އަނިޔާއިން ރަނގަޅުވެ ފޯމަކަށް؛ އަޔާގެ ފޯކަސް ގޯލްޑަން އަށް

އަނިޔާއިން ރަނގަޅުވެ ފޯމަކަށް؛ އަޔާގެ ފޯކަސް ގޯލްޑަން އަށް

އަނިޔާގެ ސަބަބުން 2023 ވަނަ އަހަރުގެ ބޮޑުބައި ފުޓްސަލް ނުކުޅެ ހުރުމަށް ފަހު، މިދިޔަ އަހަރުގެ ކުރީކޮޅު އެނބުރި ކުޅުމަށް އައިސް, ކާމިޔާބު އަހަރަކަށް ފަހު، މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ، އަޔާޒް އަހުމަދު (އަޔާ)ގެ ފޯކަސް މި ވަގުތު ހުރީ އަމިއްލަ ރަށް ގދ. ވާދޫއާ އެކު، މި މަހު ފަށާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކާމިޔާބު ހޯދުމަށް ކަމަށް ބުނެފި އެވެ.

އަޔާ އަށް އަނިޔާވީ، 2023 ވަނަ އަހަރުގެ މެދުތެރޭގައި ރަށެއްގައި ކުރިއަށްދިޔަ ފުޓްސަލް މުބާރާތެއްްގެ ތެރެއިންނެވެ.

އެ އަނިޔާއާ ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް އަޔާ ކުރަން ޖެހުނުއިރު، އަނިޔާއިން ސަލާމަތްވެ، އޭނާ ކުޅުނު ފުރަތަމަ ބޮޑު މުބާރާތަކީ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" އެވެ. އެކަމަކު އެ ފަހަރުގެ މުބާރާތުގައި އަޔާ އަށް ވާދޫއާ އެކު މާ ބޮޑު ކާމިޔާބެއް ހޯދިފަ އެއް ނުވެ އެވެ.

އެހެން ނަމަވެސް އަޔާގެ ކެރިޔަރުގައި ނިމިދިޔައީ ނިސްބަތުން ބަލާއިރު ކާމިޔާބު އަހަރެކެވެ. އެމްޕީއެލް ޓީމާއެކު މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް އަޔާ ކުޅުނުއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ މުބާރާތްތަކުގެ ތެރެއިން 16 މުބާރާތް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި އޭގެ ތެރެއިން ގިނަ މުބާރާތްތަކުގެ ކިންގް އޮފް ޓޯނަމެންޓް ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ.

"އޭސީއެލްގެ ބޮޑު އޮޕަރޭޝަނަކަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި 24 މުބާރާތުގެ ތެރެއިން 16 މުބާރާތް ކާމިޔާބުކުރެވުން އެއީ ލިބުނު ބޮޑު ކާމިޔާބީއެއް" އަޔާ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އަޔާ ބުނީ މި ކާމިޔާބީތަކާ އެކު މި ވަގުތު އޭނާގެ އަމާޒު ހުރީ މި މަހު ފަށާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރަށު ޓީމާއެކު ކާމިޔާބު ހޯދަން ކަމަށެވެ.

ޓީމު ފެނަކައާ އެކު، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އަޔާ ވަނީ މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި، 2023 ވަނަ އަހަރު ކުޅެފަ އެވެ. އެކަމަކު އެ ފަހަރު ލ. ގަން އަތުން ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox