ބާސެލޯނާ ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް

Jan 4, 2025, 8:14 PM
ބާސެލޯނާ ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް

މެޑްރިޑް (ޖެނުއަރީ 5) - ސްޕެއިނުގެ ހަތަރު ވަނަ ޑިވިޝަނުގެ ބާބަސްޓްރޯ އަތުން 4-0 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ކޮޕަ ޑެލް ރޭގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފި އެވެ.

އާ އަހަރަށް ސްޕެނިޝް ލީގު މެދުކަނޑާލިއިރު، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ދަށްވުމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ދަށް ޑިިިވިޝަނުގެ ޓީމަކާ ކުޅެން ޖެހުނު ކަމުގައި ވިޔަސް ނިސްބަތުން ވަރުގަދަ ފުރަތަަމަ އެގާރައެއް މި މެޗަށް ނެރެފަ އެވެ.

ބާސެލޯނާ އަށް 21 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭ ސްޕެއިނުގެ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އޭގެ 11 މިނިޓް ފަހުން، ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި، ލެވަންޑޯސްކީ އޭނާގެ ދެ ވަނަ ގޯލު ޖަހައިދީ، ބާސެލޯނާ އަށް ތިން ގޯލުގެ ލީޑަކަށް ބަދަލުކޮށްލައިދީފަ އެވެ. ބަޔާން ދޫކޮށް 2022 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ލެވަންޑޯސްކީ ވަނީ އެ ޓީމަށް މިހާތަނަށް 84 ގޯލު ޖަހައިދީފަ އެވެ.

މެޗުގެ 56 ވަނަ މިނިޓްގައި، ބާސެލޯނާގެ ހަަތަރު ވަނަ ގޯލު ޖެހީ ޕަބްލޯ ޓޯރޭ އެެވެ. މިއީ، ބާބަސްޓްރޯގެ ކީޕަރު، އާނޯ ފަބްރޭގާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޓޯރޭ ޖެހި ގޯލެކެވެ.

ކޮޕަ ޑެލް ރޭގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބާސެލޯނާ އިން 31 ފަހަރު އެ ތަށި ހޯދާފައިވާއިރު، އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2021 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox