ފެންބޮޑުވާ މައްސަލައަށް ހައްލު ހޯދަން ހަސަން ހަމީދުގެ ރަނގަޅު ހިޔާލެއް

ވާރޭވެހި މާލޭގެ މަގެއްގައި ފެންބޮޑުވެފައި -- ފޮޓޯ: އަދަދު

ވާރޭވެހި މާލޭގެ މަގެއްގައި ފެންބޮޑުވެފައި -- ފޮޓޯ: އަދަދު

ބޯކޮށް ވާރޭވެހި މާލެ އާއި ރަށްރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަށުގެ މެދުން ފެށިގެން ގޮސް މޫދަށް ފެންފަހި ވާގޮތަށް މަގުތައް ކަޗޯރު ކުރަންޖެހޭ ކަމަށް ފަންނީ ތަޖުރިބާކާރު، ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

އެކި ކަންކަމާމެދު ހަސަން ދެކިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވައި ލިޔުންތައް ޝާއިއު ކުރައްވާ އޭނާގެ އަމިއްލަ ވެބްސައިޓުގައި ޝާއިއު ކުރައްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައި ވަނީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ވެރިރަށް، މާލޭގައި ފެންބޮޑުވާ މައްސަލައަށް އޮތް އެންމެ ހަރަދު ކުޑަ ހައްލަކީ ކަރަންޓުގެ އެއްވެސް އާލާތެއް ބޭނުން ނުކޮށް ބިމަށް ދަމާ ބާރު ނުވަތަ ގްރެވިޓީ ބާރުގައި މާލެ ތެރެއަށް ވެހޭ ފެން އޭގެ އަމިއްލަ ޒާތުގައި ތިރިދިމާލަށް ދަތުރުކޮށް މޫދަށް ދާގޮތަށް މަގުތައް ތަރައްގީ ކުރުމެވެ.

އެކަން ކުރުމަށް އޭނާ ހުށަހަޅުއްވާފައި ވަނީ މީގެ އެތައް އަހަރެއް ކުރީން ވެސް މަގުތައް ތަރައްގީ ކުރުމުގައި ގެންގުޅުނު ވަރަށް އަސާސީ ހައްލެކެވެ.

ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި ފެން ބޮޑުވުމަށް އޮތް ދާއިމީ ހައްލަކީ ކޮންމެ ރަށެއްގެ ވެސް މެދުން ފެށިގެން ހުރަހަށް، ގޮނޑުދޮށާ ދިމާލަށް ދެވެން އޮންނަ މަގުތައް ފެންފަހިވާ ގޮތަށް ހަދައި ރަށުގެ މެދަށް އުސްކޮށް، ރަށަށް ވެހޭ ފެން އޭގެ ޒާތުގައި ގޮނޑުދޮށަށް ޖަމާވާ ގޮތަށް މަގުތައް ކަޗޯރު ކުރުމެވެ.

އެގޮތަށް ހަދާއިރު ބަލަންޖެހޭ މިންގަނޑުތަކެއް ވެސް އޭނާގެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މަގުތައް ކަޗޯރު ކުރާއިރު މަދުވެގެން 4000 ފޫޓުން އެއް ފޫޓަށް ފެން ފަހިވާ ގޮތަށް، ނުވަތަ އެއަށްވުރެ ކަތި ބޮޑު ކުރެވޭނަމަ އެ މިންވަރަށް ފެން ފަހި ކުރަން އޭނާ ހުށަހަޅުއްވާފައިވެ އެވެ.

އެ މިންގަނޑަކީ މީގެ 2000 އަހަރު ކުރީން ރޫމީން، އެމީހުންގެ ސަހަރުތަކަށް ފެން ގެންދަން ބޭނުން ކުރި އުސް ކާނުތަކުގައި ހުރި ކަޗޯރުމިނެވެ.

އެ މިންގަނޑަށް ރާއްޖޭގެ މަގުތައް ކަޗޯރު ކުރަން އޭނާ ހުށަހަޅުއްވާފައި ވަނީ ރާއްޖޭގެ ރަށްރަށުގެ ފަސްގަނޑު ހަމަކަމުން، ބޮޑުކޮށް ކަޗޯރު ކުރަން އުނދަގޫވުމާއި އެކަމަށް ހިނގާ ހަރަދު ބޮޑު ވާނެތީ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox