ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކަށީގެ ސާޖަރީ ކުރާ އަދަދު ވަރަށް ގިނަ

ރާއްޖޭގެ ހޮސްޕިޓަލެއްގެ އެތެރެ؛ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ ނަގާފައި ރާއްޖޭގައި އެންމެ ގިނަ ސާޖަރީ ހަދަނީ އުތުރުގެ އަތޮޅުތަކުގައި -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ހޮސްޕިޓަލެއްގެ އެތެރެ؛ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ ނަގާފައި ރާއްޖޭގައި އެންމެ ގިނަ ސާޖަރީ ހަދަނީ އުތުރުގެ އަތޮޅުތަކުގައި -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި 2022 އަދި 2023 ގައި ވެސް ކުރި ކަށީގެ ސާޖަރީތަކުގެ އަދަދު ވަރަށް ގިނަ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުގައި، މާލެ ހިމެނޭހެން މުޅި ޖުމުލަ 19,732 ސާޖަރީ ހެދިއިރު ހަމައެކަނި ކަށީގެ 2,875 ސާޖަރީ ހެދި އެވެ. އޭގެތެރެއިން 1,677 މީހުންނަކީ ފިރިހެނުންނެވެ.

2023 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުގައި މާލެ ހިމެނޭހެން މުޅި ޖުމުލަ 20,593 ސާޖަރީ ހެދިއިރު ހަމައެކަނި ކަށީގެ 3,312 ސާޖަރީ ހެދި އެވެ. އޭގެތެރެއިން 1,902 މީހުންނަކީ ފިރިހެނުންނެވެ.

އެހެންކަމުން އެ ދެ އަހަރު ވެސް ރާއްޖޭގައި އެންމެ ގިނަ ފިރިހެނުން ހަދާފައި ވަނީ ކަށީގެ ސާޖަރީ އެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން އެ ދެއަހަރު ކުރީ ޖެނެރަލް ސާޖަރީ އެވެ. ދެން އެންމެ ގިނައީ ސިޒޭރިއަން އާއި އަންހެނުންގެ ހާއްސަ އޮޕަރޭޝަންތަކެވެ.

ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުގައި ސިޒޭރިއަން ހިމެނޭހެން އަންހެނުންގެ ހާއްސަ 4128 ސާޖަރީ އަދި 2023 ވަނަ އަހަރު 4328 ސާޖަރީ ހެދި އެވެ. މި އަދަދުތަކަށް ބަލާއިރު، ރާއްޖޭގައި ސިޒޭރިއަން ހަދާ އަންހެނުންގެ އަދަދު އަންނަނީ އިތުރުވަމުންކަން އެނގެ އެވެ.

2021 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދިރާސާ ކުރުމަށްފަހު މިދިޔަ އަހަރު ޔޫއެންއެފްޕީއޭއިން ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ ފަސް އަންހެނަކުން ދެ މީހުން ސިޒޭރިއަން ހަދާ ކަމަށާއި ސިޒޭރިއަން ހަދާ މީހުން ނިސްބަތް ރާއްޖޭގައި ހުރީ 40 އިންސައްތައަށް ވުރެ މަތީގަ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ މުޖުތަމައުގައި ބަލައިގަންނަ 10 އިންސައްތަ އާއި 15 އިންސައްތައަށް ވުރެ މާބޮޑަށް ވެސް މަތީ އަދަދެއް ކަމަށް އެ އެޖެންސީން ބުނެފައިވެ އެވެ.

ރާއްޖޭގައި ސިޒޭރިއަން ހަދާ މީހުންގެ އަދަދު މަދު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޔޫއެންއެފްޕީއޭއިން ގޮވާލައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox