މި އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖު ބާއްވަން ބޮޑު ތައްޔާރީތަކެއް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން.--- ފޮޓޯ: އަދަދު

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން.--- ފޮޓޯ: އަދަދު

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް މިރޭ ފަށާއިރު، މި ފަހަރުގެ މުބާރާތް ބޭއްވުމަށްޓަކައި، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެފައިވާ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް، ރިލްވާން މޫސާ ވިދާޅުވެއްޖެ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މި ފަހަރުގެ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިދިޔަ ނޮވެމްބަރު މަހު ވަނީ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން، މުބާރާތް ކުރިއަށްދާ ރެހެންދި ސްކޫލް ސަރަހައްދުގައި ހުންނަ ދެ ފުޓްސަލް ދަނޑުގެ ފެންސް ހަލާކުވެފައި ހުރުމާ އެކު، ފެންސް ރަނގަޅު ކޮށް ދަނޑުގެ ލައިޓިންގެ ފެންވަރު ވަނީ ބޮޑުތަނުން ރަނގަޅުކޮށްފަ އެވެ.

ކުރެވުނު މަސައްކަތަކާ ގުޅޭގޮތުން، ރިލްވާން ވިދާޅުވީ، މުބާރާތަށް ތައްޔާރުވާން ކުރަން ޖެހޭ ކަންކަން ދެނެގަނެ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނޑުގެ މަސައްކަތް ފެށިއިރު، ދަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަވި ކަމަށެވެ. އެ ގޮތުން، ފެންސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމާ އެކު އެންމެ ފުރަތަމަ ފެންސް ރަނގަޅު ކުރަން ޖެހުނު ކަމަށް ރިލްވާން ވިދާޅުވި އެވެ.

މީގެ އިތުރުން، އެހެން މުބާރާތްތައް ބޭއްވުމުގައި ވެސް ފަސޭހަވާނެހެން, ދަނޑަށް "ތުރީ ފޭސް" ކަރަންޓް ލެވިފައިވާނެ ކަމަށް ރިލްވާން ވިދާޅުވި އެވެ.

މުބާރާތްތައް ލައިވްކުރުމުގައި ބޭނުންކުރާ ހަޓް ރަނގަޅު ފެންވަރަކަށް މަރާމާތުކުރެވިފައިވާއިރު، އެހެނިހެން މުހިންމު މަސައްކަތްތައް ވެސް ކޮށްފައިވަނީ، މުބާރާތް ބާއްވާ ސަރަަހައްދު ރަނގަޅަށް، ސަލާމަތީ ކަންކަމަށް ބަލާފައި ވަރުގަދަކޮށް ބެހެއްޓުމުގެ ގޮތުންނެވެ.

"މި އަހަރުގެ މުބާރާތައް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އަޅުގަނޑުމެން އެކި މަސައްކަތް ފަށައިފިން. ދެން އަޅުގަނޑުމެން ފުރަތަމަ ބަލާލިއިރު, ދަނޑުގެ ފެންސް ވެސް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހުން. މިހާރަށް ބަލާއިރު, އެހެން ފަރާތްތަކުން މުބާރާތް ބޭއްވުމަށް ވެސް ބޭނުންވާނެ މުހިންމު ކަންތައްތަކެއް މިހާރު ވާނީ ފުރިހަމަ ވެފައި." ރިލްވާން ވިދާޅުވި އެވެ.

ރިލްވާން ވިދާޅުވީ މި އަހަރުގެ މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކުރާނެ ކަމަށެވެ. އަދި މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބެނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އެއްބާރުލުމުން ކަމަށް ރިލްވާން ވިދާޅުވި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މި ފުޓްސަލް މުބާރާތް ފެށީ 2015 ވަނަ އަހަރު އެވެ. ކޮވިޑާ ހެދި މެދުކެނޑުމެއް އައި ނަމަވެސް، މި ފަަހަރުގެ މުބާރާތަކީ، ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވާ ނުވަ ވަަނަ އަހަރެވެ. މާފަންނު ވެލި ދަނޑުގައި މީގެ ކުރިން، ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވަމުން ދިޔަ ނަމަވެސް، އެންމެ ފަހުން ބޭއްވި ހަތަރު މުބާރާތް ކުރިއަށްގެންދިޔައީ، ރެހެންދި ސްކޫލް ކައިރީ ފުޓްސަލް ދަނޑުތަކުގަ އެވެ. މީގެ ތެރެއިން ކޮންމެ އަހަރެއްގައި ވެސް މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފަށާނީ މިރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗަށް ހާއްސަ ރަސްމިއްޔާތު ފަށާނީ މިރޭ 20:30 ގަ އެވެ. ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަނުން ކަމަށްވާ، ލ. ގަމާއި ބ. އޭދަފުށްޓެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox