އައްޑޫގައި ކަރަންޓާއި ފެނުގެ މައްސަލަ ވަރަށް ބޮޑު، ރޯދައިގެ ކުރިން ހައްލުވާނެ ކަމަށް ނުބެލެވޭ: ނިޒާރު

އައްޑޫގެ މޭޔަރު އަލީ ނިޒާރު: އައްޑޫގައި ކަރަންޓާއި ފެނުގެ މައްސަލަ ވަރަށް ބޮޑު، ރޯދައިގެ ކުރިން ހައްލުވާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު ފައިލް

އައްޑޫގެ މޭޔަރު އަލީ ނިޒާރު: އައްޑޫގައި ކަރަންޓާއި ފެނުގެ މައްސަލަ ވަރަށް ބޮޑު، ރޯދައިގެ ކުރިން ހައްލުވާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު ފައިލް

އައްޑޫ ސީޓީގައި ކަރަންޓާއި ފެނުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި ރޯދައިގެ ކުރިން މައްސަލަ ހައްލުވާނެ ކަމަށް ނުބެލެވޭ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

ނިޒާރު "އަދަދު" އަށް ވިދާޅުވީ އައްޑޫގައި ކަރަންޓު އިރުއިރުކޮޅާ ކެނޑި، ކަރަންޓު އޮންނަ ގަޑީގައި ފެން ވެސް ކެނޑުމުގެ އިތުރުން ނަރުދަމާތަކުން ރަށުތެރެއަށް ނަޖިސް ބޭރުވެ އާންމުންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް، އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި ރޯދައިގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އައްޑޫއަށް ދިމާވެފައި އޮތް މައްސަލަ ހައްލުވާނެ ކަމަށް ނުބެލެވޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ކަރަންޓެއް ނުލިބޭ. ފެނެއް ނުލިބޭ. ކަރަންޓު އޮންނަ ގަޑީގައި ވެސް ފެން ނުލިބި އެބަދޭ. ދެން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށްދާ ކަމަށް އެބަ ކިޔާ. އެކަމަކު ލާރި ނުދެންޏާ މަސައްކަތް ކުރިއަށް ނުދާނެތާ. ނަރުދަމާގެ މައްސަލަ އެހާ ބޮޑު. ނަރުދަމާއިން ރަށުތެރެއަށް ނަޖިސް އެވަރަށް ވަރަށް އެބަ އަރާ،" އޭނާ ވިދާޅުވި އެވެ.

"ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލެއް ނުކުރެވޭނެ. އައްޑޫ ނުހިމަނައި ރައީސް އެހެން ވިދާޅުވީ."

ނިޒާރު ވިދާޅުވީ ކުޑަ ރަށަކަށް ޖަނަރޭޓަރެއް ގެނެސްގެން ފެނަކައަށް ކަރަންޓުގެ މައްސަލަ ހައްލު ކުރެވުނަސް އައްޑޫގެ ކަރަންޓުގެ ހާލަތު އޮތީ ޖަނަރޭޓަރެއް ގެނެސްގެން ހައްލު ކުރެވޭ ވަރަށްވުރެ ގޯސްކޮށް ކަމަށެވެ.

އެގޮތުން އަޑީގައި ހުރި ހައިވޮލްޓޭޖް ކޭބަލްތައް ވެސް ދުވަސްވެ ހަލާކުވެފައިވާ ކަމަށާއި ޖަނަރޭޓަރުތަކުގެ ހާލަތު ވެސް މިވަގުތު ހުރީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ.

"ފެނަކައެއް ނެތެއްނު. ފެނަކައެއް އޮވެގެންތާ ފެނަކައިން ޖަވާބެއް ދެވޭނީ. ފެނަކައަށް ކޮން ހައްލެއް ގެނެވޭނީ. ކުޑަ ރަށަކަށް ޖަނަރޭޓަރެއް ފޮނުވައިގެން ހައްލު ކުރެވިދާނެ. އައްޑޫގެ މުޅި ގްރިޑް އެއްކޮށް އަޑީގައި އޮތް ކޭބަލްތަކާ އެއްޗެހި ހައި ވޮލްޓޭޖްތަކާ އެއްޗެހި ވެސް މުޅިން ހަލާކުވެފައި ދުވަސްވެގެން. 18، 19 ޖަނެރޭޓަރު ބަހައްޓައިގެން 11 މެގަވޮޓް އެ ނެރެނީ. ސްޓާޓުގައި ހުންނަނީ ކިތައް ޖެނެރޭޓަރު ކަމެއް ވެސް އެނގޭ ވަރެއް ނުވޭ. ދެން އެކަހަލަ ހާލަތެއް.

އައްޑޫގެ ކަރަންޓު މައްސަލައަށް ފެނަކައަށް ހައްލު ގެނެވޭނެ ތަނެއް ނުފެންނަކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ ފެނަކައަށް ފައިސާ ނުލިބި އެތަން ބަނގުރޫޓުވެފައި އޮތް ކަމަށާއި އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލު ގެނެސްދޭން ޖެހޭނީ ސީދާ ސަރުކާރުން ކަމަށެވެ.

"ފެނަކައިން ދޭނެ ޖަވާބެއް ނޯންނާނެ. ފެނަކައަކީ އެންމެ ބޮޑަށް ރާއްޖޭގައި ބަނގުރޫޓުވެފައި އޮތް ކުންފުނި. ފެނަކައަކަށް ނުވާނެ އެކަމެއް. ސަރުކާރުން ސީދާ ހައްލު ކުރަން ޖެހޭނީ އައްޑޫގެ ފެނާއި ކަރަންޓުގެ މައްސަލަ،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއް މިދިޔަ އަހަރުގެ އެޕްރިލް މަހު ހެދި އެވެ.

ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ. އެ މަޝްރޫއުގެ ފުރަތަމަ ފޭސްގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެން ސެޓާއި އަދި 5.8 ގެ ދެ ޖެން ސެޓް އެވެ.

ނަމަވެސް ނިޒާރު ވިދާޅުވީ ޗައިނާ ކުންފުންޏާ ހަވާލުކުރި މަސައްކަތް މިހާތަނަށް ފަށާފައި ނުވާ ކަމަށެވެ.

ނިޒާރު މީގެ ކުރިން ވިދާޅުވީ އެ ސިޓީއަށް ދިމާވެފައި އޮތް ކަރަންޓުގެ ހާލަތުން އަރައިގަތުމަށް އެކަށީގެންވާ މަސައްކަތެއް މިހާރު ނުކޮށްފިނަމަ، ކުރިޔަށް އޮތް ދުވަސްތަކުގައި އެ ސިޓީ ބޮޑު ކާރިސާއަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އައްޑޫއަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް އެކި މައްސަލަތައް ދިމާވަމުން އަންނަނީ މިދިޔަ އަހަރު ފެށުނު ފަހުންނެވެ. ނަމަވެސް މައްސަލަ އެއްކޮށް ހައްލު ކުރެވިފައެއް ނުވެ އެވެ.

އައްޑޫގައި ގުޅިފައި އޮތް ރަށްތަކުން ކޮންމެ ދުވަހަކު ވެސް އެކި ގަޑިތަކުގައި އަންނަނީ ކަރަންޓު ކަނޑަމުންނެވެ. އެކަމާ ގުޅިގެން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ދަތިތައް ދިމާވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox