ގޯލްޑަން ފުޓްސަލް ޗެލެންޖް: މަންދޫ އާއި ދަނގެތިން ފެށީ މޮޅަކުން

ލަނޑު ޖެހުމަށް ފަހު ދަނގެތީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ލަނޑު ޖެހުމަށް ފަހު ދަނގެތީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލްންޖް 2025 ގައި އދ. އަތޮޅުގެ ފުރަތަަމަ މެޗުތަކުން މޮޅުވެ، މަންދޫ އާއި ދަނގެތިން ފެށުން ރަނގަޅު ކޮށްފި އެވެ.

އިއްޔެ ހަވީރު މި މުބާރާތުގައި އދ. އަތޮޅުގެ ފުރަތަމަ މެޗުތައް ކުޅުނުއިރު, މަންދޫ އިން އޮމަދޫގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ފަސް ވަނަ މިނެޓުގައި މަންދޫ އަށް ލީޑު ނަގާދިނީ ކެޕްޓަން އާދަމް އާޒިމް އެވެ. އަދި މެޗުގެ 12 ވަނަ މިނެޓުގައި މަންދޫގެ ލީޑު ފުޅާކޮށްދިނީ އިބްރާހީމް އިމްރާން (އިންމި) އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮމަދޫގެ އިބްރާހީމް ޝަހުދު އާއި އަހުމަދު ތޯހިރު ޖެހި ގޯލުތަކުން އެއްވަރު ކުރި އެވެ.

މެޗުން މަންދޫ މޮޅުކޮށްދިން ގޯލު ދެ ވަނަ ހާފުގެ 10 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިންމި އެވެ.

މި އަތޮޅުގައި ދަނޑެތިން ކުނބުރުދޫގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ދަނގެއްޗަށް ލީޑު ނަގާދިނީ މުހައްމަދު ނާއިމް ޖަހާދިން ގޯލުންނެވެ. އަދި މެޗުގެ 17 ވަނަ މިނެޓުގައި ނާއިމް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ދަނގެތިން ކާމިޔާބުކުރި ތިން ވަނަ ގޯލު ދެ ވަނަ ހާފުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝާއިފް ޝާމިރު އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އދ. އަތޮޅުން ހަ ޓީމެއް ވާދަކުރާއިރު، މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އެއީ ގްރޫޕެއްގައި ތިން ޓީމު ހިމެނޭ ގޮތަށެވެ.

މިއަދާއި މިރޭ ކުޅޭ މެޗުތައް:

16:00: އއ. ތޮއްޑޫ - އއ. ހިމަންދޫ

16:00: އއ. އުކުޅަސް - އއ. މަތިވެރި

17:00: އއ. ފެރިދޫ - އއ. ރަސްދޫ

17:00: އއ. މާޅޮސް - އއ. ބޮޑުފޮޅުދޫ

-------------------------------------

20:00: މ. ކޮޅުފުށި - މ. މުލި

20:00: -

21:00: ސ. ފޭދޫ - ސ. މަރަދޫފޭދޫ

21:00: ސ. ހިތަދޫ - ސ. މަރަދޫ

22:00: ފ. ނިލަންދޫ - ފ. ދަރަނބޫދޫ

22:00: ފ. ބިލެއްދޫ - ފ. މަގޫދޫ

23:00: ގދ. ތިނަދޫ - ގދ. މަޑަވެލި

23:00: ގދ. ފިޔޯރީ - ގދ. ވާދޫ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox