ޑިމޮކްރެޓްސްގެ ތެރެއިން ސަރުކާރެއް އުފެއްދޭނެ ފުރުސަތެއް ނެތް: ހަސަން

ހަސަން ލަތީފް: ޑިމޮކްރެޓްސްގެ ތެރެއިން ސަރުކާރެއް އުފެއްދޭނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ހަސަން ލަތީފް: ޑިމޮކްރެޓްސްގެ ތެރެއިން ސަރުކާރެއް އުފެއްދޭނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ދަ ޑިމޮކްރެޓްސްއިން ތެރެއިން ސަރުކާރެއް އުފައްދައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު މިވަގުތު ނެތް ކަމަށް އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންނެވި ހަސަން ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ހަސަން ލަތީފް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަނީ ސަރުކާރެއް އުފައްދައި ރައްޔިތުންނަށް ހިދުމަތް ހިދުމަތް ކުރުމަށް ކަމަށްވާއިރު، އެ ފުރުސަތު މިވަގުތު ޑިމޮކްރެޓްސްގައި އޮތް ކަމަށް ނުދެކޭ ކަމަށެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ވެސް އުފެއްދީ ސަރުކާރެއް އުފައްދައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބޭނުމުގައިކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއަށް ތާއީދު އިތުރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެ ހިސާބަށް ވާސިލުވާނެ ކަމުގެ މަންޒަރު ކުޑަ ކަމަށެވެ.

Advertisement

"އެހެންނަމަވެސް މައިގަނޑު ބޭނުމަކަށް ސިޔާސީ ޕާޓީއެއްގެ މިވަނީ ސަރުކާރެއް ހިންގަން ހަވާލުވެ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދިނުން. އެބޭނުމުގައި ސިޔާސީ ޕާޓީއެއް އުފައްދަނީ ވެސް. އަދި މަސައްކަތް ކުރަނީ ވެސް. ހަމަ އެ ބޭނުމުގައި އެމްޑީޕީ ވެސް އުފެދިފައި އޮތީ އަދި ޑިމޮކްރެޓްސް ވެސް އުފެދިފައި އޮތީ. އެހެންނަމަވެސް ސަރުކާރަކަށް އަންނަ، ދެން އަޅުގަނޑު ވެސް އަބަދުވެސް ބަލަން ކުރިއަށް އޮތް އިންތިހާބުތަކަށް ޕާޓީ ގެންދެވޭނީ، ޕާޓީގެ ތާއީދު އިތުރު ކުރެވޭނީ ކިހިނެއްތޯ އަދި ޕާޓީއަށް ވޯޓު މިދަންނަވާހެން ވޯޓު ހޯއްދަވައިގެން ސަރުކާރެއް ގާއިމު ކުރެވިދާނެތޯ" ހަސަން ވިދާޅުވި އެވެ.

"މިހެން ބަލާއިރު އަޅުގަނޑަށް އެނގޭ މިހެން ބުނާއިރު ބައެއް ބޭފުޅުންގެ ހިޔާލު ތަފާތުވާނެ. އެއީ އެކަން އޮންނާނެ ގޮތް ވެސް މެ. އަޅުގަނޑަށް ގަބޫލުކުރަން ދަތި މިވަގުތު ޑިމޮކްރެޓްސްއަށް ސަރުކާރެއް ގާއިމުކޮށްގެން، ޑިމޮކްރެޓްސްގެ ތެރެއިން ސަރުކާރެއް އުފަން ކުރުވައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެ ފުރުސަތު ހަގީގަތުގައި އޮތް ކަމަށް ދެކެން ދަތި މިވަގުތު. އެކި ގޮތްގޮތުން އެކި މަސައްކަތް ކުރެވިއްޖެ. އެހެންނަމަވެސް އެ ދިމާލަށް ގޮސް އެހިސާބަށް ދެވިދާނެ މަންޒަރު އަޅުގަނޑަށް ކުޑަ."

އޭގެއިތުރުން ރާއްޖޭގެ ނިޒާމު ކަނޑައެޅިފައި އޮންނަ ގޮތުން އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ނިޒާމު ކަނޑައެޅިފައި އޮންނަ ގޮތުން ރައްޔިތުންނަށް ސީޔާސީ ޕާޓީތަކުން ހިދުމަތް ކޮށްދެވޭނީ ސަރުކާރަކަށް އައިސްގެން ނުވަތަ އިދިކޮޅުގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއަށް ބަދަލުވީ ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރަން އޭނާ ބޭނުންވެ، އެ މަސައްކަތްތައް ކުރެވޭނީ އެމްޑީޕީއާ އެކުގައި ކަމަށްވާތީ ކަމަށެވެ.

އެގޮތުން ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އިތުރުން މުޅި ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، ރައްޔިތުންގެ ތާއީދާ އެކު ސަރުކާރެއް އުފަން ކުރުވުމުގެ ވިސްނުން އެމްޑީޕީގެ ތެރެއިން ހާސިލު ކުރެވޭނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

"ގައުމަށް ވަމުންދާ ގޮތް މިކަންކަމަށް ބަދަލުތަކެއް ގެންނާނެ ކަހަލަ ގޮތަކަށް ސިޔާސަތުތަކެއް ބައްޓަން ކޮށްގެން އިންތިހާބަށް ކުރިމަތިލައިގެން ރައްޔިތުންގެ ތާއީދާ އެކީގައި ވޯޓުން ހޮވިގެން ދެން އަންނަ ސަރުކާރެއް އުފަން ކުރުވުމުގެ ވިސްނުމެއް އެބައޮތް. ރައީސުލްޖުމްހޫރިއްޔާއަކީ ކޮންބޭފުޅެއްތޯ އެއީއެއް ނޫން މިދައްކާ ވާހަކައަކީ. ޕާޓީގެ ވާހަކަ މިދައްކަނީ އިނގޭތޯ. މިދެންނެވި ވިސްނުމާ އެކީގައި އެ މަސައްކަތް ކުރަން ފުޅާ ދާއިރާއެއްގައި އަޅުގަނޑަށް ފެންނަ ގޮތުގައި އެމްޑީޕީގެ ތެރެއިން އެ ފުރުސަތު އަޅުގަނޑަށް ލިބޭނެ" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްއަށް ތާއީދު އިތުރުކޮށް އެ ޕާޓީއަކީ މަގުބޫލު ޕާޓީއަކަށް ހަދައި ޕްލެޓްފޯމެއް އުފައްދަން ކުރި މަސައްކަތް ކާމިޔާބު ނުކުރެވުނީ އެކި ސަބަބުތަކާ ހުރެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ ހައިސިއްޔަތުން ލިބުނު ބާރާ އެކު ވެސް މަސައްކަތް ނުކުރެވުނީ އެ މަސައްކަތް ކުރާނެ މީހުން މަދުވުމުން ކަމަށާއި ރައްޔިތުން ލާ ވޯޓުން ވެސް ބޭނުންވާ ނަތީޖާ ނުނެރެވޭ ކަމަށް ހަސަން ލަތީފް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވުނު ގޮތުގައި އަޅުގަނޑު ކުރަން ހުރި މަސައްކަތް، އެ މަސައްކަތް ޑިމޮކްރެޓްސްގައި އިތުރަށް ހުރެގެން އަޅުގަނޑަށް ކުރުމުގެ ފުރުސަތު ހަގީގަތުގައި ވަރަށް ކުޑަ. ދެން މި ދަންނަވަނީ އަޅުގަނޑަށް އެ ޖާގަ ލިބިފައި ނެތީއެކޭ ނޫން. ތަންމިނަށް ޖާގަ އެބައޮތް. އަދި އަމުދުން ޕާޓީގެ ރައީސް ވީމައާ ވެސް އެކު އަދި ޕާޓީގެ ނެޝަނަލް އެސެމްބްލީގެ އެއްބާރުލުމާ އެކީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮވޭ. އެހެންނަމަވެސް މަސައްކަތް ކުރާނެ މެންބަރުން އިންތިހާއަށް މަދު."

"އަޅުގަނޑުމެން ދައްކާ ވާހަކައެއް މިސާލަކަށް އިންތިހާބުތަކުގެ ކެމްޕެއިންތަކުގައި. ވަރަށް ރަނގަޅު ވާހަކަ ކަމަށް ވަރަށް ގިނަ ރައްޔިތުން ބުނަމުންދޭ. އެހެންނަމަވެސް ވޯޓުލާ ދުވަހު އެ ވޯޓުގެ ނަތީޖާ ފެންނަނީކީ އެ މަންޒަރާ އެއްގޮތަކަށް ނޫން. އެހެންވީމަ އެނގިވަޑައިގަންނަވާނެ ސިޔާސީ މީހުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އަންނަ ބައެއް. މަސައްކަތް ކުރާ ބައެއް. ސިޔާސީ ޕާޓީތަކަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އުފައްދާ އިންސްޓިޓިއުޝަންތަކެއް އެއީ،"

ހަސަން ލަތީފްގެ އިތުރުން ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، ކައުންސިލް މެންބަރު އަލީ އާޒިމް އަދި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ވައިސް ޕްރެޒިޑެންޝަލް ކެންޑިޑޭޓަކަށް ކުރިމަތިލެއްވި ހުސެއިން އަމްރު ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox