ގޯލްޑެން ފުޓްސަލް ޗެލެންޖް: ކަނޑިތީމު، މިލަންދޫ، ބިލެއްފަހި އަތޮޅު ސެމީ އަށް

މިލަންދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

މިލަންދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ށ. އަތޮޅުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމު, މިލަންދޫ އަދި ބިލެއްފަހިން ޖާގަ ހޯދައިފި އެވެ.

ކަނޑިތީމާއި މިލަންދޫ އަދި ބިލެއްފަހިން އަތޮޅު ސެމީން ޖާގަ ހޯދީ ކުޅުނު ދެ ވަނަ މެޗުތަކުން ވެސް މޮޅުވެގެންނެވެ.

ށ. އަތޮޅުގެ ފުރަތަމަ މެޗުގައި، ގްރޫޕް އޭގައި ކަނޑިތީމުން ނުކުތީ ފޭދޫއާ ދެކޮޅަށެވެ. ކަނޑިތީމުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި އެ ޓީމަށް ޖަހާދިނީ ކެޕްޓަން އިބްރާހިމް ނަދާދް (ކުޑައްޓޭ) އެވެ. މިދިޔަ އަހަރު ކަނޑިތީމުން ށ. އަތޮޅު ތަށި ހޯދީ ފައިނަލުގައި ފޭދޫ ބަލިކޮށްފަ އެވެ. ފޭދޫ މި ވަނީ މި ފަހަރު ކުޅުނު ދެ މެޗުން ވެސް ބަލިވެ ކަޓައިފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން، މިލަންދޫ އިން ނުކުތީ މަރޮށިއާ ދެކޮޅަށެވެ. މި މެޗު މިލަންދޫ އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ. މިލަންދޫގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް ޒާހީ އެވެ. އަދި އަނެއް ގޯލު ޖެހީ އަހުމަދު ޝާނީ އެވެ.

ފޭދޫ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން ކުޑައްޓޭ މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގްރޫޕް ބީގައި، ބިލެއްފަހިން ނަރުދޫ ބަލިކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ނަރުދޫ އިން ވަނީ ގޯލު ޖަހާ ލީޑުނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ނާއިޒް އެވެ. އެކަމަކު، މެޗުގެ 11 ވަނަ މިނެޓުގައި ބިލެއްފަހީގެ އަހުމަދު އިބްރާހީމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަރުދޫގެ ވިޝާން އާރިފް ވަނީ ގޯލު ޖަހާ އެ ޓީމަށް އަލުން ލީޑު ނަގާދީފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ބިލެއްފަހީގެ އިބްރާހީމް އިމާން ވަނީ ގޯލު ޖަހާ އަލުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުން މޮޅުކޮށްދިން ގޯލު ބިލެއްފަހި އަށް ޖަހާދިނީ އާދަމް ޝަފްރާޒް އެވެ.

ށ. އަތޮޅުގެ ފަހު މެޗުގައި ގޮއިދޫ އިން ޅައިމަގުގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގެ ފަސްވަނަ މިނެޓުގައި ގޮއިދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މިއީ ޅައިމަގުގެ މުހައްމަދު އިރުޝާދުގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެކަމަކު ފުރަަތަމަ ހާފު ނިމުމުގެ ކުރިން އަބްދުލް ކަރީމް އަހުމަދު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގައި ޅައިމަގަށް މައްސަލަތަކާ ދިމާވީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކީޕަރު ސާލިމް އަޝްރަފް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފައިދާ ނަގާ ގޮއިދޫ މެޗުން މޮޅުކޮށްދިން ގޯލު އެ ޓީމަށް ޖަހާދިނީ ވިއާމް މުހައްމަދު ޝަރީފް އެވެ.

މިއީ މި ފަަހަރުގެ މުބާރާތުގައި، ފާތިމަތު ސާލިޔާގެ ކޯޗުކަމުގައި ކުޅޭ ގޮއިދޫން ހޯދި ފުރަތަމަ މޮޅެވެ.

މިއަދާއި މިރޭ ކުޅޭ މެޗުތައް:

16:00: އއ. ތޮއްޑޫ - އއ. ހިމަންދޫ

16:00: އއ. އުކުޅަސް - އއ. މަތިވެރި

17:00: އއ. ފެރިދޫ - އއ. ރަސްދޫ

17:00: އއ. މާޅޮސް - އއ. ބޮޑުފޮޅުދޫ

-------------------------------------

20:00: މ. ކޮޅުފުށި - މ. މުލި

20:00: -

21:00: ސ. ފޭދޫ - ސ. މަރަދޫފޭދޫ

21:00: ސ. ހިތަދޫ - ސ. މަރަދޫ

22:00: ފ. ނިލަންދޫ - ފ. ދަރަނބޫދޫ

22:00: ފ. ބިލެއްދޫ - ފ. މަގޫދޫ

23:00: ގދ. ތިނަދޫ - ގދ. މަޑަވެލި

23:00: ގދ. ފިޔޯރީ - ގދ. ވާދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox