ގޯލްޑެން ފުޓްސަލް ޗެލެންޖް: ޝީލްޑް ދިފާއުކުރި ގަމުން މުބާރާތް ފެށީ ވެސް ވަރުގަދަކޮށް

ރޭގެ މެޗުގައި ގަމުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރޭގެ މެޗުގައި ގަމުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ޗެރިޓީ ޝީލްޑް ދިފާއުކުރި ލ. ގަމުން މި ފަހަރުގެ ފުޓްސަލް ޗެލެންޖްގައި އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުން 6-1 އިން މާވަށް ބަލިކޮށް ފެށުން ވަރުގަދަކޮށްފި އެވެ.

ގަމުން ވަނީ މިދިޔަ ދެ އަހަރު ވެސް ގޯލްޑަން ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ތަށި ދިފާއުކުރަން ނުކުމެ، ބ. އޭދަފުށި އަތުން ބަލިވިއިރު، މި ފަހަރުގެ ޝީލްޑް ކާމިޔާބުކުރީ އެ ޓީމު ބަލިކޮށެވެ.

ލ. އަތޮޅުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މާވަށުންނެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު މުހައްމަދު އެވެ. އެކަމަކު، ގަމުން ވަނީ މި ގޯލަށް ފަހު ކުޅުން ރަނގަޅުކޮށް ފުލުފުލުގައި މާވަށުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މި މެޗުގައި ގަމުން ހަ ގޯލު ޖެހިއިރު، އަހުމަދު ހަލީމް (އައްމަޑޭ) އާއި މުހައްމަދު މުސްލިހު (މުއްޓި) ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފަ އެވެ. އަދި، އަނެއް ދެ ލަނޑު ޖެހީ، އަބްދުالله ޖުނައިދު (ޖެންނޭ) އާއި ހުސެއިން އަޒްމީ އެވެ.

ލ. އަތޮޅުގެ ގްރޫޕް ބީގައި މުންޑޫ އާއި ކަލައިދޫ ބައްދަލުކުރި މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މުންޑޫ އިންނެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން، އަހުމަދު ހާފިޒް އެވެ. އެކަމަކު މެޗުގެ 10 ވަނަ މިނެޓުގައި ކަލައިދޫގެ ކެޕްޓަން ހަސަން މާދު ވަނީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މުންޑޫގެ މުހައްމަދު ނިޝާހު ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އަދި ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި މުންޑޫގެ ކެޕްޓަން ހާފިޒް ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

އެކަމަކު އޭގެ މިނެޓެއް ފަހުން ކަލައިދޫގެ ޖައުފަރު އަހުމަދު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު ކަލައިދޫ އަށް ޖަހާދިނީ މެޗު ނިމެން މިނެޓަކަށްވެފައި ހުއްޓައި އަހުމަދު އައްސަދު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ހަނިމާދޫ - ނޮޅިވަރަންފަރު

20:00: ފިނޭ - ނޭކުރެންދޫ

21:00: ނެއްލައިދޫ - ވައިކަރަދޫ

21:00: ނައިވާދޫ - ނޮޅިވަރަން

22:00: ހޯރަފުށި - މާރަންދޫ

22:00: ކެލާ - ފިއްލަދޫ

23:00: މުރައިދޫ - ވަށަފަރު

23:00: އުތީމު - އިހަވަންދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox