ގޯލްޑަން ފުޓްސަލް ޗެލެންޖް: ހިރިލަންދޫ އަތޮޅު ސެމީ އަށް، ތިމަރަފުށްޓަށް ދެ ވަނަ މޮޅު

ތިމަރަފުށީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ތިމަރަފުށީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ތ. އަތޮޅު ގްރޫޕް ސްޓޭޖުގައި ހިރިލަންދޫ އިން ކުޅުނު ތިން ވަނަ މެޗު ވެސް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދިއިރު, ތިމަރަފުށިން ކުޅުނު ދެ ވަަނަ މެޗު ވަނީ ކާމިޔާބުކޮށްފައި.

މި މުބާރާތުގައި ރޭ ކުޅުނު ތ. އަތޮޅުގެ ގްރޫޕް ދޭއްގައި ހިރިލަންދޫ އިން ނުކުތީ ބުރުނިއާ ދެކޮޅަށެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ހިރިލަންދޫގެ މުހައްމަދު ނިޝާހް ދެ ގޯލު ޖެހިއިރު, ކެޕްޓަން މުހައްމަދު ޝާން, އަބްދުالله އިޝާން, ރީހާން މޫސާ, މުހައްމަދު ޝަމްހާން އަދި މުހައްމަދު މުނީފް މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހާފަ އެވެ. މި މެޗުގައި ބުރުނިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އުސްމާން ޝާން އެވެ.

ހިރިލަންދޫގެ މުފީދު ރޭގެ މެޗުގެ ތެރެއިން ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

މި ގްރޫޕްގައި ގާދިއްފުށިން ކަނޑޫދޫގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކަނޑޫދޫގެ ހުސެއިން ސަނީ ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ގާދިއްފުށީގެ ކެޕްޓަން ހުސެއިން ޒާހިރު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޒާހިރު ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ނަގާދީފަ އެވެ. އަދި އޭގެ ދެމިނެޓު ފަހުން އަހުމަދު އުނައިސް ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ކަނޑޫދޫގެ މުހައްމަދު މާއިސް އަދި ނާހިޒް އަލީ ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުން ގާދިއްފުށި މޮޅުކޮށްދިން ގޯލު ޖަހާދިނީ މުހައްމަދު އައިހަމް އެވެ.

ގްރޫޕް ދޭއްގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ހިރިލަންދޫ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ބުރުންޏަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ގާދިށްފުށްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ވޭމަންޑޫ އާއި ކަނޑޫދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި އަތޮޅުގެ ގްރޫޕް އެކެއްގައި އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ވަނީ ދިޔަމިގިލީގެ މައްޗަށް 9-1 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ. މި މެޗުގައި ތިމަރަފުށީގެ އަހުމަދު އަފްލާޒް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އިބްރާހީމް ހަމްދާން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަދި ކެޕްޓަން އިބްރާހީމް އަސްވަދު (ގަބޭ), އާދަމް ނާސިހް އަދި އިސްމާއިލް މުނީޒް ވަނީ ގޯލެއް ޖަހާފަ އެވެ.

މި މެޗުގައި ދިޔަމިނގިލިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މައިސަމް މުހައްމަދެވެ.

މި ގްރޫޕްގައި ކިނބިދޫ އިން ވިލިފުށި ބަލިކުރީ 3-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ 14 ވަނަ މިނެޓުގައި ކިނބިދޫ އަށް ލީޑު ނަގާދިނީ ކެޕްޓަން އަހުމަދު ހަމްދާން ހުސެއިން ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އިބްރާހީމް އިމްރާހް ވަނީ ކިނބިދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. ކިނބިދޫގެ ތިންވަނަ ގޯލު އެޓީމަށް ޖަހާދިނީ މުހައްމަދު ޝާފިއު އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވާ ތިމަރަފުށްޓެވެ. ދެ ވަަނައިގައި އޮތް ވިލުފުށްޓަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކިނބިދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެެވެ. ހަތަރެއްގައި އޮތް އޮމަދޫ އަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ދިޔަމިގިއްޔަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް

20:00: ށ. ކަނޑިތީމު - ށ. މިލަންދޫ

20:00: ށ. މަރޮށި - ށ. ފޭދޫ

21:00: ށ. ނަރުދޫ - ށ. ގޮއިދޫ

21:00: ށ. ބިލެއްފަހި - ށ. ޅައިމަގު

22:00: އއ. ތޮއްޑޫ - އއ. އުކުޅަސް

22:00: އއ. ހިމަންދޫ - އއ. މަތިވެރި

23:00: އއ. ރަސްދޫ - އއ. ބޮޑުފޮޅުދޫ

23:00: އއ. ފެރިދޫ - އއ. މާޅޮސް

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox