ގޯލްޑަން ފުޓްސަލް ޗެލެންޖް: ޗެމްޕިއަން އޭދަފުށްޓާއި މާއެނބޫދޫން އަތޮޅު ބުރު ފެށީ މޮޅަކުން

Jan 17, 2025, 2:50 PM
އޭދަފުށީ ޓީމުގެ ހުސެއިން ޝަރީފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

އޭދަފުށީ ޓީމުގެ ހުސެއިން ޝަރީފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ކުޅުނު މެޗުތަކުން، އެންމެ ފަހުގެ ޗެމްޕިއަން، ބ. އޭދަފުށްޓާއި ދ. މާއެނބޫދޫން ވަނީ މޮޅަކުން އަތޮޅު ބުރު ފަށައިފި އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅާއި ދ. އަތޮޅުން ކުރެ ކޮންމެ އަތޮޅެއްގައި ވެސް ބައިވެރިވީ ތިން ރަށަކުންނެވެ. އެ ގޮތުން، ބ. އަތޮޅުން ވާދަކުރަނީ އޭދަފުށްޓާއި ތުޅާދޫގެ އިތުރުން ފެހެންދޫ އެވެ. އަދި ދ. އަތޮޅުން ފެނިގެންދާނީ، މާއެނބޫދޫ އާއި ބަނޑިދޫގެ އިތުރުން ކުޑަހުވަދޫ އެވެ.

އޭދަފުށިން 1-0 އިން ތުޅާދޫ ބަލިކުރިއިރު، ބަނޑިދޫ އަތުން މާއެނބޫދޫ މޮޅުވީ 12-0 އިންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުށީ ޓީމަށް ހަަމައެކަނި ލަނޑު ޖަހައިދިނީ ފުރަތަަމަ ހާފުގައި ހުސެއިން ޝަރީފް (މުޑާ) އެވެ. ރީބައުންސަކުން ލިބުނު ފުރުސަތެއްގައި ހުސެއިން ޝަރީފް ޖެހި ބޯޅަ ގޯލަށް އަމާޒުވީ ކުރިމަތީގައި ތިބި ކުޅުންތެރިންގެ ތެރެއިން ލާފައި ގޮހެވެ. މި މެޗުގައި ތުޅާދޫން ނަތީޖާ ހަމަހަމަ ކުރެވޭތޯ ފޮނުވާލި ބޯޅަތައް އޭދަފުށީގެ ކީޕަރު ނާސިހު ވަނީ މަތަކޮށްފަ އެވެ.

އޭދަފުށިން މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ފައިނަލުގައި ތުޅާދޫ އަތުން މޮޅުވީ 5-2 އިންނެވެ.

ބަނޑިދޫ އަތުން މާއެނބޫދޫ މޮޅުވި މެޗުގައި، އެ ޓީމުގެ އަލީ ޝާމިއު (މައިތޯ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ދެން އެ ޓީމުން ލަނޑުތައް ޖެހީ، އާމިލް އަލީ އާއި އަލީ ޝައިބާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، މުހައްމަަދު ޝާހު، އަހުމަދު އީމާން، އަހުމަދު ޝައިހާން، މުހައްމަދު ނަޔާޒް އަދި މުހައްމަދު ސާއިން ސަލީމް، ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ.

މިިދިޔަ އަހަރުގެ ދ. އަތޮޅުގެ ފައިނަލުގައި ކުޑަހުވަދޫން ވަނީ މާއެނބޫދޫ އަތުން 6-2 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox