ވިލިނގިލި

21:00: ގއ. ދެއްވަދޫ - ގއ. މާމެންދޫ

22:00: ރ. މަޑުއްވަރީ - ރ. ރަސްގެތީމު

22:00: ރ. ދުވާފަރު - ރ. މީދޫ

23:00: ލ. ގަން - ލ. މާބައިދޫ

23:00: ލ. ކަލައިދޫ - ލ. އިސްދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox