ޑިޒައިން ބަދަލުކޮށް 100ރ. ގެ އައު ނޫޓުތަކެއް ޗާޕުކޮށްފި

އަލަށް ތައާރަފުކުރާ 100ރ. ގެ ނޫޓަށް ގެނެސްފައިވާ ބަދަލުތަކާއި ތަފުސީލުތައް ހިމަނާ އެމްއެމްއޭ އިން އާންމުކުރި ފޮޓޯ ---

އަލަށް ތައާރަފުކުރާ 100ރ. ގެ ނޫޓަށް ގެނެސްފައިވާ ބަދަލުތަކާއި ތަފުސީލުތައް ހިމަނާ އެމްއެމްއޭ އިން އާންމުކުރި ފޮޓޯ ---

ސަތޭކަ ރުފިޔާގެ ފައިސާ ނޫޓުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް އާ ނޫޓުތަކެއް ޗާޕު ކޮށްފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފި އެވެ.

އެމްއެމްއޭ އިން ސޯޝަލް މީޑިއާގައި މިރޭ ކުރި އިއުލާނެއްގައި ބުނީ، މިއީ ސްޓޮކް މަދުވުމުގެ ސަބަބުން ޗާޕުކޮށްގެން ގެނައި ފައިސާގެ ތެރޭގައި ހިމެނޭ ނޫޓުތަކެއް ކަމަށެވެ. ޑިސެމްބަރު 15، 2024 ގައި ގެނައި ފައިސާ ނޫޓުތަކުގެ ތެރެއިން އާ ޑިޒައިނުގެ 100ރ. ގެ ނޫޓުތައް ދައުރުކުރަން ފަށާނީ އަންނަ ހަފުތާއިން ފެށިގެންނެވެ.

އައު ޑިޒައިނުގައި އެންމެ ބޮޑަށް ފާހަގަވަނީ ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވުމެވެ. މައިގަނޑު ގޮތެއްގައި ނޫޓުގެ ޑިޒައިނަށް ބަދަލެއް ނާދެ އެވެ.

Advertisement

ކުރީގެ ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވާފައިވާ މި ނޫޓުތަކުގައި ތާރީހެއްގެ ގޮތުގައި ހުންނާނީ ޖުލައި 7، 2024 އެވެ. އައު ޑިޒައިނާއެކު މިހާރުގެ ޑިޒައިނުގެ ނޫޓުތައް ދައުރުވާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ.

ޗާޕުކޮށް އަލަށް ދައުރުކުރަން ފަށާ ފައިސާގެ ޖުމްލަ އަދަދެއް އެމްއެމްއޭ އިން ހާމައެއް ނުކުރެ އެވެ. އިތުރު ތަފުސީލަށް އެދުމުން އެމްއެމްއޭގެ އޮފިޝަލުން ވިދާޅުވީ އިއުލާނުގައިވާ މައުލޫމާތުގެ އިތުރަށް މިކަމާ ގުޅޭގޮތުން އެ އިދާރާއިން ބަހެއް ބުނަން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox