ލިވަޕޫލް، ޗެލްސީ އަދި ސިޓީ ވެސް އެއްވަރު

Jan 15, 2025, 7:09 AM
ލިވަޕޫލް، ޗެލްސީ އަދި ސިޓީ ވެސް އެއްވަރު

ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ވެސް މޮޅެއް ނުލިބި އެއްވަރުވެއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ރަށުންބޭރުގައި ލީގުގެ ތިން ވަނައިގައި އޭރު އޮތް ނޮޓިންހަމް ފޮރެސްޓާ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ބްރެންޓްފޯޑް ދަނޑުގައި ސިޓީން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ބޯންމައުތުން ވަނީ ޗެލްސީ ދަނޑުގައި ކުޅެ، 2-2 އިން އެއްވަރުވެފަ އެެވެ.

ލީގުގެ އެއް ވަަނައިގައި އޮތް ލިވަޕޫލަށް ވަނީ 20 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ފޮރެސްޓަށް 21 މެޗުން 41 ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި އޮތް އާސެނަލަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް ވަނީ 21 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. އަދި ފަސް ވަނައިގައި އޮތް ނިއުކާސަލް އާއި ހަ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައި އޮތީ 35 ޕޮއިންޓެވެ. ސިޓީން 21 މެޗު ކުޅުނުއިރު، ނިއުކާސަލް އިން ކުޅެފައިވަނީ 20 މެޗެވެ.

Advertisement

ކްރިސް ވުޑްގެ ގޯލުން ފޮރެސްޓުން ލީޑުނެގި މެޗުގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ގޮތަށް ފުރަތަމަ ބޯޅައިން ޑިއޯގޯ ޖޮޓާ ޖެހި ގޯލުންނެވެ. މެޗުން މޮޅުވާން ޖޮޓާ އާއި މުހައްމަދު ސަލާހު ފޮނުވާލި ހަމަލާތައް ފޮރެސްޓްގެ ކީޕަރު، މެޓްޒް ސެލްސް ވަނީ މަތަކޮށްފަ އެވެ.

ފިލް ފޯޑެންގެ ދެ ގޯލުން ސިޓީން ލީޑުނަގާފައިވަނިކޮށް، ފަހު އަށް މިނިޓް ތެރޭ ބްރެންޓްފޯޑުން އެއްވަރުކުރީ ޖޮއާން ވިއްސާ އާއި ކްރިސްޓިއަން ނޯގާޑް ޖެހި ގޯލުތަކުންނެވެ.

ޗެލްސީ ދަނޑުގައި އެ ޓީމުން ކޯލް ޕާމާގެ ގޯލުން ލީޑުނެގި ފަހުން، ބޯންމައުތުން ނަތީޖާ އަނބުރާލީ ޖަސްޓިން ކްލައިވަޓް އާއި އެންޓޮއިން ސެމެންޔޯ ޖެހި ގޯލުތަކުންނެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި، ރީސް ޖޭމްސް ކާމިޔާބުކުރި ހިލޭޖެހުމުން ޗެލްސީ ބަލިނުވެ ސަލާމަތްވީ އެވެ.

ގްރަހަމް ޕޮޓާ ކޯޗުކޮށްދިން ފުރަތަމަ މެޗުގައި، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ 3-2 އިން ފުލަމް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox