ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދޫ އާއި މަޑަވެލި އަތޮޅު ސެމީ އަށް

އިއްޔެގެ މެޗުގައި މަޑަވެލި ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

އިއްޔެގެ މެޗުގައި މަޑަވެލި ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގދ. އަތޮޅުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ފަހު، އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ވާދޫ އާއި މަޑަވެލިން އަތޮޅު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިއްޔެ ހަވީރު ގްރޫޕް ދޭއްގައި ވާދޫ އިން ނުކުތީ ގައްދޫއާ ދެކޮޅަށެވެ. މި މެޗުގެ 20 ވަނަ މިނެޓުގައި ގައްދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އަކްމަލް ނިޒާމް އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގާ ވާދޫގެ މުހައްމަދު ނާއިލް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ނާއިލް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މި ނަތީޖާއާއެކު, ވާދޫ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ޓީމު ހިމެނޭ ގްރޫޕުން ވާދޫ އަށް ހަތަރު ޕޮއިންޓާ އެކު، އަތޮޅު ސެމީ ފައިނަލުގެ ފުރުސަތު ލިބިފައިވާއިރު، އެ ޓީމަށް ގްރޫޕްގެ އެއް ވަނަ ލިބޭނެތޯ ޔަގީންވާނީ، ފިޔޯރީ އާއި ގައްދޫ ކުޅޭ މެޗުގެ ނަތީޖާއިންނެވެ.

މި އަތޮޅުގެ ގްރޫޕް އެކެއްގެ މަޑަވެލިން ފަރެސްމާތޮޑާ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 17 ވަނަ މިނެޓުގައި މަޑަވެލީގެ މުހައްމަދު މުއާދް ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ފަރެސްމާތޮޑާގެ އަލީ ޝަހުމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އިބްރާހީމް ނަޒީމް ޖެހި ގޯލުން ފަރެސްމާތޮޑާ އިން ލީޑުނެގި އެވެ. އެކަމަކު މުއާދް ވަނީ އިތުރު ދެ ގޯލު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް މަޑަވެލި މެޗުން މޮޅުކޮށްދީފަ އެވެ.

ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މަަޑަވެލިން އަތޮޅު ސެމީ އަށް ދިޔައީ އެއް ވަނައިގެ ގޮތުގަ އެވެ. ސެމީގެ އަނެއް ޖާގަ ކަނޑައެޅޭނީ ތިނަދޫ އާއި ފަރެސްމާތޮޑާ ކުޅޭ މެޗުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ބ. އޭދަފުށި - ބ. ތުޅާދޫ

17:00: ދ. ބަނޑިދޫ - ދ. މާއެނބޫދޫ

----------------------------------------

20:00: ހއ. ކެލާ - ހއ. ހޯރަފުށި

20:00: ހއ. ފިއްލަދޫ - ހއ. ބާރަށް

21:00: ހއ. އުތީމު - މުރައިދޫ

21:00: ހއ. އިހަވަންދޫ - ހއ. ދިއްދޫ

22:00: ހދ. ނޭކުރެންދޫ - ހދ. ނޮޅިވަރަންފަރު

22:00: ހދ. ފިނޭ - ހދ. މަކުނުދޫ

23:00: ހދ. ނައިވާދޫ - ހދ. ނެއްލައިދޫ

23:00: ހދ. ނޮޅިވަރަން - ހދ. ކުމުންދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox