ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެއްވަދޫ އަށް 14 ގޯލުގެ މޮޅެއް، ދާންދޫ އަތޮޅު ސެމީއާ ގާތަށް

ދެއްވަދޫގެ ކެޕްޓަން އަހުއްކޮ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ދެއްވަދޫގެ ކެޕްޓަން އަހުއްކޮ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު ގއ. އަތޮޮޅުގެ މެޗުތަކަށް ބަލާއިރު، ކޮލަމާފުށި އަތުން 14-1 އިން ދެއްވަދޫ މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ކަނޑުހުޅުދޫ 3-2 އިން ބަލިކޮށް، ދާންދޫ އަތޮޅު ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ރޭ ދެއްވަދޫން ކޮލަމާފުށި އަތުން ހޯދި މޮޅާ އެކު، ގއ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާމެންދޫ އާއި ތިން ވަނައިގައި އޮތް ވިލިނގިއްޔަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި އޮތް ކޮލަމާފުށްޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގައި ދެއްވަދޫގެ ހުޒައިފަތު ރަޝީދު (ހުޒޭ) ހަތަރު ގޯލު ޖެހިއިރު، އަހުނަފް ރަޝީދު (އަހުއްކޮ) އާއި ޝިފާޒް އަލީ (ތުއްތު) ވަނީ ކޮންމެ ކުޅުންތެރިއަކު، ތިން ގޯލު ޖަހައި ހެޓްރިކް ހަދާފަ އެވެ. މީގެ އިތުރުން ދެއްވަދޫގެ މިގްދާދް ސައީދު ދެ ގޯލު ޖެހިއިރު، މުހައްމަދު އިމްރާން (އިންމި) އަދި ނަސޫހް ސައީދު ވަނީ ގޯލެއް ޖަހައިފަ އެވެ.

މި މެޗުގައި ކޮލަމާފުށިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އިސްމާއިލް މުއްސަބް ނަޖީބް އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި، ވިލިނގިލިން މާމެންދޫ ބަލިކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ދެ ވަނަ މިނެޓުގައި ވިލިނގިލިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝުހާން އެވެ. އަދި ވިލިނގިލީގެ ދެވަނަ ލަނޑަކީ މާމެންދޫގެ ފަސް ފައުލް ހަމަވެގެން ލިބުނު ދުރު ޕެނަލްޓީ އަކުން ހުސެއިން މިފްރާހް ވަހީދު ޖަހައިދިން ގޯލެކެވެ.

ދާންދޫން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގއ. އަތޮޅުގެ ގްރޫޕް އޭގައި ކަނޑުހުޅުދޫން ލީޑުނަގައިފައިވަނިކޮށް، ދާންދޫން ވަނީ ފަހަތުން އަރައި މޮޅުވެފަ އެވެ. ފޯރިގަދަކޮށް ދިޔަ މި މެޗުގައި ކަނޑުހުޅުދޫން ދެ ގޯލު ޖެހީ، އަހުނަފް ޒާހިރު އެވެ. ދާންދޫގެ ލަނޑުތައް ޖެހީ، މުހައްމަދު އަޒާން މައާދު، އަހުމަދު ހަސަން (އައްމަޑޭ) އަދި ޖާވިދު އަލީ އެވެ. މި މެޗުގައި، ކަނޑުުހުުޅުދޫގެ އަޒްވާން އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން، ގެމަަނަފުށިން 2-0 އިން ނިލަންދޫ ބަލިކުރިއިރު، ދެ ގޯލު ވެސް ޖެހީ ނިލަންދޫގެ މުހައްމަދު ޒާހިލް އަހުމަދު އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ދާންދޫ އެވެ. ދެ ވަނައިގައި އޮތް ނިލަންދޫ އާއި ތިން ވަނައިގައި އޮތް ގެމަނަފުށްޓަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ކަނޑުހުޅުދޫ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ހަނިމާދޫ - ނޮޅިވަރަންފަރު

20:00: ފިނޭ - ނޭކުރެންދޫ

21:00: ނެއްލައިދޫ - ވައިކަރަދޫ

21:00: ނައިވާދޫ - ނޮޅިވަރަން

22:00: ހޯރަފުށި - މާރަންދޫ

22:00: ކެލާ - ފިއްލަދޫ

23:00: މުރައިދޫ - ވަށަފަރު

23:00: އުތީމު - އިހަވަންދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox