އޮލްމޯ އާއި ޕައު ވިކްޓޯގެ ރެޖިސްޓްރޭޝަން މައްސަލައިގައި ބާސެލޯނާ ކޯޓަށް ދަނީ

Jan 5, 2025, 6:16 AM
އޮލްމޯ އާއި ޕައު ވިކްޓޯގެ ރެޖިސްޓްރޭޝަން މައްސަލައިގައި ބާސެލޯނާ ކޯޓަށް ދަނީ

ބާސެލޯނާ (ޖެނުއަރީ 5) - ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުންނާއި ގަވާއިދުގެ ކަންކަމަށް ބަލާއިރު، ދެ ވަނަ ފަހަރަށް މި ސީޒަނުގެ ސްކޮޑުގައި ޑެނީ އޮލްމޯ އާއި ޕައު ވިކްޓޯ ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް ލަލީގާ އާއި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމި ނިންމުމާ ދެކޮޅަށް ބާސެލޯނާ އިން ކޯޓަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

މި މަހު އެއް ވަނަ ދުވަހުން ފެށިގެން، އޮލްމޯ އާއި ޕައު ވިކްޓޯ ވަނީ ބާސެލޯނާގެ ރެޖިސްޓްރޭޝަނުން އުނިވެފަ އެވެ. އެއީ، ބާސެލޯނާގެ މުސާރައިގެ ކެޕްގެ ކަންކަމާއި މާލީ ހާލަތަށް ބަލާއިރު، ކޮންޓްރެކްޓްގެ މުއްދަތާއި މުޅި ޓްރާންސްފާ އަށް ހިނގާ ހަރަދަށް ބަލާއިރު، ބާސެލޯނާ ގަވާއިދަށް ނުފެތޭތީ އެވެ.

އޮލްމޯ އާއި ޕައު ވިކްޓޯ ރަޖިސްޓްރީ ކުރަން ކުރަން ޖެހޭ އެކިއެކި ކަންކަން ނިންމައި، ބާސެލޯނާ އިން މާލީ ހާލަތު ރަނގަޅުކުރި ފަހުން، ލަލީގާ އާއި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ގަވާއިދަށް ބަލައި ގޮތެއް ނިންމައިފަ އެވެ.

އެ ގޮތުން، ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނާއި ލަލީގާ އިން ނިންމާފައިވަނީ، މާލީ މައްސަލަތަކެއްގައި އެއް ސީޒަނެއްގައި ކޮންޓްރެކްޓް އާއި ރަޖިސްޓްރޭޝަން ކެންސަލްވި ކުޅުންތެރިއަކަށް އެ ސީޒަނެއްގައި ދެ ވަނަ ފަހަރަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރަން ތަނެއް ނުދޭ ކަމަށެވެ. އަދި ދެން، އެ ކުޅުންތެރިންނަށް ރަޖިސްޓްރޭޝަން ފުރިހަމަކުރެވޭނީ، އާ ސީޒަނެއް ފެށުމުން ކަމަށެވެ.

މިއާ އެކު، އޮލްމޯ އާއި ޕައު ވިކްޓޯ އަށް ސީޒަނުގެ ބާކީ ބައިގައި ނުކުޅެ ހުންނަން ޖެހުމުގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ. އެހެންވެ، ބާސެލޯނާ އިން މި މައްސަލަ ކޯޓުގައި ކުރިއަށްގެންދަން ނިންމީ އެެވެ.

މި ސީޒަން ފެށުމުގެ ކުރިން، ބާސެލޯނާ އިން ވަނީ އޮލްމޯ ގަންނަން ލައިޕްޒިގަށް 65 މިިލިއަން ޑޮލަރު ޖުމްލަ އެކު ދައްކަން ނިންމައިފަ އެވެ. އޮލްމޯގެ ޑީލްގެ ފައިސާތައް ދެ އަހަރަށް ބަހާލައިގެން ދައްކަން، ބާސެލޯނާ އިން އެއްބަސްވީ އެ ކްލަބްގެ މާލީ ހާލަތަށް ބަލައިފަ އެވެ.

އެކަމަކު، ސްޕެނިޝް ލަލީގާގެ ގަވާއިދުގެ ތެރެއިން އޮލްމޯ ރަޖިސްޓްރީ ކުރަން ބާސެލޯނާ އަށް އެންމެ ފުރަތަމަ ދުވަހުން ވެސް މައްސަލަ ދިމާވި އެވެ. އެއީ، އޭނާގެ ކޮންޓްރެކްޓް ހިނގާ ހަ އަހަރުގެ މުއްދަދަށް އެކަށޭނެ މިންވަރަށް ބާސެލޯނާގެ މާލީ ހާލަތު އެ ވަގުތު ތަން ނުދޭތީ އެވެ. އެކަމަކު، ލަލީގާ އިން ވަނީ ކުޅުންތެރިއާގެ ހައްގަށް ވިސްނުމަށް ފަހު، ރަޖިސްޓްރޭޝަން ނިންމަން، އޮގަސްޓުން ފެށިގެން މިދިޔަ ޑިސެމްބަރު ނިޔަލަށް ފުރުސަތު ދީފަ އެެވެ. އެހެންނަމަވެސް އެ މުއްދަތު ތެރޭގައި ބާސެލޯނާ އަށް އެކަން ނުނިންމި މިހާރު ވަނީ ބޮޑު މައްސަލަތަކެއްގެ ތެރޭގައި ތާށިވެފަ އެވެ.

އޮލްމޯ ބޭނުންނަމަ މި ވަގުތު ހިލޭ ޓްރާންސްފާއެއްގައި އެހެން ޓީމަކާ ގުޅެވޭނެ އެވެ. އެކަމަކު، އޭނާގެ ވިސްނުމަކީ ބާސެލޯނާގައި މަޑުކުރުން ކަމަށް ވަނީ ބުނެފަ އެވެ. އޮލްމޯ ހޯދަން ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox