ކުންފުނި ނަން މަތީ ސައިކަލު ދޫނުކުރެވޭތީ އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ޝީޝާއިން މެދުކަނޑާލައިފި

ޝީޝާގެ ޝޯ ރޫމެއްގައި ސައިކަލުތަކެއް ބަހައްޓާފައި: އެ ކުންފުނިން  އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައި -- ފޮޓޯ؛ ޝީޝާ

ޝީޝާގެ ޝޯ ރޫމެއްގައި ސައިކަލުތަކެއް ބަހައްޓާފައި: އެ ކުންފުނިން އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލައިފައި -- ފޮޓޯ؛ ޝީޝާ

ކުންފުނި ނަންމަތީ ސައިކަލު ދޫނުކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމުމުން، ރާއްޖޭގައި އިންސްޓޯލްމަންޓަށް ސައިކަލު އެންމެ ގިނައިން ދޫކުރަމުންދާ ޝީޝާއިން ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެ މިނިސްޓްރީން ވަނީ ސައިކަލު އެތެރެ ކުރާ ކުންފުނިތައް ހިމެނޭ ގޮތަށް ހުރިހާ ކުންފުންޏަކުން ވެސް ސައިކަލު ރަޖިސްޓްރީ ކުރެވޭނީ އެ ކުންފުންޏަކަށް ބޭނުންވާ އަދަދަށް ކަމަށް ކަނޑައަޅައި ގަވާއިދު ބަދަލުކޮށްފަ އެވެ. އެ ގަވާއިދަށް އަމަލު ކުރަން ފެށި ޑިސެމްބަރު މަހެވެ.

އެ ބަދަލާ ގުޅިގެން މީގެ ފަހުން "ސީ" ބޯޑުގައި ސައިކަލުތައް ދޫކުރަމުން އައި އައުން ނިމުމަކަށް އައިސް، ސައިކަލު ދެން ދޫކުރެވޭނީ "ޕީ" ބޯޑުގައި އެކަންޏެވެ.

ޝީޝާގެ އިސް އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ކުންފުނިތަކަށް ކުރީބައިގައި އެންގުމެއް ނެތި ކުއްލި ގޮތަކަށް ކުންފުނިތައް ނަން މަތީގައި ސައިކަލު ދޫނުކުރެވޭނެ ކަމަށް ނިންމުމުން، ކުންފުނީގެ ޕޮލިސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް ޕޮލިސީއަށް ބަދަލުތައް ގެނެސް ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، ކުރިއަށް އޮތް ދުވަސްތަކުގައި އަލުން އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"ވަރަށް ފަހުން ވެހިކަލް ރަޖިސްޓްރޭޝަންގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ކުންފުނީގެ ނަން މައްޗަށް ސައިކަލު ވިއްކުމަށް ނޫނީ ހަޔާ ޕާޗޭސްއަށް ދޫކުރުމަށް ކުންފުނީގެ ނަން މައްޗަށް ރަޖިސްޓާ ނުކުރެވޭ. އެކަމާ ގުޅިގެން އަޅުގަނޑުމެން ވެސް ކުއްލިއަކަށް އެ އައި ބަދަލެއް. އަޅުގަނޑުމެންނާ މަޝްވަރާ ކޮށްފައި ގެނައި ބަދަލެއް ނޫން. އެހެންވީމަ ކުންފުނީގެ ޕޮލިސީތަކާއި ލީގަލީ ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ. އެކަމާ ގުޅިގެން ވަގުތީ ގޮތުން އެ ބަދަލުތައް ގެނެވެންދެން ހުއްޓާލީ،" އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "އަދަދު" އަށް ވިދާޅުވީ އެ ނިންމުން މިނިސްޓްރީން ނިންމަން ޖެހުނީ އިންސްޓޯލްމަންޓަށް ކުންފުނިތަކުގެ ނަންމަތީގައި ސައިކަލު ދޫކޮށްގެން، އެ ސައިކަލެއް ދުއްވަނިކޮށް އެކްސިޑެންޓެއް ދިމާވެގެން ނުވަތަ ވައްކަމެއް ކޮށްގެން ވިޔަސް، ސައިކަލު ދުއްވި މީހާ އެކަމަށް ޒިންމާ ކުރުވަން ހުރަސްތަކެއް ދިމާވާތީ ކަމަށެވެ.

މިގޮތުން ސައިކަލު ކުންފުނިތައް ނަން މަތީގައި ދޫކުރަމުން އައި އުސޫލު ބަދަލުކޮށް، ކުރިއަށް އޮތް ތަނުގައި ދެން ސައިކަލު ދޫކުރެވޭނީ ހަމައެކަނި ކުންފުންޏަށް ބޭނުންވާ ވަރަށް ކަމަށާއި ވިއްކާ ސައިކަލުތައް ރަޖިސްޓްރީ ކުރަން ޖެހޭނީ ސައިކަލު ދުއްވާ މީހާގެ ނަން މައްޗަށް ކަމަށެވެ.

"މިނިސްޓްރީއަށް ލިބޭ ގާނޫނީ ބާރުގެ ދަށުން މި ނިންމީ ކުންފުނިތަކުގެ ނަމުގައި ވެހިކަލް ރަޖިސްޓްރީ ކުރެވޭނީ އެ ކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ އަދަދަކަށް. އެހެންވީމަ މިހާރު ސީ ބޯޑު ޖަހައިގެން ރަޖިސްޓްރީކޮށްގެން ދޭ ދިނުން ނިމުމަކަށް އަންނާނެ."

ޝީޝާއިން ރާއްޖޭގައި އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރަން ފެށިތާ 25 އަހަރުވެފައިވާއިރު، ރާއްޖޭގައި އިންސްޓޯލްމަންޓަށް ދޫކުރާ ސައިކަލުގެ 50 ޕަސަންޓަށްވުރެ ގިނަ ސައިކަލަކީ އެ ކުންފުނިން ދޫކުރާ ސައިކަލެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދު ކުރިން އޮތް ގޮތުން ކުންފުނިތަކުގެ ނަމުގައި ސައިކަލުތައް ދޫކުރަން އެއްވެސް ހުރަހެއް ނޯވެ އެވެ. އެގޮތުން ސައިކަލު ވިއްކާ ކުންފުނިތަކުން ދިޔައީ އިންސްޓޯލްމަންޓަށް ކުންފުނިތަކުގެ ނަންމަތީގައި ސައިކަލުތައް ދޫކުރަމުންނެވެ.

ގަވާއިދަށް ގެނައި ބަދަލާ އެކު ޝީޝާއިން ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލިއިރު، ބައެއް ކުންފުނިތަކުން އަންނަނީ ޕޮލިސީ ބަދަލުކޮށް އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރަމުންނެވެ.

އަދި ބައެއް ކުންފުނިތަކުގެ ޕޮލިސީ އޮންނަ ގޮތުން ކުރިން ވެސް ސައިކަލު އިންސްޓޯލްމަންޓަށްދޫކުރަމުން އަންނަނީ އެ ދޫކުރާ މީހާގެ އަމިއްލަ ނަން މަތީގައި، ނަމަވެސް ސައިކަލުގެ ގެރެންޓާއެއްގެ ގޮތުގައި ސޮއިކުރާ މީހާ ނުދައްކާ ފައިސާއަކަށް ޒިންމާވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox