ގޯލްޑަން ފުޓްސަލް ޗެލެންޖް: ކެލާ، ވަށަފަރު އަދި މާރަންދޫން ފުރުސަތު ފަހިކޮށްފި

ލަނޑު ޖެހުމަށް ފަހު މާރަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ލަނޑު ޖެހުމަށް ފަހު މާރަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ. އަތޮޅުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ކެލާ، ވަށަފަރު އަދި މާރަންދޫން ކުޅުނު މެޗުތަކުން މޮޅުވެ، އަތޮޅު ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ހއ. އަތޮޅުގައި ކެލާއިން ނުކުތީ ފިއްލަދޫއާ ދެކޮޅަށެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 5-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ތިން ވަނަ މިނެޓުގައި ކެލާ އަށް ލީޑު ނަގައިދިނީ ގާސިމް އަތޫފް ކާމިޔާބުކުރި ގޯލުންނެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ކެލާގެ ލީޑު ފުޅާކޮށްދިނީ މަހްމޫދް އަބްދުލް ގާދިރުގެ ގޯލުންނެވެ. އަދި މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި މަހްމޫދު ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މަހްމޫދު ވަނީ ކެލާގެ ހަތަރު ވަނަ ގޯލު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އަދި ދެ ވަނަ ހާފުގެ 11 ވަނަ މިނެޓުގައި ކެލާގެ ފަހު ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އިނާދު އެވެ.

މެޗުގެ ފަހުކޮޅު ފިއްލަދޫ އިން ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެކަމަކު ފިއްލަދޫގެ ހަމަލާތައް ހުއްޓުވުމުގައި ކެލާގެ ކީޕަރު އަބްދުالله ޒިމާމް ވަނީ ތަފާތު ދައްކައިފަ އެވެ.

މި އަތޮޅުގައި ހޯރަފުށީގެ މައްޗަށް މާރަންދޫ އިން ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ 13 ވަނަ މިނެޓުގައި މާރަންދޫ އަށް ލީޑު ނަގައިދިނީ އާދަމް ހަބީބް ޖެހި ގޯލުންނެވެ. މެޗުގައި ހޯރަފުއްޓަށް މައްސަލަތަކާ ކުރިމަތިވީ އެ ޓީމުގެ ކީޕަރު އިސްމާއިލް އައިޝް ޝަރީފް އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ، އޭރިއާ ބޭރުން ގަސްތުގައި ބޯޅައިގައި އަތް ލުމުންނެވެ. އޭގެ ފައިދާ ނަގާ މާރަންދޫ އަށް ލީޑު ފުޅާކޮށްދިނީ ހަމްދޫން އަބްދުލް ލަތީފް ޖެހި ގޯލުންނެވެ. އަދި މާރެންދޫގެ ތިން ވަނަ ގޯލު .އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ހުމައިދު ހުސެއިން ޖެހި ގޯލުންނެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތް ކެލާ އާއި ދެ ވަނައިގައި އޮތް މާރަންދޫ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާރަށަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހޯރަފުށްޓާއި ފިއްލަދޫ ތެރެއިން ކޮންމެ ޓީމަކަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ވަށަފަރު ޓީމުގެ މާއީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ހއ. އަތޮޅު ގްރޫޕް ބީގައި ވަށަފަރުން މުރައިދޫގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ހަ ވަނަ މިނެޓުގައި ވަށަފަރަށް ލީޑު ނަގައިދިނީ އިބްރާހީމް އަތީގް ހަސަން (އިއްބެ) ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މުރައިދޫގެ ކެޕްޓަން އަހުމަދު ނައުފަލް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވަށަފަރަށް އަލުން ލީޑު ނަގައިދިނީ އިބްރާހީމް ސަނޫން ޖެހި ގޯލުންނެވެ. އަދި ވަށަފަރުގެ ފަހު ދެ ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު މާއިޝް ރަޝީދު (މާއި) އެވެ.

މި އަތޮޅުގައި އުތީމާއި އިހަވަންދޫގެ ކުރިމަތިލުން ވަނީ 3-3 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ.

މި މެޗުގެ ނުވަ ވަނަ މިނެޓުގައި އުތީމަށް ލީޑު ނަގައިދިނީ އަހުމަދު އައިހަމް (ފަތޯ) ޖެހި ގޯލުންނެވެ. މިއީ ލިބުނު ޕެނަލްޓީ އަކުން ފަތޯ ޖެހި ގޯލެކެވެ.

ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގެ 25 ވަނަ މިނެޓުގައި އުތީމުގެ މުހައްމަދު މަޒީން އަށް ވަނީ ދެވަނަ ރީނދޫ ކާޑާކާއެކު ރަތް ކާޑު ދައްކައިފަ އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ފަތޯ ވަނީ އިތުރު ގޯލެއް ޖަހާ އުތީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އިހަވަންދޫގެ އަހުމަދު ޒަޔާން ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އުތީމުގެ ރިޝްވާން އިބްރާހީމް ރަޝީދު މޫސާ ވަނީ ގޯލު ޖަހާ އުތީމުގެ ލީޑު އަލުން ފުޅާކޮށްފަ އެވެ. އެކަމަކު އޭގެ ސިކުންތުކޮޅެއް ފަހުން ރިޝްވާން އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފަ އެވެ.

އޭގެ ފައިދާ ނަގާ އަހުމަދު ޒަޔާން ވަނީ އިތުރު ގޯލެއް އިހަވަންދޫ އަށް ޖަހާދީ ފަރަގު ކުޑަކޮށްފަ އެވެ. އިހަވަންދޫ އިން ނަތީޖާ ހަމަހަމަކުރި ލަނޑު އެ ޓީމަށް ޖަހާދިނީ ކީޕަރު މުހައްމަދު ރިޝްފާން އެވެ.

މި ގްރޫޕްގެ އެއް ވަަނައިގައި އޮތް ވަށަފަރަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ދިއްދޫ އާއި ތިން ވަނައިގައި އޮތް މުރައިދޫ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އުތީމަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި އޮތް އިހަވަންދޫ އަށް އަދި ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: އދ. ދަނގެތި - އދ. ހަންޏާމީދޫ

16:00: އދ. މަންދޫ - އދ. މަހިބަދޫ

17:00: ރ. އަލިފުށި - ރ. ރަސްގެތީމު

17:00: ރ. ދުވާފަރު - ރ. އިނގުރައިދޫ

----------------------------------------

20:00: ކ. މާފުށި - ކ. ގާފަރު

20:00: ކ. ހިންމަފުށި - ކ. ދިއްފުށި

21:00: ކ. ތުލުސްދޫ - ކ. ގުޅި

21:00: ކ. ގުރައިދޫ - ކ. ކާށިދޫ

22:00: ތ. ވިލުފުށި - ތ. ކިނބިދޫ

22:00: ތ. ތިމަރަފުށި - ތ. ދިޔަމިގިލި

23:00: ތ. ހިރިލަންދޫ - ތ. ބުރުނި

23:00: ތ. ކަނޑޫދޫ - ތ. ގާދިއްފުށި

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox