ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި ނޮޅިވަރަންފަރަށް މޮޅެއް

ނައިވާދޫ ޓީމުގެ ޝާއްޕެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނައިވާދޫ ޓީމުގެ ޝާއްޕެ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން ނައިވާދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި ނޮޅިވަރަންފަރުން މޮޅެއް ހޯދައިފި އެވެ.

ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި ވައިކަރަދޫ އާއި ނެއްލައިދޫ ބައްދަލުކުރި މެޗު ވައިކަރަދޫ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފަސް ވަނަ މިނެޓުގައި ނެއްލައިދޫ އިން ލީޑު ނެގީ އަހުމަދު ރީހާން ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ވައިކަރަދޫގެ އަލީ އަބްދުالله ޖެހި ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. ވައިކަރަދޫ އަށް ލީޑު ނަގައިދިނީ ދެ ވަނަ ހާފުގެ ހަވަނަ މިނެޓުގައި އަހުމަދުالله މުހައްމަދު ޖެހި ގޯލުންނެވެ.

މި ގްރޫޕުގައި ނައިވާދޫ އިން ނޮޅިވަރަންގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ނޮޅިވަރަމުންނެވެ. މެޗުގެ އަށް ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ ޝާފިއު މުހައްމަދު އެވެ. އެކަމަކު، އޭގެ ދެ މިނެޓު ފަހުން އަބްދުالله ވިސާމް ވަނީ ގޯލު ޖަހާ ނައިވަދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ނައިވާދޫ އަށް ލީޑު ނަގައިދިނީ އިސްމާއިލް ވަހީދު ޖެހި ގޯލުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަހުމަދު ހަމީދު ވަނީ ނައިވާދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. ނައިވާދުގެ ހަތަރު ވަނަ ގޯލު ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ އިސްމާއިލް އެވެ. އަދި އެ ޓީމުގެ ފަހު ގޯލު މެޗުގެ ފަހު ވަގުތުކޮޅު ޖަހާދިނީ އަބްދުالله ޝާފިއު (ޝާއްޕެ) އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ނައިވާދޫ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކުމުންދޫ އާއި ތިން ވަނައިގައި އޮތް ވައިކަރަދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ނޮޅިވަރަން ތިން ޕޮއިންޓް ހޯދައިފައިވާއިރު، ނެއްލައިދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ނޭކުރެންދޫ ޓީމުގެ ފަރުއްކޮ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ހދ. އަތޮޅުގެ ގްރޫޕް އެކެއްގައި ނޮޅިވަރަންފަރުން ހަނިމާދޫޣެ މައްޗަށް ކުރިހޯދާ ވަނީ ފުރަތަމަ މޮޅު ހޯދައިފަ އެވެ. މި މެޗު ނޮޅިވަރަންފަރުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އާދަމް ސައީދު އެވެ.

މި ގްރޫޕްގައި ނޭކުރެންދޫ އިން ވަނީ ފިނޭގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ތިން ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ނޭކުރެންދޫ އަށް މެޗުގައި ލީޑު ނަގައިދިނީ މުހައްމަދު ފަރުހާން (ފަރުއްކޮ) ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފުގެ އަށް ވަނަ މިނެޓުގައި ނޭކުރެންދޫގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ވިލްފް ޖެހި ގޯލުންނެވެ. ނޭކުރެންދޫގެ ފަހު ގޯލު ވެސް ޖަހާދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފަރުހާން އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ނޭކުރެންދޫ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މަކުނުދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.. ތިން ވަނައިގައި އޮތް ނޮޅިވަރަންފަރަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: އދ. ދަނގެތި - އދ. ހަންޏާމީދޫ

16:00: އދ. މަންދޫ - އދ. މަހިބަދޫ

17:00: ރ. އަލިފުށި - ރ. ރަސްގެތީމު

17:00: ރ. ދުވާފަރު - ރ. އިނގުރައިދޫ

----------------------------------------

20:00: ކ. މާފުށި - ކ. ގާފަރު

20:00: ކ. ހިންމަފުށި - ކ. ދިއްފުށި

21:00: ކ. ތުލުސްދޫ - ކ. ގުޅި

21:00: ކ. ގުރައިދޫ - ކ. ކާށިދޫ

22:00: ތ. ވިލުފުށި - ތ. ކިނބިދޫ

22:00: ތ. ތިމަރަފުށި - ތ. ދިޔަމިގިލި

23:00: ތ. ހިރިލަންދޫ - ތ. ބުރުނި

23:00: ތ. ކަނޑޫދޫ - ތ. ގާދިއްފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox