ޒީނާޒު ވަކިކުރީ ވަގު ފޯމު މައްސަލަ އޮއްބާލުމަށް ގުރުބާން ކަންބަޅިއަކަށް ހަދާފައި: މީކާއިލް

އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: އަދަދު ފައިލް

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާން އެ މަގާމުން ވަކިކުރީ ވަގު ފޯމު ފުރައިގެން އެ ޕާޓީއަށް މީހުން ވެއްދި މައްސަލަ އޮއްބައިލުމަށް ކަތިލާ ފުރަތަމަ ކަންބަޅީގެ ގޮތުގައި ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި މީކާއިލް ކުރެއްވި ޕޯސްޓުގައި ވަނީ ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ އޮއްބައިލަން ޒީނާޒު ވަކިކުރިއިރު، ވަގު ފޯމުތަކެއް ފުރައިގެން ޕާޓީއަށް މީހުން ވެއްދުމުގެ ފުރުސަތު ފަހި ކޮށްދިން މީހުން ކޮބައިތޯ ސުވާލު އުފައްދައިފަ އެވެ.

"ވަގު ފޯމު މައްސަލަ އޮއްބައިލަން ކަތިލި ފުރަތަމަ ކަންބަޅިއަށް މިވީ ޕީއެންސީގެ އަންހެން އެސްޖީ، ޑީއެންއާރުގެ ވަސީލަތްތައް ބޭނުން ކޮށްގެން މި ބޮޑު ޖަރީމާ ހިންގާނެ މަގުފަހިކޮށްދިން ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުން ކޮބައިތޯ؟ ކޮބައިތޯ ހެކިންގެ ގޮތުގައި ސޮއިކުރި ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން؟،" މީކާއިލްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޕީއެންސީގެ އެސްޖީގެ މަގާމުގައި ހުންނެވި ޒީނާޒު އެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް މިއަދު އައްޔަނު ކޮށްފައި ވަނީ މުއާޒު ހަލީމް އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަންޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. ޕާޓީގެ މެންބަރުންގެ މަޖިލީހަކީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރާ މަޖިލީހެވެ.

އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.

ޒީނާޒު އެ މަގާމުން ވަކިކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. މަގާމުން ވަކިކުރުމާއެކު އެކްސްގައި ޒީނާޒު ކުރި ޕޯސްޓެއްގައި ވަނީ ޕީއެންސީގެ އެސްޖީގެ މަގާމުގައި ހުރެ ހިދުމަތް ކުރުމުގެ ފުރުސަތު ފަހި ކޮށްދެއްވީތީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފަ އެވެ.

"ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވައި އަޅުގަނޑަށް ވަރަށް ބޮޑަށް އިތުބާރު ކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" ޒީނާޒުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އޭނާ ވަނީ ރައީސް މުއިއްޒުއަށާއި ޕީއެންސީއަށް ބާއްޖަވެރި މުސްތަގުބަލެއް ލިބުމަށް އެދޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox