މަސައްކަތެއް ނެތް ކަމަށް ބުނެ އެމްޓީސީސީގެ މުވައްޒަފަކު ވަކިކުރީ މަސައްކަތުގައި ހުއްޓައި

އެމްޓީސީސީ އޮފީސް: މަސައްކަތެއް ނެތް ކަމަށް ބުނެ އެމްޓީސީސީގެ މުވައްޒަފަކު ވަކިކުރީ މަސައްކަތުގައި ހުއްޓާ -- ފޮޓޯ؛ އަދަދު ފައިލް

އެމްޓީސީސީ އޮފީސް: މަސައްކަތެއް ނެތް ކަމަށް ބުނެ އެމްޓީސީސީގެ މުވައްޒަފަކު ވަކިކުރީ މަސައްކަތުގައި ހުއްޓާ -- ފޮޓޯ؛ އަދަދު ފައިލް

މަސައްކަތެއް ނެތް ކަމަށް ބުނެ އެމްޓީސީސީގެ މުވައްޒަފަކު ވަކިކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ށ. މާއުނގޫދޫގައި އެމްޓީސީސީގެ އެޑްމިން މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އިބްރާހިމް ރަޝާދު ވަކިކުރީ މިދިޔަ ޑިސެމްބަރު 22، ގައި މަސައްކަތުގައި ހުއްޓަ އެވެ.

އެމްޓީސީސީން އިބްރާހިމް ރަޝާދު ވަޒީފާއިން ވަކިކޮށް ފޮނުވި ލިޔުމުގައި ވަކިކުރި ސަބަބަކަށް ބަޔާންކުރީ އޭނާ މަސައްކަތް ކުރަމުންދާ މާއުނގޫދޫގައި އެމްޓީސީސީން ކުރަމުންދާ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ވެފައިވާތީ، ސައިޓުގައި ހަވާލުކުރެވޭނެ މަސައްކަތެއް ނެތް ކަމަށް ބުނެ އެވެ.

"ސައިޓުތަކުގެ ވަޒީފާތަކަށް ނަގާ މުވައްޒަފުން އެ ސައިޓެއްްގެ މަސައްކަތް ނިމުމުން ނުވަތަ ސައިޓް އައިޑަލްވުމުން އެ ފަރާތަކާއި އެކު ވެފައިވާ ވަޒީފާ އެއްބަސްވުން ނިމުމަކަށް ގެނެވޭ،" އެމްޓީސީސީން ބުންޏެވެ.

ނަމަވެސް އިބްރާހިމް ރަޝާދު "އަދަދު" އަށް ބުނީ އެ ރަށުގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ އެޑްމިން މަސައްކަތްތައް ވަޒީފާއިން ވަކިކުރުމާ ހަމައަށް ކުރަމުން ގޮސްފައިވާ ކަމަށާއި ކުއްލިއަކަށް ވަޒީފާއިން ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

"ވަޒީފާއިން ވަކިކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވޭ. އެހީމަ ނުއެއް ބުނޭ. ވަޒީފާއިން ވަކިކުރުމުގެ ކުރިން ފިންގާ ކަނޑާލީ. ފަހުން ރަސްމީކޮށް ލިޔުމުން އެންގިފަހުން ވަޒީފާއަށް ނުދަން. އެއީ މިދިޔަ ޑިސެމްބަރު 22، އިން ފެށިގެން،" އޭނާ ބުންޏެވެ.

އިބްރާހިމް ރަޝާދު ބުނީ ވަޒީފާއިން ވަކި ކުރުމުގެ ކުރިން މިދިޔަ ޑިސެމްބަރު 9، ގައި އޭނާގެ އެއްބަސްވުން އިތުރު ހަ މަހަށް އިތުރު ވެސް ކުރި ކަމަށާއި ވަޒީފާއިން ވަކިކުރަން ނިންމާފައިވާނަމަ އެއްބަސްވުން އާނުކޮށް ދޫކޮށްލިނަމަ ވެސް މާ ރަނގަޅުވީސް ކަމަށެވެ.

އޭގެއިތުރުން އިބްރާހިމް ރަޝާދު ބުނީ ވަޒީފާއިން ވަކިކުރި ފަހުން އެމްޓީސީސީން އޭނާއަށް ގުޅައި ހުރާއަށް ބަދަލުވާން އެންގި ކަމަށެވެ. ނަމަވެސް އެގޮތަށް އެއްބަސް ނުވީ ހާލަތު މިވަގުތު ހުރި ގޮތުން އެހެން ރަށަކަށް ދެވެން ނެތުމުން ކަމަށެވެ.

"މިދިޔަ މަހު ކުރީކޮޅު ވަޒީފާގެ އެއްބަސްވުން އިތުރު ހަ މަހަށް އިތުރު ކުރި. އެހެންވީމަ ކީއްވެ ކަމެއް ނޭގެ ފަހުން އަނެއްކާ ވަކި މިކުރީ. ހުރާއަށް ބަދަލުވާން ގުޅި. އެކަމަކު ހާލަތު މިވަގުތު ހުރި ގޮތުން އެގޮތަށް އެއްބަހެއް ނުއެއް ވަން،" އޭނާ ބުންޏެވެ.

ސަރުކާރު މުވައްޒަފުންތައް ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރާ މައްސަލަ ފަހަކަށް އައިސް އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކި ރަށްރަށުގެ ޕްރޮޖެކްޓްތަކަށް ފެނަކައިން ނަގާފައި ތިބި ގިނަ އައަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކުރި އެވެ.

ވަޒީފާއިން ވަކިކުރި ބައެއް މުވައްޒަފުން ކުރިން މި ނޫހަށް ބުނެފައިވާ ގޮތުގައި އެގޮތަށް ތަފާތުކޮށް، ވަޒީފާއިން ވަކިކުރަނީ ސިޔާސީ ފިކުރަށް ބެލުމަށްފަހު، ސަރުކާރަށް ތާއީދު ނުކުރާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox