އެފްޓީއޭގެ ސަބަބުން މިހާރު ކުރަމުންދާ ވިޔަފާރިއަކަށް އަސަރެއް ނުކުރާނެ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: އެފްޓީއޭއިން މިހާރު ކުރަމުންދާ ވިޔަފާރިއަކަށް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: އެފްޓީއޭއިން މިހާރު ކުރަމުންދާ ވިޔަފާރިއަކަށް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ޗައިނާ އާއި ރާއްޖެއިން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އިން މިހާރު ކުރަމުންދާ ވިޔަފާރިއަކަށް އަސަރެއް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން ޖެނުއަރީ 1، ގައި ފަށާނެކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރާއްޖެއިން ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރި އެއްބަސްވުމާ އެކު ޑިއުޓީއަކާ ނުލައި ތަކެތި ރާއްޖޭގެ ބޯޑަރަށް އެތެރެވުމުން މިހާރު ކުރަމުންދާ ވިޔަފާރިއަށް އަސަރު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ގޮސް ތަކެތި ގަންނަނީ އެ ލިބޭ މުދަލެއްގެ ކޮލިޓީ އާއި އަގާއި އަދި ލިބުމުގެ ފަސޭހަ އާއި ލުއިތަކަށް ބަލާފައި. ހަމަ މި ގޮތް އޮންނާނެ ގައުމުތަކާއި ވިޔަފާރި ކުރުމުގައި ވެސް. އިލެކްޓްރޯނިކްސް، ފަރުނީޗަރު، ކޮންސްޓްރަކްޝަން މެޓީރިއަލް، ނޫނީ އެހެން ގޮސް އާންމުކޮށް އަޅުގަނޑުމެން ގައުމަށް އިމްޕޯޓު ކުރާ ހުރިހާ މުދަލެއް ވެސް ކޮންޒިއުމާ ބޭނުންވާ ވަރަކަށް ބޭނުން ކޮލިޓީއެއްގެ އެއްޗެއް ކޮންޒިއުމާ މި ގަންނަނީ،" ސައީދު ވިދާޅުވި އެވެ.

"އެހެންވީމަ އެ މުދާ އަޅުގަނޑުމެންނަށް މި ވާ ގޮތަކީ ޑިއުޓީއަކާއި ނުލައި ދިވެހިރާއްޖޭގެ ބޯޑަރަށް އެތެރެ ކުރެވޭ ގޮތް މިވަނީ. ދެން މިއާ ގުޅިގެން ޓްރެޑިޝަނަލް މާކެޓްސް ގެއްލުމުގެ އެއްވެސް ފުރުސަތެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ވިޔަފާރި ކުރާ އެއްވެސް ބަޔަކު ގަބޫލު ކުރާނެ ކަމަށް، ޓްރެޑިޝަނަލް މާކެޓުން ގަތުމުގެ ފުރުސަތު އަދިވެސް އެބަ އޮތް."

ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް އިންޑިއާއާ އެކު އެއްބަސްވެ، އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރަމުންދާއިރު، އިނގިރޭސިވިލާތާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން ތުރުކީއާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، އެ އެއްބަސްވުމަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަމަލު ކުރަން ފެށޭނެ ކަމަށެވެ. .

ތާރީހުގައި ރާއްޖެއިން ސޮއިކުރާ ފުރަތަމަ އެފްޓީއޭގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ 70 ޕަސަންޓުގެ ތަކެތިން ޑިއުޓީ މައާފްވެގެންދާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ކުރިއަށް އޮތް އެ އަދަދު 20 ޕަސަންޓު އިތުރުކޮށް ޖުމްލަ 90 ޕަސަންޓުގެ ތަކެތިން ޑިއުޓީ މައާފްވެގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓުކުރާ ތަކެތީގެ 95 ޕަސަންޓު ތަކެތި އެއްވެސް ޑިއުޓީއެއް ނުނަގައި އެފްޓީއޭގެ ދަށުން އެކްސްޕޯޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެރިފް އެއްކޮށްހެން ކެނޑިގެންދާނެ 70 ޕަސަންޓު ގާތްގަނޑަކަށް އައިޓަމްސްގެ ދިވެހިރާއްޖެއަށް އެތެރެކުރާ ފުރަތަމަ ދުވަހުން ފެށިގެން ވެސް. އޭގެ ތެރޭގައި ޗައިނާއަށް އެކްސްޕޯޓުކުރާ އައިޓަމްތަކުގެ ތެރޭގައި 95 ޕަސަންޓު ހަމަ ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރެވޭނެ. މިއާ އެކުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރު ގާތްގަނޑަކަށް 20 ޕަސަންޓާ އެކުގައި 90 ޕަސަންޓާ ހަމައަށް ދިވެހިރާއްޖެއަށް އެތެރެކުރާ ޗައިނާގެ ހުރިހާ މުދަލަކުން ޑިއުޓީ މައާފްވެގެން އެދަނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެފްޓީއޭގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާއާ އޮތް ގުޅުން ބަދަހިވެ، ރާއްޖެއަށް ވެސް އޭގެ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 296 ސީފުޑް ޕްރޮޑަކްޓް ޗައިނާއަށް އެކްސްޕޯޓު ކުރެވުމުން މަސްވެރިކަމަށް ފައިދާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީހުގައި، ދިވެހިރާއްޖޭގެ މި ދިގު ތާރީހުގައި ދުވަހަކު ވެސް ރާއްޖެއަށް ނުލިބޭފަދަ ވިޔަފާރީގެ ކުރިއެރޭނެ ފަދަ ފުރުސަތެއް ފަހިވެގެން މިދިޔައީ ދުނިޔޭގެ އެންމެ ބޮޑު މާކެޓަށް، އެންމެ ބޮޑު ބާޒާރަށް،" ސައީދު ވިދާޅުވި އެވެ.

އެފްޓީއޭއަށް އަމަލު ކުރަން އަންނަ ޖެނުއަރީ 1، އިން ފަށާނެކަން މިއަދު ރަސްމީކޮށް އިއުލާން ކުރީ ޗައިނާ އާއި ރާއްޖެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ދެ ގައުމުގެ އިގުތިސޯދީ ވުޒާރާގެ އިސްވެރިން ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox