ހިޔާ ފްލެޓް ލިބުނު ސިފައިންނަށް ނުދޭން ނިންމި ސިފްކޯގެ ފްލެޓުތައް ދީފި

ހުޅުމާލޭގައި ހުންނަ ސިފްކޯ ފްލެޓުތައް -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭގައި ހުންނަ ސިފްކޯ ފްލެޓުތައް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ހިޔާ ފްލެޓުތަކުން ފްލެޓު ލިބިފައި އޮތް ސިފައިންގެ ދެމީހަކަށް، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ފްލެޓު ނުދޭން ނިންމި ނިންމުން ބަދަލުކޮށް އެ ދެ މީހުންނަށް ފްލެޓުތައް ހަވާލުކޮށްފި އެވެ.

ސިފްކޯއިން ހުޅުމާލޭގައި އިމާރާތް ކުރި 300 ހައުސިން ޔުނިޓުން ފްލެޓު ލިބޭނެކަމަށް އޮކްޓޫބަރު 11، 2014 ގައި އެންގުމަށް ފަހު، ހިޔާގެ ފްލެޓު ލިބިފައިވާ ކަމަށް ބުނެ ފްލެޓު ނުދޭން ސިފްކޯއިން ނިންމީ ޔޫސުފް ނިޝާރު، ހ. ތުލްޒާ އާއި އިސްމާއީލް މުއާޒު، މއ. ހަލްކާ އަށެެވެ.

އެ ދެމީހުންނަށް ސިފްކޯގެ ފްލެޓު ނުދޭން އެ ކުންފުނިން ނިންމިއިރު، އެ ދެމީހުން ވެސް އޮތީ ސިފްކޯގެ ފްލެޓަށް ދައްކަންޖެހޭ ޑައުންޕޭމަންޓު ފައިސާ ދައްކައިފަ އެވެ.

Advertisement

އެގޮތުން, ސިފްކޯގެ ފްލެޓަށް ޑައުންޕޭމަންޓުގެ ގޮތުގައި މުއާޒު 95،000ރ. އަދި ނިޝާރު 91،200ރ. ދައްކާފައިވެ އެވެ.

އެހެންކަމުން އެ ދެ މީހުން ވެސް ސިފްކޯގެ ނިންމުމާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރީ ސިފްކޯއިން ކުރިން ނިންމި ގޮތަށް ސިފްކޯއިން އެ ދެމީހުންނަށް ލިބުނު ފްލެޓުތައް ހަވާލު ކުރުމަށް ސިފްކޯގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

ސަބަބެއްގެ ގޮތުގައި އެ ދެމީހުންގެ ދައުވާގައި ވެސް ބުނެފައި ވަނީ ހިޔާ ފްލެޓުތަކަކީ ސިފްކޯގެ ފްލެޓުތައް ދޫކުރިއިރު ވުޖޫދުގައި ނެތް ފްލެޓުތަކަކަށްވެފައި، އެ ދެމީހުން ސިފްކޯގެ ފްލެޓަށް އެދި ހުށަހެޅިއިރު ވެސް އަދި ސިފްކޯގެ ފްލެޓު ލިބޭނެކަން އެމީހުންނަށް އެންގިއިރު ވެސް ހިޔާގެ ފްލެޓުތައް އެމީހުންނަށް ލިބިފައި ނުވުމެވެ.

ނަމަވެސް ކޯޓުން އެ މައްސަލައާ ގުޅިގެން ހުކުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން ސިފްކޯއިން ވަނީ ކޯޓުން ބޭރުގައި ސިފްކޯގެ ފްލެޓު އެ ދެމީހުންނާ ވެސް ހަވާލުކޮށްފަ އެވެ. އެހެންކަމުން އެ ދެމީހުން ވެސް ވަނީ ސިފްކޯއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އަނބުރާ ގެންދަން ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ސިފްކޯއިން އެ ދެމީހުން ވެސް ހޯދަން އެދުނު ފްލެޓު ސުލްހަވެރިކަމާއެކު ހަވާލުކޮށްފައި ވާތީ، މައްސަލަ އަނބުރާ ގެންދިޔުމަށް ހުށަހެޅި ހުށަހެޅުމަށް ރިއާއަތްކޮށް ދައުވާ ފޯމުތައް ބާތިލު ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox