މާމޫޝް ގަންނަން ސިޓީން އެއްބަސްވުމަކަށް

Jan 17, 2025, 6:06 AM
މާމޫޝް ގަންނަން ސިޓީން އެއްބަސްވުމަކަށް

މެންޗެސްޓާ (ޖެނުއަރީ 17) - މި ވަގުުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް އެޓޭކަރު، ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓްގެ މިސްރު ފޯވާޑް، އޮމަރު މާމޫޝް ގަންނަން މެންޗެސްޓާ ސިޓީން އެއްބަސްވުމަކަށް އަތުވެެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިސްރު ގައުމީ ޓީމަށް ކުޅޭ މާމޫޝް، 25، މީގެ ދެ އަހަރު ކުރިން ހިލޭ ޓްރާންސްފާއެއްގައި ފްރޭންކްފާޓަށް ބަދަލުވެ، މި ސީޒަނުގައި އަންނަނީ ތަފާތު ދައްކަމުންނެވެ. އެ ގޮތުން، މި ސީޒަނުގައި މިހާތަނަށް ޖަރުމަނު ލީގުގައި ވަނީ 15 ގޯލު ޖަހައިފަ އެވެ.

ޕްރިމިއާ ލީގުގެ ގިނަަ ޓީމުތަކަކުން ވާހަކަ ދެއްކި މާމޫޝް ސިޓީ އަށް ބަދަލުވަނީ، 30 މިލިއަން ޑޮލަރުގެ ފީ އަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން، ލެންސަށް ކުޅޭ އުޒްބެކިސްތާންގެ ޑިފެންޑަރު، އަބްދުކޮދީރު ހުސާނޯވް އާއި ޕަލްމެއިރާސް އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު، ވިޓޯ ރެއިސް ވެސް ސިޓީއާ މި މަހުގެ ޓްރާންސްފާގައި ގުޅޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސިޓީން ދެން ވާހަކަ ދައްކަމުން އަންނަނީ ޔުވެންޓަސްގެ ވާތު ބެކް، އަންޑްރެއާ ކަމްބިއާސޯ އަށެވެ. ސިޓީގެ ކެޕްޓަނެއް ކަމަށްވާ ކައިލް ވޯކާ ވަނީ އެ ކްލަބް ދޫކޮށްލަން ބޭނުންވާކަން އަންގައިފަ އެވެ. ވޯކާ ހޯދަން އިޓަލީގެ އޭސީ މިލާނުން މަސައްކަތްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox